ފުވައްމުލައް ސިޓީގެ ދަނޑުވެރިކަމަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން އެރަށު ސިޓީ ކައުންސިލާއި ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއިން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާ ކުރައްވާފައިވަނީ ވަޒީރު މަރިޔަމް މާރިޔާ ފުވައްމުލައް ސިޓީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައެވެ.
މި ބައްދަލުވުމުގައި ފުވައްމުލައް ސިޓީގެ ދަނޑުވެރިކަމުގައި ދިމާވާ ތަފާތު ގޮންޖެހުންތައް ވަނީ ވަޒީރާއި ހިއްސާ ކުރައްވާފައެވެ. އެގޮތުން ގަސްތަކަށް ޖެހޭތަފާތު ބަލިތަކާއި، މޭވާއަށް ޕެސްޓްތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުގެ މަޢުލޫމާތުވެސް ވަނީ ހިއްސާކުރައްވާފައެވެ. އަދި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ދަނޑުވެރިކަމާބެހޭ ވުޒާރާއާއި ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި ދެމެހެއްޓެނެވި ދަނޑުވެރިކަމަށް ޕްލޭން ކުރެވިގެން އެ ސިޓީގައި ގާއިމްކުރާ ލެބޯޓްރީގެ މަސައްކަތްތަކާއި ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ.