ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންނަށް ލުއިދޭން ފަށައިފި

އަައިޝަތު ޒީނާ | 1 ދުވަސް ކުރިން - 28 މޭ 2025 01:39
ވާނުވާ ބަންދު އުވާލުމަށް މާލޭގައި ބޭއްވި އެއްވުމެއް. / ފޮޓޯ: ސޯޝަލް މީޑިއާ
ވާނުވާ ބަންދު އުވާލުމަށް މާލޭގައި ބޭއްވި އެއްވުމެއް. / ފޮޓޯ: ސޯޝަލް މީޑިއާ
ޚުލާސާ

މި މަސައްކަތުގެ ތެރެއިން ޒަމާންވީ މި މައްސަލައަށް ޙައްލުތަކެއް ލިބި، ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ބަންދަށް ލުއިތަކެއް ދެވޭނެކަމުގައި ރައީސް ވިދާޅުވި.

ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން ޝަރުތުފުރިހަމަވާ ފަރާތްތަކަށް ލުއިދޭން ފަށާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކަށް ޙައްލެއް ހޯދުމަށްޓަކައި ދައުލަތުގެ އިދާރާތަކުން ގުޅިގެން ކުރަން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތަކާއެކު އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދިނުމުގެ ކަންކަން މިއަދު ފަށާފައިވާ ކަމަށެވެ.

މި ފެށުނު މަސައްކަތުގެ ތެރެއިން ޒަމާންވީ މި މައްސަލައަށް ޙައްލުތަކެއް ލިބި، ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ބަންދަށް ލުއިތަކެއް ދެވޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ޝަރީއަތް ނިމެންދެން ބަންދު ކުރެވިފައިވާ ފަރާތްތަކުގެ ހައްޤުތަކަށް ވަކާލާތުކުރައްވާ ބައެއް ބޭފުޅުން ލިޔުމުން ހުށަހެޅުއްވި ހުށަހެޅުންތަކާމެދު މަޝްވަރާކުރެއްވުމަށް މި މަހުގެ 8 ވަނަ ދުވަހު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމާގުޅުންހުރި އިދާރާތަކުގެ އެންމެ އިސްވެރިންނާ ބައްދަލުކުރައްވައި އެ ހުށަހެޅުންތަކުގައި ފާހަގަކުރެއްވި ކަންކަމާމެދު މަޝްވަރާ ކުރައްވާފައެވެ.

އެގޮތުން އެ ފަރާތްތަކަށް 1 ފުރުޞަތު ދިނުމުގައި، އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއް ތަންފީޒުކުރެވޭނެ ގޮތަކާ ގުޅޭގޮތުން އެ ބައްދަލުކުރެއްވުމުގައިވެސް ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%