ބޮޑު ތަފާތަކުން އޮޑި ބަލިކޮށް އެފްއޭއެމް ލީގު ކަޕް މާޒިޔާ އަށް

ހުސައިން އިސްމާއިލް | 1 ދުވަސް ކުރިން - 29 މޭ 2025 08:16
4-0 ލަނޑުން އޮޑި ބަލިކޮށް، އެފްއޭއެމް ލީގު ކަޕް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ހޯދައި، އުފާ ފާޅުކުރަނީ.
4-0 ލަނޑުން އޮޑި ބަލިކޮށް، އެފްއޭއެމް ލީގު ކަޕް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ހޯދައި، އުފާ ފާޅުކުރަނީ.
ޚުލާސާ

ރޭގެ މެޗުގައި ވިދާލީ މާޒިޔާގެ ޒުވާން ކުޅުންތެރިޔާ، 16 އަހަރުގެ މުހައްމަދު އިލާން އިމްރާނެވެ. އޭނާ ވަނީ ދެ ގޯލު ޖަހައިފަ.

އެފްއޭއެމް ލީގު ކަޕް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ހޯދައިފިއެވެ.

ރޭ މާލޭގެ ގަލޮޅު ދަނޑުގައި ކުޅުނު މެވުގައި މާޒިއާއިން ވަނީ 4-0 ލަނޑުން އޮޑި ސްޕޯޓްސް ބަލިކޮށްފައެވެ. މި މުބާރާތުގައި މާޒިޔާއިން ކުޅުނު އެއްވެސް މެޗެއްގައި ބަލިނުވާއިރު، އެއްވަރުވީ 1 މެޗުންނެވެ.

ރޭގެ މެޗުގައި ވިދާލީ މާޒިޔާގެ ޒުވާން ކުޅުންތެރިޔާ، 16 އަހަރުގެ މުހައްމަދު އިލާން އިމްރާނެވެ. އޭނާ ވަނީ ދެ ގޯލު ޖަހައިފައެވެ.

4-0 ލަނޑުން އޮޑި ބަލިކޮށް، އެފްއޭއެމް ލީގު ކަޕް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއަށް.

މެޗުގެ ފުރަތަމަ ގޯލު މާޒިޔާއަށް ޖަހައިދިނީ އިބްރާހިމް އައިސަމް ކަމަށްވާއިރު، ދެވަނަ ގޯލު ޖެހީ ހަސަން ރާއިފް އަހުމަދެވެ. މި މުބާރާތަކީ އަންނަ އޮގަސްޓް މަހު ފެށުމަށް ހަމަޖެހިފައިވާ ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގެ ޕްރީ ސީޒަން މުބާރާތެއްގެ ގޮތުގައި ކުރިއަށްގެންދިޔަ މުބާރާތެކެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ މާޒިޔާގެ އައިހަމް އަހުމަދަށެވެ. އަދި އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ޓީސީ ސްޕޯޓްސް ކްލަބުގެ ސްރީ ލަންކާ ގައުމީ ޓީމުގެ ކީޕަރު، ސުޖަން ޕެރޭރާއެވެ. މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ހޮވުނީ މަހިބަދޫ ސްޕޯޓްސް ކްލަބެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%