Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޙައްޖުގެ އިންތިޒާމްތައް މިފަހަރު ހަމަޖައްސަވައިދެއްވާފައިވަނީ ވަރަށް ފެންވަރު ރަނގަޅުކޮށް: ރައީސް

ޙައްޖުގެ އިންތިޒާމްތައް މިފަހަރު ހަމަޖައްސަވައިދެއްވާފައިވަނީ ވަރަށް ފެންވަރު ރަނގަޅުކޮށް: ރައީސް

އަައިޝަތު ޒީނާ
459 ދުވަސް ކުރިން - 30 މެއި 2025 15:09
"ރައްޔިތުންނާއެކު" ސިލްސިލާ ޕޮޑްކާސްޓްގެ 7 ވަނަ އެޕިސޯޑްގައި ރައީސް ވާހަކަފުޅުދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
"ރައްޔިތުންނާއެކު" ސިލްސިލާ ޕޮޑްކާސްޓްގެ 7 ވަނަ އެޕިސޯޑްގައި ރައީސް ވާހަކަފުޅުދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މައްކާ ރޫޓް އިނީޝިއޭޓިވްގެ ތެރެއިން ޙައްޖާޖީންނަށް މައްކާއަށް ދެވުމުން އެއާޕޯޓްގައި މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދެވޭނެ އިންތިޒާމް ހަޖެހިގެން ގޮސްފައިވާކަން ރައީސް ފާހަގަކުރެއްވި.

މިފަހަރު ޙައްޖުގެ އަޅުކަން އަދާކުރައްވާ ފަރާތްތަކަށް ހުރިހާ އިންތިޒާމެއް ހަމަޖައްސަވައިދެއްވާފައި ވަނީ ވަރަށް ފެންވަރު ރަނގަޅުކޮށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، "ރައްޔިތުންނާއެކު" ސިލްސިލާ ޕޮޑްކާސްޓްގެ 7 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި ވަރަށް ތަފްޞީލީ ގޮތެއްގައި ޙައްޖާޖީންނަށް އިންތިޒާމްތައް ހަމަޖައްސަވާދެއްވާފައިވާ ގޮތާގުޅޭގޮތުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ. އެގޮތުން މައްކާ ރޫޓް އިނީޝިއޭޓިވްގެ ތެރެއިން ޙައްޖާޖީންނަށް މައްކާއަށް ދެވުމުން އެއާޕޯޓްގައި މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދެވޭނެ އިންތިޒާމް ހަޖެހިގެން ގޮސްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މިނާގައި ތިބުމަށްވެސް ވަރަށް ފެންވަރު ރަނގަޅު އިންތިޒާމް ހަމަޖެހިފައިވާކަމަށާއި، އަދި މައްކާއިން މަދީނާއަށް ދާނީވެސް ސީދާ ހައި ސްޕީޑް އެންމެ ރަނގަޅު ރޭލުގައި ދެތިން ގަޑިއިރު، ގާތްގަނޑަކަށް 2 ގަޑިއިރުތެރޭކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

މި ހުރިހާކަމެއް ހަމަޖެހިގެން ދިޔައީ ސަޢޫދީ ސަރުކާރާއި ދިވެހި ސަރުކާރުން ގުޅިގެން ކުރެއްވި މަސައްކަތުންކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. އަދި މިކަމުން ފެންނަނީ ސަޢޫދީ ސަރުކާރުން ރާއްޖެއާމެދު ބަހައްޓަވާ ގާތްކަންކަމަށާއި، އެގައުމުން ރާއްޖެއަށް ދެއްވާ އަހައްމިއްޔަތުކަން ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. އަދި އެކަމަށްޓަކައި އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

"ރާއްޖެއާ ދޭތެރޭގައި ވަރަށް ވަރަށް އިޙްސާންތެރިކޮށް، ވަރަށްގާތްކޮށް ހިއްތަވަނީ. އެކަމަށްޓަކައި ދިވެހި ރައްޔިތުންގެ ފަރާތުންނާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި ސަޢޫދީ ރަސްގެފާނު އަދި ކްރައުން ޕްރިންސް ވަލީޢަހުދަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން" ރައީސް ވިދާޅުވިއެވެ.

މިއަދުގެ ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ މިއަހަރު އެމަނިކުފާނުގެ ދެކަނބަލުން ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާއަށް ވަޑައިގަންނަވާކަން ފާހަގަކުރައްވާފައެވެ. އަދި އެއީވެސް ސަޢޫދީ ސަރުކާރުގެ ފަރާތުން ދެއްވާ ޚާއްޞަ ދަތުރެއް ކަމަށާއި، ދަތުރުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސަވާ ދެއްވާފައި ވަނީ ހިލޭ ރޯޔަލް ކޯޓުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޕޮޑްކާސްޓުގެ މި އެޕިސޯޑުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ޙައްޖަށް ފަހު އަންނަ ޢީދުގައިވެސް އުފާފާޅުކުރުމަށް ބާރުއަޅުއްވައި، ދީނީ މިންގަޑުތަކާ އެއްގޮތަށް އުފާފާޅުކުރެއްވުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންސަޢުދީ ޢަރަބިއްޔާރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

6 ގަޑިއިރު ކުރިން - 16:54

ނިޔާވި ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ނިޔާވި ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

6 ގަޑިއިރު ކުރިން - 16:10

ރާއްޖޭގެ ކަނޑުއަޑިން ތެލާއި މައުދަން ހޯދައި ނެގުމަށް ހާއްސަ ގާނޫނެއް ހަދަނީ

ރާއްޖޭގެ ކަނޑުއަޑިން ތެލާއި މައުދަން ހޯދައި ނެގުމަށް ހާއްސަ ގާނޫނެއް ހަދަނީ

9 ގަޑިއިރު ކުރިން - 13:13

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރައްވައިފި

1 ދުވަސް ކުރިން - 18:54

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުރުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުުރުމުގެ ބިލު ތަސްދީގުކުރައްވައިފި

1 ދުވަސް ކުރިން - 18:37

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގޭ ގޮތަށް ޓެކްސް ގާނޫނަށް ގެނެވުނު އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިފި

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

1 ދުވަސް ކުރިން - 18:26