ހަތަރު ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ އިމާރާތްކުރަން އާރުޑީސީއާ ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ އެ އިދާރާގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހްމަދު ގާސިމް ކަމަށެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަސްބާހް އަލީ ނަސީރު ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ރަށްރަށުގެ ހަވާލުކުރީ ސިއްހީ މަރުކަޒުގެ އާ އިމާރާތްތައް އެޅުމަށާއި އެކްސްޕެންޝަން އިމާރާތްތައް އެޅުމަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

މަސައްކަތް ހަވާލުކުރި ރަށްރަަށް

  1. ހއ. ފިއްލަދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް / މަސައްކަތުގެ އަގަކީ 11.9 މިލިއަން ރުފިޔާ
  2. ރ. މީދޫ ހޮސްޕިޓަލްގެ އާ އިމާރާތުގެ މަސައްކަތް / މި މަސައްކަތުގެ އަގަކީ 108.9 މިލިއަން ރުފިޔާ
  3. މ. މުލަކު ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް / މަސައްކަތުގެ އަގަކީ 26.5 މިލިއަން ރުފިޔާ
  4. ގއ. ދާންދޫ ހޮސްޕިޓަލްގެ އާ އިމާރާތުގެ މަސައްކަތް / މަސައްކަތުގެ އަގަކީ 108.3 މިލިއަން ރުފިޔާ

ސަރުކާރުން އަންނަނީ ރަށްރަށުގައި ހިންގާ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުގެ ފެންވަރު މަތިކުރުމަށް ސިއްހީ ހިދުމަތް ދޭ ތަންތަން ތަރައްގީކުރުމުގެ އެކި މަޝްރޫއުތައް ހިންގަމުންނެވެ.