Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ތެލަސީމިއާ ކުދިންނަށް މިހާރު ފަސޭހަކަމާއެކު ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކޭނެ

ތެލަސީމިއާ ކުދިންނަށް މިހާރު ފަސޭހަކަމާއެކު ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކޭނެ

އައިޝަތު ރުވާ ރިފްޢަތު
415 ދުވަސް ކުރިން - 28 މެއި 2025 12:35
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާގު ޙަލީމް/ ފޮޓޯ: ރައީސް އޮފީސް
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާގު ޙަލީމް/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މާލޭގެ އިތުރުން ރަށްރަށުގައި ތިބި ތެލަސީމިއާ ހުންނަ ފަރާތްތަކަށް ޚިދުމަތް ދިނުމަށް އަތޮޅު ހޮސްޕިޓަލްތަކާ ގުޅިގެން މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް އިބްރާހިމް ޢަބްދުއްރައްޒާގު ޙަލީމް ވިދާޅުވި

ތެލަސީމިއާ ސެންޓަރާއި މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް ބަދަލުވުމާއެކު ތެލަސީމިއާ ހުންނަ ފަރާތްތަކަށް ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ފަސޭހަކަމާއެކު ދެއްކުމުގެ އިންތިޒާމުތައް މިހާރު ހަމަޖެހިފައިވާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާގު ޙަލީމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިބްރާހިމް ޢަބްދުއްރައްޒާގު ޙަލީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރާ އެއްގޮތަށް ތެލަސީމިއާ ޚިދުމަތް އިތުރަށް ތަރައްގީ ކުރުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. މިގޮތުން، ލޭގެ އެކި ބަލިތައް ހުންނަ ފަރާތްތަކަށްދޭ ފަރުވާގެ ނިޒާމު ހަރުދަނާކޮށް، ރާއްޖޭގައި ތެލަސީމިއާ ބައްޔަށް ހޭލުންތެރިކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އިބްރާހިމް ޢަބްދުއްރައްޒާގު ޙަލީމް ވިދާޅުވިއެވެ.

ތެލަސީމިއާ ސެންޓަރު އޮރެންޖު ހިޔާއަށް ބަދަލުކުރުމުގެ ސަބަބުން ތެލަސީމިއާ ހުންނަ ފަރާތްތަކަށް ގިނަ ލުއިތަކެއް ލިބިގެން ގޮސްފައިވާ ކަމަށް އިބްރާހިމް ޢަބްދުއްރައްޒާގު ޙަލީމް ފާހަގަކުރެއްވިއެވެ. އަދި ތެލަސީމިއާ ހުންނަ ފަރާތްތަކަށް ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް އައިޖީއެމް ހޮސްޕިޓަލުގައިވެސް ފަސޭހައިން ލޭ ހަދިޔާ ކުރެވޭނެ އިންތިޒާމުތައް މިހާރު ހަމަޖެހިފައިވާ ކަމަށް އިބްރާހިމް ޢަބްދުއްރައްޒާގު ޙަލީމް ވިދާޅުވާޅުވިއެވެ.

Advertisement

Advertisement 1

"ހަމައެކަނި ތެލަސީމިއާގެ އިތުރުން ވަރަށް ގިނަ އެހެން ކަންކަމަށް އެބޭފުޅުން ކޮންސަލްޓް ކުރަން ބޭނުންވާނެ. ކަށީގެ ކަންކަން އެބަހުރި ހަމައެގޮތަށް އިންޓަރނަލް މެޑިސިންގެ ކަންކަން އެބަހުރި. އެހެންވީމަ އެކަންކަމަށް އެ ބޭފުޅުންނަށް ބޭނުންވާ ކަންކަން ފަހިކޮށްދެއްވުމަށްޓަކައި ސްޕެޝަލިސްޓް ކޮންސަލްޓޭޝަން އަޅުގަނޑުމެން ހުޅުމާލެ ހޮސްޕިޓަލުންނާއި އައިޖީއެމްއެޗުން ފަސޭހަކަމާއެކު އެޕޮއިންޓްމަންޓް ލިބޭނެގޮތް އަޅުގަނޑުމެން ހަމަޖައްސައިދީފިން،" އިބްރާހިމް ޢަބްދުއްރައްޒާގު ޙަލީމް ވިދާޅުވިއެވެ.

މާލޭގެ އިތުރުން ރަށްރަށުގައި ތިބި ތެލަސީމިއާ ހުންނަ ފަރާތްތަކަށް ޚިދުމަތް ދިނުމަށް އަތޮޅު ހޮސްޕިޓަލްތަކާއި ގުޅިގެން މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް އިބްރާހިމް ޢަބްދުއްރައްޒާގު ޙަލީމް ވިދާޅުވިއެވެ.

މީގެ އިތުރުން، ބޯންމެރޯ ޓްރާންސްޕްލާންޓް ހައްދާ ފަރާތްތަކަށް ބޭނުންވާ ޓެސްޓުތައް ހެދުމުގެ ޚިދުމަތް ފަށައި، ހީމަޓޮލޮޖިސްޓެއްގެ ޚިދުމަތްވެސް ތެލަސީމިއާ ހުންނަ ފަރާތްތަކަށް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް އިބްރާހިމް ޢަބްދުއްރައްޒާގު ޙަލީމް އިތުރަށް ވިދާޅުވިއެވެ.

ތެލަސީމިއާ އާއިލާތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވުމަށް މަސައްކަތް ކުރައްވަމުންދާކަން ފާހަގަކުރައްވައި، އިބްރާހިމް ޢަބްދުއްރައްޒާގު ޙަލީމް ވިދާޅުވީ މި އައު އިންތިޒާމުތަކުގެ ސަބަބުން ތެލަސީމިއާ ހުންނަ ފަރާތްތަކަށް ފަރުވާ ހޯދުމުގައި ދިމާވާ ގިނަ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

ތެލަސީމިއާ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިދުވަސް ހަނދާންކޮށްދެނީ އިންސާނިއްޔަތުކަމާއި އޯގާތެރިކަން އިސްކުރުމަށް: ރައީސް

މިދުވަސް ހަނދާންކޮށްދެނީ އިންސާނިއްޔަތުކަމާއި އޯގާތެރިކަން އިސްކުރުމަށް: ރައީސް

70 ދުވަސް ކުރިން - 12:05

31 އަހަރުތެރޭ ފުރަތަމަ ފަހަރަށް ތެލެސީމިއާ ސެންޓަރުން ހުކުރު ދުވަހު ހިދުމަތްދޭން ފަށައިފި

"ހުކުރު ދުވަހުވެސް ތެލެސީމިއާ ސެންޓަރުން ހިދުމަތް ލިބޭނެ"

145 ދުވަސް ކުރިން - 16:23

ތެލަސީމިއާ އެލަވަންސަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި

ތެލަސީމިއާ އެލަވަންސަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި

197 ދުވަސް ކުރިން - 19:34

ތެލަސީމިއާ ކުދިންނަށް އަންނަ އަހަރުން ފެށިގެން 1000 ރުފިޔާގެ އެލަވަންސެއް!

ތެލަސީމިއާ ކުދިންނަށް 1000 ރުފިޔާގެ އެލަވަންސެއް

268 ދުވަސް ކުރިން - 01:12

ތެލަސީމިއާ ކުދިންނަށް ފަރުވާ ދިނުމުގައި ޔޫރަޕުގެ ޑޮކްޓަރުންގެ ހަރަކާތްތެރިކަން އިތުރުވެއްޖެ

ތެލަސީމިއާ ކުދިންނަށް ފަރުވާދިނުމުގައި ޔޫރަޕުގެ ޑޮކްޓަރުން ހަރަކާތްތެރިވަނީ

373 ދުވަސް ކުރިން - 09:32

ތެލެސީމިއާ ފަރުވާގެ ކަންކަން ހަރުދަނާކުރުމަށް ގާނޫނަށް އިސްލާހެއް ގެންނަނީ

ތެލެސީމިއާ ފަރުވާގެ ކަންކަން ހަރުދަނާކުރުމަށް ގާނޫނަށް އިސްލާހެއް

388 ދުވަސް ކުރިން - 17:02