ކަރަންޓް ބިލް ބޮޑުވާމައްސަލައަށް ރައީސް މުޢިއްޒު ނިމުން ގެނެސްދެއްވައިފި

އުސްތާޛް މުޙައްމަދު ޢަލީ | 1 ދުވަސް ކުރިން - 30 މޭ 2025 21:21
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު: އެމަނިކުފާނު ވަނީ ކަރަންޓް ބިލް ކުޑަކުރުމަށްޓަކައި ޖޫން 1 އިން ފެށިގެން ޑޮމެސްޓިކް ޓެރިފް ކުޑަކުރުމަށް އިދާރާ ތަކަށް އަންގަވާފަ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު: އެމަނިކުފާނު ވަނީ ކަރަންޓް ބިލް ކުޑަކުރުމަށްޓަކައި ޖޫން 1 އިން ފެށިގެން ޑޮމެސްޓިކް ޓެރިފް ކުޑަކުރުމަށް އިދާރާ ތަކަށް އަންގަވާފަ.
ޚުލާސާ

ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓް ޓެރިފް ކުރިޔަށްވުރެ ކުޑަކޮށް، ޖޫން 1 އިން ފެށިގެން އެކަން ތަންފީޒުކުރުމަށް ރައީސް ވަނީ އަންގަވާފަ.

ކަރަންޓް ބިލް ބޮޑުވަމުންދާ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން، މި ފެށޭ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓް ޓެރިފް ރޭޓު ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައި، ކަމާ ބެހޭ އިދާރާތަކަށް އަންގަވައިފިއެވެ.

ރައީސް ޑރ. މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓް ޓެރިފަށް ގެންނަން އެންގެވި ބަދަލުތައް ޖޫން 1 އިން ފެށިގެން ތަންފީޒުކުރުމަށް އަންގަވާފައިވާ ކަމަށެވެ. މި ބަދަލާއި ގުޅިގެން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބަލަންޖެހޭ ކަންކަން ބަލައި، ސްޓެލްކޯ، ފެނަކަ އަދި އެމްޑަބްލިއުއެސްސީއަށް އަންގާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ބަދަލާއެކު، ކުރިން 600 ޔުނިޓުން މަތިވުމުން އެވްރެޖުކޮށް ޔުނިޓަކަށް 4.25 ރުފިޔާ ބިލުކުރަމުން އައި އަގު 3.80 ރުފިޔާ އާއި ހަމައަށް ދަށްވާނެއެވެ. މިއީ ޚާއްޞަކޮށް އެންމެ ހޫނު ދުވަސްވަރު ކަމަށްވާ މާޗު، އެޕްރީލް އަދި ރޯދަމަހު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމާއި ގުޅިގެން އާންމުންނަށް ލުޔެއް ލިބިގެންދާނެ ބަދަލެކެވެ.

ރައީސް މުއިއްޒުގެ މި ނިންމެވުމަކީ، ކޮންމެ މަހެއްގައިވެސް ކަރަންޓު ބިލު ބޮޑުވުމާއި ގުޅިގެން އާންމު ރައްޔިތުން ކުރަމުންދާ ޝަކުވާތަކަށް ހައްލެއް ހޯދައިދިނުމަށް އެޅުއްވި ފިޔަވަޅެކެވެ. ސަރުކާރުން ބޮޑު އަގުގައި ބޭރުގެ ބާޒާރުން ތެޔޮ ގަނެ، ބޮޑު ސަބްސިޑީއެއް ދީގެން ފޯރުކޮށްދޭ މި ޚިދުމަތް އާންމުންނަށް ވީހާވެސް އަތްފޯރާފަށުގައި ލިބޭނެ ގޮތް ހެދުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%