ނިއުރޭޑިއަންޓުން ޓީސީ ބަލިކޮށް ފުރަތަމަ މޮޅު ހޯދައިފި

އުސްތާޛް މުޙައްމަދު ޢަލީ | 114 ދުވަސް ކުރިން - 14 މޭ 2025 09:26
ނިއުރޭޑިއަންޓުގެ ކުޅުންތެރިޔާ ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ. ނިއު އިން އިއްޔެ ވަނީ ޓީސީ ބަލިކޮށްފަ / ފޮޓޯ: ނިއުރޭޑިއަންޓް
ނިއުރޭޑިއަންޓުގެ ކުޅުންތެރިޔާ ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ. ނިއު އިން އިއްޔެ ވަނީ ޓީސީ ބަލިކޮށްފަ / ފޮޓޯ: ނިއުރޭޑިއަންޓް
ޚުލާސާ

ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން ޓީސީ ސްޕޯޓްސް ކްލަބު ބަލިކުރީ 4-1 ލަނޑުން.

އެފްއޭއެމް ލީގު ކަޕް 2025 ގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން ޓީސީ ސްޕޯޓްސް ކްލަބު 4-1 އިން ބަލިކޮށް މުބާރާތުގައި ފުރަތަމަ ފަހަރަށް މެޗެއް ކާމިޔާބުކޮށްފިއެވެ.

މެޗުގެ ހުރިހާ ގޯލެއް ފެނުނީ ދެވަނަ ހާފުގައެވެ. ނިއުރޭޑިއަންޓުގެ ގޯލުތައް ކާމިޔާބުކުރީ ރަފީގު އަމީން (2 ގޯލު)، މޫސާ ޔާމިން އަދި އާދަމް ނާސިހެވެ. ޓީސީގެ ހަމައެކަނި ގޯލު ކާމިޔާބުކުރީ ޒަޔާން ނަސީރެވެ.

މުބާރާތުގެ ދެން ކުޅުނު މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ވަނީ މަހިބަދޫ ސްޕޯޓްސް ކްލަބު 7-0 އިން ބަލިކޮށްފައެވެ. މި ނަތީޖާއާއެކު މާޒިޔާއިން ވަނީ މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑު ވެސް ގާއިމުކޮށްފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%