Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހުޅުމާލޭގެ ރިޒަވައިޒްޑް މާސްޓަޕްލޭނަށް އާންމުންގެ ހިޔާލު ހޯދަން ފުރުސަތު ހުޅުވާލައިފި

ހުޅުމާލޭގެ ރިޒަވައިޒްޑް މާސްޓަޕްލޭނަށް އާންމުންގެ ހިޔާލު ހޯދަން ފުރުސަތު ހުޅުވާލައިފި

އަހްމަދު އީޒާން
469 ދުވަސް ކުރިން - 28 މެއި 2025 18:25
ހުޅުމާލޭގެ އާ މާސްޓަޕްލޭންގެ ޑިޒައިން / ފޮޓޯ: އެޗްޑީސީ
ހުޅުމާލޭގެ އާ މާސްޓަޕްލޭންގެ ޑިޒައިން / ފޮޓޯ: އެޗްޑީސީ
ޚުލާސާ

އެޗްޑީސީން ބުނީ ހުޅުމާލޭގެ ރިވައިޒްކުރި މާސްޓަޕްލޭނަށް ހިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަފައިވާ ކަމަށް.

ހުޅުމާލޭގެ ރިޒަވައިޒްޑް މާސްޓަޕްލޭނަށް އާންމުންގެ ހިޔާލު ހޯދަން އެ ފުރުސަތު ހުޅުވާލައިފި އެވެ.

އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލޭގެ ރިވައިޒްކުރި މާސްޓަޕްލޭނަށް ހިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަފައިވާ ކަމަށެވެ.

ހުޅުމާލޭގެ ތަރައްގީއަށް ބޭނުންވާ މުހިންމު ބަދަލުތައް ހިމަނައިގެން ރިވައިޒްކުރި އެ މާސްޓަޕްލޭން ލޯންޗުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.

Advertisement

Advertisement 1

އެޗްޑީސީން ބުނީ މާސްޓަޕްލޭނަށް ބަދަލު ގެނައީ ހުޅުމާލޭގެ ބަނދަރުގެ ޖާގަ ތަނަވަސްކުރުމާއެކު، ހުޅުމާލެއަށް ބޭނުންވާ އިތުރު ތަރައްގީގެ މަޝްރޫއުތަކަށް ފުރުސަތު ހޯދުމުގެ ބޭނުމުގައި ކަމަށެވެ.

ހުޅުމާލޭގެ އާ މާސްޓަޕްލޭންގެ ޑިޒައިން / ފޮޓޯ: އެޗްޑީސީ

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މައުރޫފް ޖަމީލް ވިދާޅުވި ގޮތުގައި، މި މާސްޓަޕްލޭނަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގިނަ ފަސޭހަތައް ހޯދައިދިނުމަށް އިތުރު ވަސީލަތްތަކާއެކު ހުޅުމާލެ ތަރައްގީކުރުމަށް ކުރެވޭ މަސައްކަތުގެ މުހިންމު ބައެކެވެ.

މި މާސްޓަޕްލޭނާ ގުޅޭ އެންމެހާ މައުލޫމާތު ޕޯޓަލްއިން މިހާރު ފެންނަން ހުންނާނެ ކަމަށާއި ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ވެސް މާސްޓަޕްލޭން ލޯންޗުކުރުމާ އެކު ހުޅުވާލެވިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ ހިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 16 ވަނަ ދުވަސް ކަމަށެވެ. މާސްޓަޕްލޭން ފައިނަލް ކުރާނީ އާންމުންގެ ހިޔާލާއި ހުށަހެޅުންތަކަށް ބެލުމަށް ފަހުގައި ކަމަށް އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަނީ އާންމުންގެ ހިޔާލާއި މަޝްވަރާއާއެކު ހުޅުމާލެ ތަރައްގީކޮށް، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީވެފައިވާ ހިތްފަސޭހަ އައިލެންޑް ސިޓީއަކަށް ހުޅުމާލެ ހެދުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީހުޅުމާލެ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހިޔާ ފްލެޓްތަކުގެ ކުޑަދޮރުތަކުގައި ގްރިލް ހަރުކޮށްދިނުމުގެ އަމަލީ މަސައްކަތް އެޗްޑީސީން ފަށައިފި

ހިޔާ ފްލެޓްތަކުގެ ކުޑަދޮރުތަކުގައި ގްރިލް ހަރުކޮށްދިނުމުގެ އަމަލީ މަސައްކަތް އެޗްޑީސީން ފަށައިފި

1 ދުވަސް ކުރިން - 13:27

ހުޅުމާލެ ފޭސް 2 ގެ ބީޗްގައި މޫދަށް އެރޭނެ ރައްކާތެރި ސަރަހައްދަކާއި މަސްބާނާ ޕްލެޓްފޯމެއް ގާއިމުކުރުމަށް އާންމުންގެ ހިޔާލަށް ހުޅުވާލައިފި

ފޭސް-2ގައި މޫދަށް އެރޭނެ ސަރަހައްދަކާއި މަސްބާނާ ސަރަހައްދެއް ގާއިމްކުރަނީ

2 ދުވަސް ކުރިން - 08:48

އެޗްޑީސީގެ އެއްމެދު އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތްތައް އެ ކުންފުނިން ފަށައިފި

އެޗްޑީސީގެ އެއްމެދު އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތްތައް އެ ކުންފުނިން ފަށައިފި

5 ދުވަސް ކުރިން - 14:00

ރައީސްގެ އިރުޝާދާއި އެކު ފުލެޓުތަކުގެ ކުޑަދޮރުތަކާއި ބެލްކަނީގައި ރެއިލިން ހަރުކުރަނީ

ރައީސްގެ އިރުޝާދާއި އެކު ފުލެޓުތަކުގެ ކުޑަދޮރުތަކާއި ބެލްކަނީގައި ރެއިލިން ހަރުކުރަނީ

6 ދުވަސް ކުރިން - 10:44

ޒީވާގެ ގައިގައި އެހެން ކާރަކުން ޖެހިފައިވާ ކަމަށް ބެލެވޭ: ފުލުހުން

ޒީވާގެ ގައިގައި އެހެން ކާރަކުން ޖެހިފައިވާ ކަމަށް ބެލެވޭ: ފުލުހުން

7 ދުވަސް ކުރިން - 10:57

ހުޅުމާލޭގައި އެކްސިޑެންޓުތައް މަދުކުރުމަށް ފުލުހުންނާއި އެޗްޑީސީން ހާއްސަ ފިޔަވަޅުތަކެއް އަޅަނީ

ހުޅުމާލޭގައި އެކްސިޑެންޓުތައް މަދުކުރުމަށް ފުލުހުންނާއި އެޗްޑީސީން ހާއްސަ ފިޔަވަޅުތަކެއް އަޅަނީ

9 ދުވަސް ކުރިން - 13:11