ފަސްރަށެއްގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފި

އަހްމަދު އީޒާން | 1 ދުވަސް ކުރިން - 29 މޭ 2025 12:37
ފަސް ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަން އިމާރާތްކުރަން އެމްޓީސީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު / ފޮޓޯ: ހެލްތު މިނިސްޓްރީ
ފަސް ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަން އިމާރާތްކުރަން އެމްޓީސީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު / ފޮޓޯ: ހެލްތު މިނިސްޓްރީ
ޚުލާސާ

އެމްޓީސީސީ އާއި ހަވާލުކުރީ 5 ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގެ އާޢިމާރާތް އެޅުމަށާއި އެކްސްޕެންޝަން އިމާރާތް އެޅުމަށް.

ފަސްރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަން އިމާރާތްކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިއްޔެ ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ އެ އިދާރާގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަހްމަދު ގާސިމެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީ އެވެ.

އެމްޓީސީސީ އާއި ހަވާލުކުރީ އެ ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގެ އާ އިމާރާތް އެޅުމަށާއި އެކްސްޕެންޝަން އިމާރާތް އެޅުމަށެވެ.

މަސައްކަތް ހަވާލުކުރި ތަންތަން

  1. ހއ. އުލިގަމު ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް / 14.3 މިލިއަން ރުފިޔާ.
  2. ހދ. ކުމުންދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް / 27.2 މިލިއަން ރުފިޔާ.
  3. ރ. އިންނަމާދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް / 7.6 މިލިއަން ރުފިޔާ.
  4. އދ. އޮމަދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް / 27.2 މިލިއަން ރުފިޔާ.
  5. ދ. ހުޅުދެލި ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް / 10.1 މިލިއަން ރުފިޔާ.

ސަރުކާރުން އަންނަނީ ރަށްރަށުގައި ހިންގާ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުގެ ފެންވަރު މަތިކުރުމަށް ސިއްހީ ހިދުމަތް ދޭ ތަންތަން ތަރައްގީކުރުމުގެ އެކި މަޝްރޫއުތައް ހިންގަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%