ބަލިޖެހުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ: ރައީސް

އުސްތާޛް މުޙައްމަދު ޢަލީ | 1 ދުވަސް ކުރިން - 31 މޭ 2025 09:22
ސީއެޗްސީ ދަރިވަރުންތަކެއް ރައީސް ޑރ. މުޢިއްޒާއެކު ސެލްފީއެއްގައި: ރައީސްގެ މަޤްޞަދަކީ ޒުވާނުން ނަކީ ދުންފަތާއި ދުރު ބަޔަކަށް ހެދުން.
ސީއެޗްސީ ދަރިވަރުންތަކެއް ރައީސް ޑރ. މުޢިއްޒާއެކު ސެލްފީއެއްގައި: ރައީސްގެ މަޤްޞަދަކީ ޒުވާނުން ނަކީ ދުންފަތާއި ދުރު ބަޔަކަށް ހެދުން.
ޚުލާސާ

"ނޯ ޓޮބޭކޯ ޑޭ" އާއި ރައީސް މިއަދު ވިދާޅުވީ، ދުންފަތާ ދެކޮޅަށް އެޅުއްވި ފިޔަވަޅުތަކަކީ ޞިއްޙަތު ރަނގަޅު މުސްތަޤުބަލަކަށް އެޅުއްވި ފިޔަވަޅުތަކެއްކަމަށް ބަލައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށް.

ބަލިޖެހުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޢިއްޒު މިފަދައިން ވިދާޅުވީ މިއަދު ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ "ނޯ ޓޮބޭކޯ ޑޭ" އާއި ގުޅިގެން ސޯޝަލް މީޑިއާގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ރައީސް ވިދާޅުވެފައިވަނީ، މިއަހަރުގެ ދުންފަތުގެ އިސްތިޢޢުމާލު ނުކުރާ ދުވަހާއި ގުޅިގެން ރާއްޖެއިން ދޭން ބޭނުންވާ ޔަޤީންކަމަކީ ބަލިޖެހުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެކަމެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވެފައިވަނީ، މިދިޔަ އަހަރު ރާއްޖޭގައި ވޭޕުގެ ބާވަތްތައް އެތެރެކުރުމާއި ބޭނުންކުރުން މަނާކުރުމާއި، ވަކި އަހަރެއްގެ ފަހުން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމަކީ އަންނަން އޮތް ޖީލުތައް ދުންފަތުގެ ނުރައްކާތެރި ވަބާއިން ސަލާމަތްކުރުމަށް އެޅުނު ވަރުގަދަ ފިޔަވަޅުތަކެއް ކަމަށެވެ.

މީގެ އިތުރުން، އެމަނިކުފާނު ވަނީ ދުންފަތާއި ދެކޮޅަށް އެޅުއްވި ފިޔަވަޅުތަކަކީ ޞިއްޙަތު ރަނގަޅު މުސްތަޤުބަލަކަށް އެޅުއްވި ފިޔަވަޅުތަކެއްކަމަށް ބަލައިގަތުމަށް އެދިވަޑައިގަންނަވާފައެވެ. އަދި ދުންފަތާއި ނިކޮޓީން ހިމެނޭ ބާވަތްތަކާއި ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމަށް ވެސް ގޮވާލައްވާފައިވެއެވެ.

ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ރައީސް މުޢިއްޒު ވަނީ ރާއްޖޭގައި ދުންފަތާއި ދުރު މުޖުތަމަޢެއް ބިނާކުރެއްވުމަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައެވެ. މީގެ ތެރޭގައި ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނެވުނު އިޞްލާޙުތަކާއެކު ރާއްޖޭގައި ވޭޕުގެ ބާވަތްތައް މަނާކުރުމާއި، ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރި ކުރެވޭނެ އުމުރު 21 އަހަރަށް އިތުރުކުރުން ހިމެނެއެވެ.

އަދި 2007 ވަނަ އަހަރުގެ ޖަނަވަރީ 1 އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް އަންނަ ނޮވެންބަރު މަހުން ފެށިގެން ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރާގޮތަށް ޤާނޫނަށް އިޞްލާޙު ގެނެވިފައިވެއެވެ.

ދުންފަތާއި ދެކޮޅަށް ރައީސް މުޢިއްޒު އަޅުއްވަމުންދާ ފިޔަވަޅުތައް ފާހަގަކޮށް، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ވަނީ އެމަނިކުފާނަށް ޚާއްޞަ އެވޯޑެއްވެސް ދެއްވާފައެވެ.

މި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންގެ އަދަދު މަދުވެ، ޞިއްޙަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަވާނެކަމަށް ޞިއްޙީީ ދާއިރާގެ މާހިރުން ލަފާކުރެއެވެ. އަދި މިކަމަމުގެ ސަބަބުން ދިވެހި މުޖުތަމަޢުގެ ޞިއްޙަތު ރަނގަޅުވެ، ދުޅަހެޔޮ ދިރިއުޅުމެއް އުޅެވޭނެ މާޙައުލެއް ޤާއިމުވެގެންދާނެއެވެ..

ރައީސް މުޢިއްޒުގެ މި މަސައްކަތްތަކަކީ ހަމައެކަނި ރާއްޖެއަށް ނޫން، މުޅި ދުނިޔެއަށްވެސް މިސާލަކަށްވެ، އެހެން ޤައުމުތަކުންވެސް މިފަދަ ފިޔަވަޅުތައް އެޅުމަށް ހިތްވަރު ލިބިގެންދާނެ ކަމެއްކަމަށް ބައިނަލްއަޤްވާމީ ޞިއްޙީ ޖަމާޢަތްތަކުން ފާހަގަކުރެއެވެ.

ނަމަވެސް، މި ފިޔަވަޅުތަކާއި ގުޅިގެން ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ސަރުކާރުން ވަނީ އެފަރާތްތަކަށް ބަދަލު ވިޔަފާރިތަކަށް ފުރުޞަތު ހޯދައިދިނުމަށް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދީފައެވެ.

ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ، ދުންފަތާއި ދެކޮޅަށް މަސައްކަތްކުރުމަކީ ދިގު މުއްދަތެއްގައި ކުރަންޖެހޭ މަސައްކަތެއްކަމަށާއި، މި މަސައްކަތުގައި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި މިކަމުގައި ސަރުކާރާއި، އަމިއްލަ ޖަމްޢިއްޔާތަކާއި، ޞިއްޙީ ދާއިރާގެ މާހިރުންނާއި، އާންމު ރައްޔިތުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%