ފެނަކައިން ކުޅުދުއްފުށީގައި ކަރަންޓު ކެޕޭސިޓީ އިތުރުކޮށްފި

އަހްމަދު އީޒާން | 19 ދުވަސް ކުރިން - 28 މޭ 2025 14:16
ކުޅުދުއްފުށީގައި ބެހެއްޓި އާ އިންޖީނު / ފޮޓޯ: ފެނަކަ
ކުޅުދުއްފުށީގައި ބެހެއްޓި އާ އިންޖީނު / ފޮޓޯ: ފެނަކަ
ޚުލާސާ

1.2 މެގަވޮޓްގެ އާ ޖަނަރޭޓަރު ސެޓެއް އިންސްޓޯލްކޮށް ކުޅުދުއްފުށީގެ ކަރަންޓު ކެޕޭސިޓީ 9.2 އިން 10.4 މެގަވޮޓަށް އިތުރުކޮށްފި.

ހދ. ކުޅުދުއްފުށީގައި ބެހެއްޓި 1.2 މެގަވޮޓްގެ އާ ޖަނަރޭޓަރު ސެޓެއް ބޭނުންކުރަން ފަށައިފި އެވެ. 

ކުޅުދުއްފުށި އިންޖީނުގެ ހިންގާ ފެނަކަ ކޯޕަރޭޝަނުން ބުނީ އެ ރަށުގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް 1.2 މެގަވޮޓްގެ އާ ޖަނަރޭޓަރު ސެޓެއް މިހާރު އިންސްޓޯލްކޮށްފައިވާ ކަމަށެވެ. އެއާއެކު އެ ރަށުގެ ކަރަންޓު ކެޕޭސިޓީ 9.2 އިން 10.4 މެގަވޮޓަށް އިތުރުވެފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ރަށްރަށުގައި ހުރި ދުވަސްވީ އިންޖީނުގެތަކުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށައިފަ އެވެ.

ބޮޑު އާބާދީއެއް ދިރިއުޅޭ ކުޅުދުއްފުށީގައި ކަރަންޓު އުފެއްދުމަށް ބޭނުންވާ ކެޕޭސިޓީ ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށް ފެނަކައިން ބުނެފައިވެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%