Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިތުރު ލިސްޓެއް ނުނެރޭނެ، ވަރަށް އަވަހަށް ފްލެޓް ލިބުނު ފަރާތްތަކާއެކު އެގްރީމެންޓުތައް ހަދާނެ: ވަޒީރު

އިތުރު ލިސްޓެއް ނުނެރޭނެ، ވަރަށް އަވަހަށް ފްލެޓް ލިބުނު ފަރާތްތަކާއެކު އެގްރީމެންޓުތައް ހަދާނެ: ވަޒީރު

އުސްތާޛް މުޙައްމަދު ޢަލީ
463 ދުވަސް ކުރިން - 29 މެއި 2025 22:11
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށްޓާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށްޓާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު.
ޚުލާސާ

ޖުލައި މަހު ފްލެޓްތައް ހަވާލުކުރަން ފަށާނެ. ބޭނުމީ ލިސްޓުގައި ޝަރުތު ހަމަނުވާ މީހުން ނެތްކަން ކަށަވަރުކުރުން. އިތުރު ލިސްޓެއް ނުނެރޭނެ.

ފްލެޓާ ގުޅޭ އިތުރު ދާއިމީ ލިސްޓެއް ނުނެރޭނެ ކަމަށާއި، ޝަކުވާ ފޯމުތައް ބެލުމަށްފަހު ފްލެޓް ނުލިބޭނެ ފަރާތްތަކަށް އެކަން އަންގަމުންދާނެ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށްޓާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ، މިހާރު ކުރިއަށްދަނީ 2023 ވަނަ އަހަރުގެ ނޮވެންބަރު 15 ގައި ނެރުނު ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ޝަރުތު ހަމަނުވާ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކަމަށެވެ. އަދި މި މަސައްކަތް ނިމުމުން، ޝަރުތު ހަމަނުވާ ފަރާތްތަކަށް އެކަން އަންގާނެ ކަމަށާއި، އެ ފަރާތްތަކަށް ޖަވާބުދާރީވުމުގެ ފުރުސަތު ދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ލިސްޓުގައި މައްސަލައެއް ނެތި ޝަރުތު ހަމަވާ ފަރާތްތަކުގެ އެގްރީމެންޓްތައް ހެދުމުގެ މަސައްކަތް އަވަހަށް ފަށާނެ ކަމަށާއި، ފްލެޓްތައް ނިމެމުންދާ ވަރަކަށް އެ ފަރާތްތަކާ ހަވާލުކުރަމުން ދާނެ ކަމަށެވެ.

Advertisement

Advertisement 1

"ޖުލައި މަހު އެންމެ ފުރަތަމަ މީހުންނަށް ފްލެޓްތައް ހަވާލުކުރެވި، އެތާނގައި އުޅެވޭވަރު ވާނެ. ސަރުކާރުގެ އަމާޒަކީ ސެޕްޓެންބަރުގެ ނިޔަލަށް ހުރިހާ ފްލެޓްތައް ނިންމާ ހަވާލުކުރުން. އަދި މުޅި މައްސަލައަށް ހައްލު އައުން،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، 1000 ހައުސިންގ ޔުނިޓުގެ އިމާރާތުގެ މަސައްކަތް މިހާރު ވަނީ މުޅިން ނިމިފައެވެ. ނަމަވެސް، އެ ތަންތަނުގައި ޔުޓިލިޓީ ޚިދުމަތްތައް ގުޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، ޖުލައިގެ ނިޔަލަށް އިތުރު 1000 ޔުނިޓް ނިމި، މުޅި މަޝްރޫޢު ސެޕްޓެންބަރަށް ނިންމާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ކުރީގެ ސަރުކާރުން 2023 ވަނަ އަހަރުގެ ނޮވެންބަރު 15 ގައި ނެރުނު ލިސްޓަކީ، ގިނަ ޝަކުވާތަކާ ގުޅިގެން އޭސީސީން އެ މަސައްކަތް މަޑުޖައްސާލުމަށް އަންގާފައި ވަނިކޮށް ނެރެފައިވާ ލިސްޓެކެވެ. މި ސަރުކާރުން ޚާއްސަ ކޮމިޓީއެއް އެކުލަވާލައި ބެލުމަށްފަހު ހާމަކޮށްފައިވަނީ ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި 2180 މީހުން ޝަރުތު ހަމަނުވާ ކަމަށެވެ.

މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބުގެދޮރުވެރިޔާ ސްކީމްބޯހިޔާވަހިކަންފްލެޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފްލެޓާއި ގޯތި ފޯމުގެ މައުލޫމާތު އިސްލާހުކުރަން ދޭ 21 ދުވަސް ގުނާނީ ޕޯޓަލްއިން އެންގުމުން

ފްލެޓާއި ގޯތީގެ މައުލޫމާތު އިސްލާހުކުރަން 21 ދުވަސް ދެނީ

2 ދުވަސް ކުރިން - 12:50

ރައީސްގެ އިރުޝާދާއި އެކު ފުލެޓުތަކުގެ ކުޑަދޮރުތަކާއި ބެލްކަނީގައި ރެއިލިން ހަރުކުރަނީ

ރައީސްގެ އިރުޝާދާއި އެކު ފުލެޓުތަކުގެ ކުޑަދޮރުތަކާއި ބެލްކަނީގައި ރެއިލިން ހަރުކުރަނީ

2 ދުވަސް ކުރިން - 10:44

އިންޖިނީރިންގއަކީ ކަމެއްވުމާއި ނުވުމާ ދެމެދުގެ ފަރަގު: ހައުސިން މިނިސްޓަރު

އިންޖިނީރިންގްއަކީ ކަމެއްވުމާއި ނުވުމާ ދެމެދުގެ ފަރަގު: ހައުސިން މިނިސްޓަރު

6 ދުވަސް ކުރިން - 11:32

"ހިޔާވެހި" ސްކީމްގެ ފުރަތަމަ ބުރުގައި 244 މީހުންނަށް ފައިސާ ދޫކޮށްފި

"ހިޔާވެހި" ސްކީމްގެ ފުރަތަމަ ބުރުގައި 244 މީހުންނަށް ފައިސާ ދޫކޮށްފި

11 ދުވަސް ކުރިން - 12:38

އަނެއްކާވެސް ރެކޯޑެއް! 716 ހެކްޓަރާއެކު މިހާރު ރާއްޖޭގެ އޮތް އެންމެ ބޮޑު ބިމަކީ ރަސްމާލެ؛ ދެން ކިޔާނީ ކީކޭބާ؟

716 ހެކްޓަރާއެކު މިހާރު ރާއްޖޭގެ އޮތް އެންމެ ބޮޑު ބިމަކީ ރަސްމާލެ

11 ދުވަސް ކުރިން - 23:03

"ބޯހިޔާވެހިކަން އެންމެންނަށް" ސިޔާސަތަށް ފޯމު ހުށަހަޅާ ޕޯޓަލްއަށް އެއްވެސް ނުފޫޒެއް ނުފޯރުވޭނެ: ސްޓޭޓް މިނިސްޓަރު ނާޒިމް

"ބޯހިޔާވެހިކަން އެންމެންނަށް" ސިޔާސަތަށް ފޯމު ހުށަހަޅާ ޕޯޓަލްއަށް އެއްވެސް ނުފޫޒެއް ނުފޯރުވޭނެ!

13 ދުވަސް ކުރިން - 12:03