މާޒިޔާގެ ޒުވާން ހަތަރު ކުޅުންތެރިން ސީނިއަރ ސްކޮޑަށް

އުސްތާޛް މުޙައްމަދު ޢަލީ | 218 ދުވަސް ކުރިން - 14 މާރިޗް 2025 06:58
މާޒިއާގެ ޖޫނިއާ ޓީމުން ސީނިއާ ސްކޮޑަށް މި 4 ކުޅުންތެރިން ވަނީ ނަގާފައި.
މާޒިއާގެ ޖޫނިއާ ޓީމުން ސީނިއާ ސްކޮޑަށް މި 4 ކުޅުންތެރިން ވަނީ ނަގާފައި.
ޚުލާސާ

19 އަހަރުން ދަށުގެ އަލްހާން ފައިސަލް އަމީން، މުހައްމަދު ޒީކް އަހުމަދު، މުހައްމަދު ލާމިހު އިމްތިޔާޒް އަދި ނާޝިއު އަހުމަދު ޝިހާމް ވަނީ ސީނިއާ ޓީމަށް ނަގާފަ.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން އެ ކްލަބުގެ 19 އަހަރުން ދަށުގެ ޓީމުގެ ހަތަރު ކުޅުންތެރިން ސީނިއަރ ސްކޮޑަށް ނަގައިފިއެވެ. މިގޮތުން ސީނިއަރ ސްކޮޑަށް ނެގިފައިވަނީ އަލްހާން ފައިސަލް އަމީން، މުހައްމަދު ޒީކް އަހުމަދު، މުހައްމަދު ލާމިހު އިމްތިޔާޒް އަދި ނާޝިއު އަހުމަދު ޝިހާމެވެ.

މި ހަތަރު ކުޅުންތެރިންނަކީ އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕުގައި މާޒިޔާއަށް ޗެމްޕިއަންކަން ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިންނެވެ. މި މުބާރާތުގައި މާޒިޔާގެ ޒުވާން ޓީމުން ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައެވެ.

މާޒިޔާގެ ފަރާތުން މި ކަން އިއުލާނުކުރަމުން ބުނެފައިވަނީ މިއީ ކުރިމަގަށް އިތުބާރު ހިފޭ ޒުވާން ޓީމެއް ބިނާކުރުމަށް އަޅާ ފިޔަވަޅެއް ކަމަށެވެ.

"މި ހަތަރު ކުޅުންތެރިންނަކީ އަޅުގަނޑުމެންގެ އެކަޑަމީގައި ތަމްރީނު ލިބިގެން އައި ކުޅުންތެރިން. މިހާރު އެ ކުދިން ތައްޔާރުވެފައި މި ތިބީ އަޅުގަނޑުމެންގެ ސީނިއަރ ޓީމުގައި އެ ކުދިންގެ ހުނަރު ދައްކާލަން،" މާޒިޔާގެ އިސް އޮފިޝަލެއް ވަނީ ބުނެފައެވެ.

މާޒިޔާގެ ޒުވާން ޓީމުން މި ފަހަރުގެ ޔޫތު ޗެމްޕިއަންޝިޕުގެ ތަށި ކާމިޔާބުކުރީ މެޗަކުން ބަލިނުވެ އެވެ. އަދި މިއީ މާޒިޔާ އިން މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރުވެސް މެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%