Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރާއްޖޭގައި ސްކައުޓް ހަރަކާތް ފުޅާކުރުމަށް ސަރުކާރުގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ފުރިހަމައަށް ލިބޭނެ: ރައީސް

ރާއްޖޭގައި ސްކައުޓް ހަރަކާތް ފުޅާކުރުމަށް ސަރުކާރުގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ފުރިހަމައަށް ލިބޭނެ: ރައީސް

އާނާ ފަހީމް
459 ދުވަސް ކުރިން - 30 މެއި 2025 19:06
ޗީފް ސްކައުޓަށް ވޯލްޑް ސްކައުޓް ބެޖް އެރުވުމަށާއި، ސްކައުޓް އެވޯޑް ދެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅުދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޗީފް ސްކައުޓަށް ވޯލްޑް ސްކައުޓް ބެޖް އެރުވުމަށާއި، ސްކައުޓް އެވޯޑް ދެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅުދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރާއްޖޭގައި ސްކައުޓް ހަރަކާތް ފެށިތާ 69 އަހަރު ވެފައިވާއިރު، މި ހަރަކާތުން ވަނީ ފަޚުރުވެރި ކާމިޔާބީތަކެއް ހޯދާފައިކަމަށް ރައީސް ފާހަގަކުރެއްވި.

ރާއްޖޭގައި ސްކައުޓް ހަރަކާތް ފުޅާކުރުމަށް ސަރުކާރުގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ފުރިހަމައަށް ލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ޗީފް ސްކައުޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ޗީފް ސްކައުޓަށް ވޯލްޑް ސްކައުޓް ބެޖް އެރުވުމަށާއި، ސްކައުޓް އެވޯޑް ދެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ސްކައުޓް ހަރަކާތް ރާއްޖޭގައި ފުޅާކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށެވެ. އަދި މިހާތަނަށް މި ހަރަކާތް ރާއްޖޭގައި ކުރިއަށް ގެންގޮސްފައިވަނީ ގިނަ ގޮންޖެހުންތަކާ ކުރިމަތިލަމުންކަމަށް ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

"އަޅުގަނޑުމެންގެ ޤައުމުގައި މި ހަރަކާތް ދިރުވާ އާލާކޮށް ވަރުގަދަކުރުމަށް އަޅުގަނޑު ވަރަށް ބޭނުން. އެހެންވީމަ ސަރުކާރުން ހުރިހައި ޒާތެއްގެ ވަސީލަތްތައް ޝާމިލްވާގޮތަށް ފަހިކޮށްދިނުމުގެ ވާހަކަ މިދަންނަވަނީ." ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ސްކައުޓް ހަރަކާތުގެ އިތުރުން ކެޑޭޓް އަދި ގާލްގައިޑް ފަދަ ހަރަކާތްތަކަށްވެސް ސަރުކާރުގެ ފަރާތުން ކޮށްދޭންޖެހޭ ހުރިހާ މަސައްކަތެއް ވަރަށް ސަމާލުކަމާއެކު ކޮށްދޭނެކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.

ރާއްޖޭގައި ސްކައުޓް ހަރަކާތް ފެށިތާ 69 އަހަރު ވެފައިވާއިރު، މި ހަރަކާތުން ވަނީ ފަޚުރުވެރި ކާމިޔާބީތަކެއް ހޯދާފައިކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ކުދިކުދި ކަންކަމުން ފެށިގެން ބޮޑެތި ޤައުމީ ކާރިސާތަކުގައިވެސް ސްކައުޓުންގެ ބައިވެރިވުން ފާހަގަކުރެވޭ މިންވަރަށް ފެންނަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

6 ގަޑިއިރު ކުރިން - 16:54

ނިޔާވި ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ނިޔާވި ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

6 ގަޑިއިރު ކުރިން - 16:10

ރާއްޖޭގެ ކަނޑުއަޑިން ތެލާއި މައުދަން ހޯދައި ނެގުމަށް ހާއްސަ ގާނޫނެއް ހަދަނީ

ރާއްޖޭގެ ކަނޑުއަޑިން ތެލާއި މައުދަން ހޯދައި ނެގުމަށް ހާއްސަ ގާނޫނެއް ހަދަނީ

9 ގަޑިއިރު ކުރިން - 13:13

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރައްވައިފި

1 ދުވަސް ކުރިން - 18:54

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުރުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުުރުމުގެ ބިލު ތަސްދީގުކުރައްވައިފި

1 ދުވަސް ކުރިން - 18:37

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގޭ ގޮތަށް ޓެކްސް ގާނޫނަށް ގެނެވުނު އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިފި

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

1 ދުވަސް ކުރިން - 18:26

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%