Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ކޭޑީ އެންޓަރޕްރައިސަސްއަށް ހއ. ހުވަހަންދޫ ދަނޑުވެރިކަމަށް ދީފައެއް ނުވާނެ: ވުޒާރާ

އައިޝަތު ރުވާ ރިފްޢަތު
505 ދުވަސް ކުރިން - 28 މެއި 2025 12:03
މި ފޮޓޯއަކީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއް ލަތީފު މުހައްމަދު އެދިވަޑައިގެން ދެއްވި ފުރުސަތެއްގައި ބައްދަލުވެވަޑައިގެން ވަޒީރާއެކު ނެންގެވި ފޮޓޯއެއް- ވުޒާރާ
މި ފޮޓޯއަކީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއް ލަތީފު މުހައްމަދު އެދިވަޑައިގެން ދެއްވި ފުރުސަތެއްގައި ބައްދަލުވެވަޑައިގެން ވަޒީރާއެކު ނެންގެވި ފޮޓޯއެއް- ވުޒާރާ
ޚުލާސާ

ހުވަހަންދޫއަކީ ވަގުތީގޮތުން އެ ރަށް ބެލެހެއްޓުމަށް ހއ. އަތޮޅު ކައުންސިލާއި ވުޒާރާއިން ހަވާލުކޮށްފައިވާ ރަށެއް.

ކޭޑީ އެންޓަރޕްރައިސަސްއަށް ހއ. ހުވަހަންދޫ ދަނޑުވެރިކަމަށް ދީފައެއް ނުވާނެ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން މިއަދު ވިދާޅުވެއްޖެއެވެ. އެ ވުޒާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ ދުވަހު ނޫހެއްގައި ޝާއިއު ކޮށްފައިވާ ޚަބަރެއްގައި ހަގީގަތާއި ހިލާފު ގިނަ މައުލޫމާތުތައް ހިމެނޭތީ އެކަމާއިމެދު ކަންބޮޑުވާކަމަށެވެ.

ވުޒާރާއިން ވިދާޅުވީ ކޭޑީ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އަށް "އިންޓަރގްރޭޓެޑް އެގްރިކަލްޗަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ގެ ނަމުގައި ދަނޑުވެރިކަން ހިންގަން ހުވަހަންދޫ ދޫކުރި އެއްބަސްވުމުގައި ސޮއިކޮށް ރަށް ހަވާލު ކޮށްދެއްވީ ދަނޑުވެރި ކަމާ ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ކަމަށް ބުނެފައިވާ ޚަބަރަކީ ސައްހަ ނޫން ޚަބަރެއް ކަމަށެވެ. އެ ރަށް ހަވާލުނުކުރާ ކަމަށާއި އެފަދަ އެއްވެސް އެއްބަސްވުމެއްގައި ވަޒީރު ސޮއިކޮށްފައި ނުވާނެ ކަމަށް ވުޒާރާއިން ފާހަގަކުރިއެވެ.

މީގެއިތުރުން، ވުޒާރާއިން ބުނީ ދަނޑުވެރިކަމަށް ރާއްޖޭގެ އެއްވެސް ރަށެއް މިހާތަނަށް ދޫކޮށްފައި ނުވާނެ ކަމަށެވެ. އަދި ހުވަހަންދޫއަކީ ވަގުތީގޮތުން އެ ރަށް ބެލެހެއްޓުމަށް ހއ. އަތޮޅު ކައުންސިލާއި ވުޒާރާއިން ހަވާލުކޮށްފައިވާ ރަށެއް ކަމަށް ވެސް ވުޒާރާއިން ބުންޏެވެ.

Advertisement

Advertisement 1

ވުޒާރާއިން އިތުރަށް ބުނީ ރަށްތައް ދޫކުރާނީ ވަކި އުސޫލަކާއި ގަވާއިދެއްގެ ދަށުން ކަމުން އެފަދަ ނިންމުމެއް ނިންމާނަމަ އުސޫލާއި ހިލާފު އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ.

އެގޮތުން، ޚަބަރުގައި ބުނެފައިވާ ފޮޓޯއަކީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއް ލަތީފު މުހައްމަދު އެދިވަޑައިގެން ދެއްވި ފުރުސަތެއްގައި ބައްދަލުވެވަޑައިގެން ވަޒީރާއެކު ނެންގެވި ފޮޓޯއެއް ކަމަށްވެސް ވުޒާރާއިން ހާމަކުރިއެެވެ.

އެ ރަށް ކުރިން ކުއްޔަށް ނަގައިގެން އުޅޭ ފަރާތުގެ އަތުން ދިއްދޫ ކައުންސިލުން އެރަށް އަތުލީ އެގްރީމެންޓާއި ޚިލާފަށް ކަމަށް އެރަށް މީގެ ކުރިން ކުއްޔަށް ނެގި ފަރާތުން ބުނެއެވެ. ޚުލާސާ އަށް ވަނީ އެގްރީމެންޓުގެ ކޮޕީތައް ލިބިފައެވެ.

އެގްރިކަލްޗާ މިނިސްޓްރީ (އުވާލެވިފައި)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ދެ މިނިސްޓްރީ އެއްކޮލައި، މިނިސްޓަރަކަށް ޝިޔާމް އައްޔަންކުރައްވައިފި

ދެ މިނިސްޓްރީ އެއްކޮލައި، މިނިސްޓަރަކަށް ޝިޔާމް އައްޔަންކުރައްވައިފި

184 ދުވަސް ކުރިން - 10:56

ދެ މިނިސްޓްރީ އެއްކޮށްލައި މިނިސްޓަރަކަށް ޝިޔާމް؟

ދެ މިނިސްޓްރީ އެއްކޮށްލައި މިނިސްޓަރަކަށް ޝިޔާމް؟

184 ދުވަސް ކުރިން - 19:35

"ޖަނަވާރުންނަށް އަނިޔާކުރާ މީހުން ޖޫރިމަނާކޮށް ޖަލަށް ލާނަން"

"ޖަނަވާރުންނަށް އަނިޔާކުރާ މީހުން ޖޫރިމަނާކޮށް ޖަލަށް ލާނަން"

213 ދުވަސް ކުރިން - 14:11

ގޮއިދޫގައި ކެންސަރު އިތުރުވާތީ ދިރާސާކުރަން ފަށައިފި

ގޮއިދޫގައި ކެންސަރު އިތުރުވާތީ ދިރާސާކުރަން ފަށައިފި

226 ދުވަސް ކުރިން - 15:24

ވިލުން ވެށި ޕްރޮގްރާމް އިފްތިތާހު ކޮށްފި

ވިލުން ވެށި ޕްރޮގްރާމް އިފްތިތާހު ކޮށްފި

242 ދުވަސް ކުރިން - 10:17

ނޯތު ހާބަރުގެ ވަގުތީ މާރުކޭޓް އަންގާރަދުވަހު ހުޅުވަނީ

ނޯތު ހާބަރުގެ ވަގުތީ މާރުކޭޓް އަންގާރަދުވަހު ހުޅުވަނީ

242 ދުވަސް ކުރިން - 19:12