Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޣައްޒާ ރައްޔިތުން ބަނޑަށްޖެހި މަރުވާތީ ގޮތްހުސްވެ އދ. ގުދަނަކަށް ވަދެ ކާބޯތަކެތި ނަގައިފި

ޣައްޒާ ރައްޔިތުން ބަނޑަށްޖެހި މަރުވާތީ ގޮތްހުސްވެ އދ. ގުދަނަކަށް ވަދެ ކާބޯތަކެތި ނަގައިފި

ޖަވާދު
377 ދުވަސް ކުރިން - 29 މެއި 2025 11:22
ޣައްޒާ ރައްޔިތުން އދ. ގެ ގުދަނުން ކާނާ ނަގައިގެން ދަނީ
ޣައްޒާ ރައްޔިތުން އދ. ގެ ގުދަނުން ކާނާ ނަގައިގެން ދަނީ
ޚުލާސާ

ބަނޑަށް ޖެހި މަރުވެދާނެ ކަމުގެ ބިރަށް ކާބޯތަކެތި ނަގަން އދ ގެ ގުދަނަށް ޣައްޒާ ރައްޔިތުންނަށް ވަންނަން މަޖުބޫރުވި. އޭގެތެރެއިން ދެމީހަކު ޝަހީދުވި.

ފަލަސްޠީނުގެ ޣައްޒާގައި ދިރިއުޅޭ ރައްޔިތުން ބަނޑަށްޖެހި މަރާއި ހަނގުރާމަކުރަމުން ދާތީވެ، ގޮތް ހުސްވެ އެންމެފަހުން ކާނެ އެއްޗެއް ހޯދުމަށް ޣައްޒާގެ މެދުތެރޭގައި ހުރި ސަރަހައްދެއްގައި ހުރި އެކުވެރި ދައުލަތްތަކުގެ (އދ.) ގުދަނަކަށް ވަދެ، އެތަނުން ކާބޯތަކެތި ނެގުމަށް މަޖުބޫރުވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ޔަހޫދީން މާރިޗު 2 ވަނަ ދުވަހަށް ފަހު ޣައްޒާ އަށް ވަދެނުކުމެވޭނެ ހުރިހާ ދޮރުތައް ބަންދުކޮށް، ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ހުރަސް އެޅުމާއި ގުޅިގެންނެވެ. މީގެ އިތުރުން، ޞިއްޙީ ފަރުވާއަށް ބޭނުންވާ ބޭހާއި އެހެނިހެން ސާމާނާއި ތެޔޮ އެތެރެ ކުރުން ވެސް އޮތީ ހުއްޓުވާފައެވެ.

Advertisement

Advertisement 1

ޣައްޒާ ރައްޔިތުން ބަނޑަށްޖެހި މަރުވާތީ ގޮތްހުސްވެ އދ. ގުދަނަކަށް ވަދެ ކާބޯތަކެއްޗާއި އެނޫންވެސް އަތުޖެހުނު އެއްޗެއް ހިފައިގެން ދަނީ.

އދ. ގެ ކާބޯތަކެއްޗާ ބެހޭ ޕުރޮގުރާމު (ޑަބްލިޔުއެފްޕީ) އިން ބުނެފައިވާ ގޮތުގައި، ކާއެއްޗެހި ނަގަން ގުދަނަށް ވަދެ އުޅުނު ހާދިސާގައި ދެ މީހަކު ޝަހީދުވެފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވެއެވެ. އަދި މިފަދަ ހާދިސާތައް ތަކުރާރު ވިޔަ ނުދިނުމަށް، ޣައްޒާއަށް ކާބޯތަކެތި އެތެރެ ކުރުމަށް އޮތް ހުރަސްތައް ވަގުތުން ނައްތައިލުމަށް ޔަހޫދީންނަށް ގޮވައިލާފައިވެއެވެ.

ޣައްޒާގައި ދިރިއުޅޭ 2.1 މިލިޔަނެއްހާ މީހުން މިހާރު ވަނީ ބަނޑަށްޖެހުމުގެ ބިރާއި ކުރިމަތިލާންޖެހިފައެވެ. އދ. ގެ މެދުއިރުމަތީގެ މަންދޫބު ސިގްރިޚް ކާޚް ވަނީ ޣައްޒާއަށް އެތެރެ ކުރެވޭ ކާބޯތަކެތީގެ އަދަދު މަދުވުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފް) މެދުވެރިކޮށް ކާބޯތަކެތި ބެހުމުގެ މަސައްކަތް ފެށިފައިވީ ނަމަވެސް، އެ ޖަމުޢިއްޔާއިން ކާބޯތަކެތި ބަހަމުން ދިޔަ މަރުކަޒަކަށް އެއްވި މީހުންނަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ޙަމަލާދީ، ގިނަ އަދަދެއްގެ ބަޔަކު ޝަހީދު ކޮށްލާފައިވާކަން ފާހަގަކުރެވެއެވެ.

އދ. ގެ ސަލާމަތީ މަޖިލީހުން ވަނީ ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުވުމަށް މަސައްކަތް ކުރަމުންދާކަން އިޢުލާނުކޮށްފައެވެ. ނަމަވެސް، ޖީއެޗްއެފް މެދުވެރިކޮށް ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ޔަހޫދީންގެ އަތްދަށަށް ދޫކޮށްލުމަށް އދ. އިން ދަނީ އިންކާރު ކުރަމުންނެވެ.

ޣައްޒާފަލަސްތީންއދ
Ad
Ad

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބޭސް ހުސްވެ ޣައްޒާގެ 4000 އަށްވުރެ ގިނަ މީހުންގެ ފުރާނަ ނުރައްކަލުގަ

ބޭސް ހުސްވެ ޣައްޒާގެ 4000 އަށްވުރެ ގިނަ މީހުންގެ ފުރާނަ ނުރައްކަލުގަ

6 ދުވަސް ކުރިން - 12:37

ޣައްޒާއިން އަނެއްކާވެސް އިތުރު 8 މީހުން ޝަހީދުކޮށްލައިފި

ޣައްޒާއިން އަނެއްކާވެސް އިތުރު 8 މީހުން ޝަހީދުކޮށްލައިފި

7 ދުވަސް ކުރިން - 07:38

ހަނގުރާމަ ނިމިއްޖެއޭ ބުނެ ޝަހީދުކޮށްލި މީހުންގެ ޢަދަދު 930 އަށް

ހަނގުރާމަ ނިމިއްޖެއޭ ބުނެ ޝަހީދުކޮށްލި މީހުންގެ ޢަދަދު 930 އަށް

10 ދުވަސް ކުރިން - 20:23

ފަލަސްތީނުގެ ބިންތައް ފޭރިގަތުމުގެ އައު މަޝްރޫޢެއް އިސްރާއީލުން ފަށައިފި

ފަލަސްތީނުގެ ބިންތައް ފޭރިގަތުމުގެ އައު މަޝްރޫޢެއް އިސްރާއީލުން ފަށައިފި

11 ދުވަސް ކުރިން - 11:03

ފައިސާ ނުލިބުމުން ޓްރަމްޕްގެ ގާޒާ “ބޯޑް އޮފް ޕީސް" ފެއިލްވަނީ

ޓްރަމްޕްގެ ގާޒާ “ބޯޑް އޮފް ޕީސް" އަށް ފަންޑު ނުލިބި ފެއިލްވަނީ

13 ދުވަސް ކުރިން - 00:39

ހަމާސްގެ ލީޑަރު  އޭނާގެ އާއިލާއާއި އެކު ޝަހީދުކޮށްލައިފި

ހަމާސްގެ ލީޑަރާއި އޭނާގެ އާއިލާ ޝަހީދުކޮށްލައިފި

14 ދުވަސް ކުރިން - 00:41