Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޔޫތު ޗެމްޕިއަންޝިޕްގައި މާޒިޔާއިން އީގަލްސްގެ ފިޔަތައް ބިންދައިލައިފި

ޔޫތު ޗެމްޕިއަންޝިޕްގައި މާޒިޔާއިން އީގަލްސްގެ ފިޔަތައް ބިންދައިލައިފި

އުސްތާޛް މުޙައްމަދު ޢަލީ
557 ދުވަސް ކުރިން - 1 މާޗް 2025 09:07
19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ތަށި މާޒިޔާއިން އުފުލާލަނީ. މާޒިޔާއިން ތަށި ހޯދީ 6-1 އިން އީގަލްސް ބަލިކޮށްގެން. / ފޮޓޯ: މާޒިޔާ
19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ތަށި މާޒިޔާއިން އުފުލާލަނީ. މާޒިޔާއިން ތަށި ހޯދީ 6-1 އިން އީގަލްސް ބަލިކޮށްގެން. / ފޮޓޯ: މާޒިޔާ
ޚުލާސާ

އީގަލްސް ގޯލެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި 6-1 އިން އީގަލްސް ބަލިކޮށް މާޒިޔާއިން ވަނީ ތަށި ނަގާފަ.



ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ބޭއްވި 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކްލަބް އީގަލްސްގެ މައްޗަށް ބޮޑު ތަފާތަކުން ކާމިޔާބު ހޯދައިފައެވެ. ރޭ ގަލޮޅު ދަނޑުގައި ކުޅުނު މެޗުގައި މާޒިޔާ އިން ވަނީ 6-1 އިން އީގަލްސް ބަލިކޮށްފައެވެ.

މެޗު ފެށުނު ފަހުން ފަސް މިނިޓް ތެރޭގައި އީގަލްސްގެ އަޝްހަމް އިބްރާހީމް މުހައްމަދު ގޯލެއް ޖަހައި އެ ޓީމަށް ލީޑު ނަގައިދިން ނަމަވެސް، ދެވަނަ ހާފުގައި މާޒިޔާގެ ކުޅުންތެރިން ވަނީ ގޯލުތަކެއް ޖަހައި މެޗުގެ ނަތީޖާ ބަދަލުކޮށްލާފައެވެ. މާޒިޔާގެ ފުރަތަމަ ގޯލު ޖެހީ ކެޕްޓަން އައިދާން އަހުމަދު މޫސާ އެވެ. އޭގެ ފަހުން އަނޫފް އަބްދުﷲ ދެ ގޯލު ޖަހައި، ނަސާހް އިބްރާހީމް ނާސިރު އަދި މުހައްމަދު އީލާން އިމްރާން ވެސް ގޯލު ޖަހައިފައިވެއެވެ.

Advertisement

Advertisement 1

މި މުބާރާތަކީ މާޒިޔާ އަށް ޔޫތު ޗެމްޕިއަންޝިޕްގައި ލިބުނު ދެވަނަ ކާމިޔާބީއެވެ. މީގެ ކުރިން 2011 ވަނަ އަހަރު ބޭއްވި 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި ވެސް މާޒިޔާ އިން ވަނީ ޗެމްޕިއަންކަން ހޯދާފައެވެ. އެހެންނަމަވެސް، ޔޫތު ޗެމްޕިއަންޝިޕްގެ އެންމެ ކާމިޔާބު ޓީމަކީ އީގަލްސް އެވެ. އެ ޓީމުން ވަނީ އެކި އުމުރުފުރާތަކަށް ބޭއްވި ޔޫތު ޗެމްޕިއަންޝިޕް ފަސް ފަހަރު ކާމިޔާބުކޮށްފައެވެ.

ނުވަ ޓީމު ވާދަކުރި މި މުބާރާތުގައި މާޒިޔާ އިން ވަނީ ދެ ފަހަރެއްގެ މަތިން އީގަލްސް ބަލިކޮށްފައެވެ. އެއީ ފައިނަލް މެޗުގެ އިތުރުން މުބާރާތުގެ ފުރަތަމަ މެޗުގައި 3-1 އިންނެވެ.

އެފްއޭއެމްމާޒިޔާ ސްޕޯޓްސްދިވެހި ފުޓްބޯޅައީގަލްސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޝީލްޑް ރެކޯޑް މާޒިޔާއަށް: ޕެނަލްޓީގައި ނިއުރޭޑިއަންޓް ބަލިކޮށް ހަތްވަނަ ފަހަރަށް ތަށި އުފުލާލައިފި!

ޝީލްޑް ރެކޯޑް މާޒިޔާއަށް: ނިއު ބަލިކޮށް ހަތްވަނަ ފަހަރަށް ތަށި އުފުލާލައިފި!

39 ދުވަސް ކުރިން - 04:07

ސީޒަން ހުޅުވާ މެޗުގައި މާޒިޔާ އާއި ނިއު ، އެންމެން ސިއްސުވާލި ތަފްސީލަކީ މިއީ!

މާޒިޔާ އާއި ނިއު، އެންމެން ސިއްސުވާލި ތަފްސީލަކީ މިއީ!

41 ދުވަސް ކުރިން - 17:19

ތިންވަނަ ޑިވިޝަންގައި އެފް.އޭ.އެމް އިން ނިންމި ނިންމުންތަކާ މެދު އެލްސީ ސްޕޯޓްސް ކުލަބުގެ ކަންބޮޑުވުން

އެފް.އޭ.އެމް އިން ނިންމި ނިންމުންތަކާ މެދު އެލްސީ ސްޕޯޓްސްއިން ކަންބޮޑުވުން ފާޅުކޮށްފި

58 ދުވަސް ކުރިން - 19:15

ފީފާ ވޯލްޑްކަޕްގައި ބައިވެރިވުމަށް ރާއްޖެ އަށް ފުރުސަތު ލިބިއްޖެ

ފީފާ ވޯލްޑްކަޕްގައި ބައިވެރިވުމަށް ރާއްޖެ އަށް ފުރުސަތު ލިބިއްޖެ

60 ދުވަސް ކުރިން - 10:42

ވީހާވެސް ގިނަ ބަޔަކަށް މެޗުތައް ބެލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެފްއޭއެމްއިން ޓިކެޓު އަގުހެޔޮކޮށްފި

ގިނަ ބަޔަކަށް މެޗުތައް ބެލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެފްއޭއެމްއިން ޓިކެޓު އަގުހެޔޮކޮށްފި

98 ދުވަސް ކުރިން - 10:38

ދިވެހި ފުޓުބޯޅައިގެ ރަން ތާރީހުގެ "ވަރުގަދަ އަޒުމް": އަލީ އަޝްފާގުގެ ސަތޭކަ މެޗަކީ ގައުމީ ފަހުރެއް

ދިވެހި އެއްބައިވަންތަކަމުގެ ރަމްޒު، އަލީ އަޝްފާގުގެ ސަތޭކަ މެޗަކީ ގައުމީ ފަހުރެއް

98 ދުވަސް ކުރިން - 23:56