ނޭޝަނަލް ސިންގަލް ވިންޑޯ ޕްލެޓްފޯމުގައި އަވަހަށް ރަޖިސްޓްރީވުމަށް ކަސްޓަމްސް އިން އެދެފި

އަައިޝަތު ޒީނާ | 1 ދުވަސް ކުރިން - 29 މޭ 2025 14:49
މިމަހުގެ 31 ވަނަ ދުވަހުގެ ކުރިން ނޭޝަނަލް ސިންގަލް ވިންޑޯ ޕްލެޓްފޯމުގައި ރަޖިސްޓްރީވުމަށް ކަސްޓަމްސް އިން ވަނީ އެދިފައި. / ފޮޓޯ: ކަސްޓަމްސް
މިމަހުގެ 31 ވަނަ ދުވަހުގެ ކުރިން ނޭޝަނަލް ސިންގަލް ވިންޑޯ ޕްލެޓްފޯމުގައި ރަޖިސްޓްރީވުމަށް ކަސްޓަމްސް އިން ވަނީ އެދިފައި. / ފޮޓޯ: ކަސްޓަމްސް
ޚުލާސާ

ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓްއަކީ ދިވެހި ވިޔަފާރިވެރިންނަށް ލުއި ގޮތްތަކެއް މަޤުފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން، ކުރިއަށްގެންދާ ވަރަށް މުހިންމު މަސައްކަތެއް.

ޝިޕިންގ އޭޖެންޓުންނާއި ފްރައިޓް ފޯވަރޑިންގގެ ޚިދުމަތްދެއްވާ ފަރާތްތަކުން ނޭޝަނަލް ސިންގަލް ވިންޑޯ ޕްލެޓްފޯމުގައި ރަޖިސްޓްރީވުމަށް ސަމާލުވުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އެދިއްޖެއެވެ.

ރާއްޖެއަށް މުދާ އިމްޕޯޓްކޮށް އެކްސްޕޯޓް ކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު، އެއް ޕްލެޓްފޯމަކުން މުހިންމު ޚިދުމަތްތައް ހޯދޭގޮތަށް ފަރުމާކުރާ ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓް އޮގަސްޓް މަހުގެ ތެރޭގައި އިފްތިތާޙުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނައިރު ޝިޕިންގ އޭޖެންޓުންނާއި ފްރައިޓް ފޯވަރޑިންގގެ ޚިދުމަތްދެއްވާ ފަރާތްތަކުން މިމަހުގެ 31ވަނަ ދުވަހުގެ ނިޔަލަށް ނޭޝަނަލް ސިންގަލް ވިންޑޯ" ޓްރޭޑިއަން" ޕްލެޓްފޯމުގައި ރަޖިސްޓްރީވުމަށް ކަސްޓަމްސް އިން ވަނީ އިލްތިމާސް ކޮށްފައެވެ.

އެގޮތުން ޝިޕިންގ އޭޖެންޓުންނާއި ފްރައިޓް ފޯވަރޑަރުން ރަޖިސްޓްރީ ކުރުމާއި ފޮރިން ގޮއިން ވެސަލް ރަޖިސްޓްރީކުރުން، ވެސަލް އެރައިވަލް އިންފޮމޭޝަން ހުށަހެޅުން ( އީ.ޓީ. އޭ / އީ.ޓީ.ޑީ )، ސީ ކާގޯ މެނިފެސްޓް ހުށަހެޅޭނީ ނޭޝަނަލް ސިންގަލް ވިންޑޯ " ޓްރޭޑިއަން" ޕްލެޓްފޯމް މެދުވެރިކޮށް ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓްއަކީ ދިވެހި ވިޔަފާރިވެރިންނަށް ލުއި ގޮތްތަކެއް މަޤުފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން، ކުރިއަށްގެންދާ ވަރަށް މުހިންމު މަސައްކަތެކެވެ.

މި ޕްލެޓްފޯމްގެ ސަބަބުން ވިޔަފާރި ކުރުމުގައި ހުށަޅަންޖެހޭ ލިޔެކިޔުންތައް ފަސޭހައިން ހުށައެޅުމާއި ދެފުށްފެންނަ އުސޫލަކުން މަސައްކަތްތައް ކުރިއަށްގެންދެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. އަދި މިއީ ވިޔަފާރީގެ މުޢާމަލާތްކުރާ ފަރާތްތައް ގުޅުވާލަދޭނެ ޕްލެޓްފޯމަކަށްވެސް ވެގެންދާނެ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%