Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މިދުވަސް ހަނދާންކޮށްދެނީ އިންސާނިއްޔަތުކަމާއި އޯގާތެރިކަން އިސްކުރުމަށް: ރައީސް

މިދުވަސް ހަނދާންކޮށްދެނީ އިންސާނިއްޔަތުކަމާއި އޯގާތެރިކަން އިސްކުރުމަށް: ރައީސް

ހުސައިން އިސްމާއިލް
113 ދުވަސް ކުރިން - 8 މެއި 2026 12:05
ރައީސުލްޖުމްހޫރިއްޔާ މިދިޔަ އަހަރު ތެލެސީމިއާ ކޮމިއުނިޓީއާ ބައްދަލުކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ މިދިޔަ އަހަރު ތެލެސީމިއާ ކޮމިއުނިޓީއާ ބައްދަލުކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް ވިދާޅުވީ، ކޮންމެ ދިވެހި ދަރިއަކާއި ޢާއިލާއަކަށްމެ މުޖުތަމަޢުގެ އެހީތެރިކަމާއި އެއްބާރުލުންދީ، ބަދަހި ޤައުމެއް ބިނާކުރުމަކީ މުހިންމު ކަމެއް ކަމަށް.

ކޮންމެ އަހަރެއްގެ މެއި މަހުގެ 8 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ދުނިޔޭގެ ތެލެސީމިއާ ދުވަހެވެ. މި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި މެސެޖެއްގައި، ތެލެސީމިއާ ދުވަހަކީ އިންސާނިއްޔަތުކަމާއި އޯގާތެރިކަމުގެ ސިފަތައް އިސްކުރުމަށް އަޅުގަނޑުމެންނަށް ހަނދާންކޮށްދޭ ދުވަހެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ކޮންމެ ދިވެހި ދަރިއަކާއި ޢާއިލާއަކަށްމެ މުޖުތަމަޢުގެ އެހީތެރިކަމާއި އެއްބާރުލުންދީ، ބަދަހި ޤައުމެއް ބިނާކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ތެލެސީމިއާ ތަޙައްމަލުކުރަމުންދާ ކޮންމެ ދިވެއްސަކީވެސް އަޅުގަނޑުމެންގެ އަމިއްލަ ދަރިންނާއި ޢާއިލީ މެންބަރުންގެ ގޮތުގައި ދެކެންޖެހޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ތެލެސީމިއާ ކުދިންނާއި އެ ކުދިންގެ ޢާއިލާތަކަށް ބޭނުންވާނެ ޞިއްޙީ އަދި އިޖުތިމާޢީ ރައްކާތެރިކަމާއި ފުރުޞަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ބޮޑު ޒިންމާއެއް އަދި މަސްއޫލިއްޔަތެއް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement 1

ތެލެސީމިއާ އަކީ މައިންބަފައިންގެ ފަރާތުން ދަރިންނަށް ޖީންގެ ޒަރީޢާއިން ވާރުތަވާ ބައްޔެކެވެ. މައިންބަފައިންނަކީ ތެލެސީމިއާ ކެރިއަރުން ނުވަތަ ބަލީގެ ނިޝާން ހުރި މީހުން ކަމުގައިވާނަމަ، އެ މީހުންނަށް ލިބޭ ކުދިންނަށް މި ބަލީގެ ނުރައްކާތެރި ބާވަތް (ތެލެސީމިއާ މޭޖަރ) ޖެހުމުގެ ފުރުޞަތު އޮވެއެވެ.

މިއަހަރުގެ ދުނިޔޭގެ ތެލެސީމިއާ ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ "އިތުރަށް ފޮރުވިފައި ނުބޭތިއްބުން: ބަލި ހުރިކަން ނޭނގޭ މީހުން ހޯދުން. އެހީތެރިކަން ނުލިބޭ ފަރާތްތަކަށް އެހީވުން" މިއެވެ. މި ޝިއާރުގެ މައިގަނޑު މަޤްޞަދަކީ ބަލި ހުރިކަން ނޭނގި ތިބި މީހުން ދެނެގަތުމާއި، ފަރުވާގެ ކަންކަމުގައި ހުރި ހުރަސްތައް ނައްތާލައި، މުޖުތަމަޢުގައި އަޅާނުލެވި ތިބި ބަލިމީހުންނަށް ދޭ އެހީތެރިކަން އިތުރަށް ވަރުގަދަކުރުމެވެ.

ތެލެސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން މިހާރުވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި، ބޭނުންވާ ބޭހާއި ވަސީލަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ.

ތެލަސީމިއާރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

9 ގަޑިއިރު ކުރިން - 15:20

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

16 ގަޑިއިރު ކުރިން - 08:31

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

2 ދުވަސް ކުރިން - 14:15

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

2 ދުވަސް ކުރިން - 10:37

ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ: ރައީސް

“ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ”

2 ދުވަސް ކުރިން - 10:22

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ - ރައީސް

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ

2 ދުވަސް ކުރިން - 10:02