Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ނޯތު ހާބަރުގައި ހަދާ ވަގުތީ މާރުކޭޓް އަންގާރަ ދުވަހު ހުޅުވަނީ

ނޯތު ހާބަރުގައި ހަދާ ވަގުތީ މާރުކޭޓް އަންގާރަ ދުވަހު ހުޅުވަނީ

ހައްވާ މިރުފާ
106 ދުވަސް ކުރިން - 15 ފެބްރުއަރީ 2026 19:12
ލޯކަލް މާރުކޭޓު ގޮޅިއެއް. ނޯތު ހާބަރުގައި ހަދާ ވަގުތީ މާރުކޭޓު އަންގާރަ ދުވަހު ހުޅުވަން ވަނީ ނިންމާފަ---
ލޯކަލް މާރުކޭޓު ގޮޅިއެއް. ނޯތު ހާބަރުގައި ހަދާ ވަގުތީ މާރުކޭޓު އަންގާރަ ދުވަހު ހުޅުވަން ވަނީ ނިންމާފަ---
ޚުލާސާ

ދަނޑުވެރިންގެ ކަންބޮޑުވުމަށް މިފަހަރުގެ ރޯދަ މަހު ލުޔެއް ހޯދައިދީފި، ރޯދަ މަހު ހެޔޮ އަގުގައި، ދަނޑުވެރިންގެ ވަގުތީ މާރުކޭޓުން ދިވެހި ދަނޑުވެރިން ހައްދާ ތަކެތި ލިބޭނެ

ރާއްޖޭގެ ދަނޑުވެރިންނަށް ހާއްސަޚޮށްގެން މާލެ ނޯތު ހާބަރުގައި ހަދަމުން އަންނަ ވަގުތީ މާރުކޭޓް މި ހަފްތާ އަންގާރަ ދުވަހު ހުޅުވަން ނިންމައިފި އެވެ.

އެގްރިކަލްޗާ މިނިސްޓްރީން މިއަދު ބުނެފައި ވަނީ، ވަގުތީ މާރުކޭޓު ހުޅުވަން ނިންމީ، ދަނޑުވެރިން އުފައްދާ ތަކެތި ރޯދަ މަހު ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކަމަށެވެ. އަދި އެ ވަގުތީ މާރުކޭޓު ހުންނާނީ މާލެ ނޯތު ހާބަރު ކެފޭ ހިންގި ތަނުގައި ކަމަށެވެ. އަންނަ ރަމަޟާން މަހު އެ މާރުކޭޓުން، ރާއްޖޭގެ ހަތް ރަށެއްގެ ދަނޑުތަކުން އުފައްދާ ތަކެތި ލިބޭނެ ކަމަށް އެމިނިސްޓްރީން ވަނީ ބުނެފައި އެވެ.

އެގްރިކަލްޗާ މިނިސްޓްރީން މިކަމާއި ބެހޭ ގޮތުން އިތުރަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، އެ މާރުކޭޓުން، މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސެސް ނުވަތަ އެމްގެޕް ސެޓިފައިޑް ކޮށްފައިވާ ދިހަ ދަނޑެއްގެ އުފެއްދުންތައް ލިބޭނެ ކަމަށެވެ. އަދި އެ މާރުކޭޓުގައި އުފައްދާ ތަކެއްޗަކީ ކެމިކަލް ބޭނުންނުކޮށް ހައްދާފައިވާ ތަކެއްޗެވެ.

Advertisement

Advertisement

ރޯދަމަހަށް ހާއްސަ ދަނޑުވެރިންގެ މާރުކޭޓު ހުޅުވަން ނިންމާފައި ވަނީ އަންނަ އަންގާރަ ދުވަހު އެވެ. މިނިސްޓްރީން ބުނި ގޮތުގައި އެ މާރުކޭޓުގައި ވިއްކާނީ ރާއްޖޭގެ ދަނޑުތަކުގައި އުފައްދާ ތަކެތި އެކަންޏެވެ. އަދި އެއްވެސް އިމްޕޯޓް ތަކެއްޗެއް އެތަނުން ނުލިބޭނެ ކަމަށެވެ. އޭގެ އިތުރުން އެ މާރުކޭޓުގައި ތަކެތި ވިއްކަން ތިބޭނީ ހަމައެކަނި، ދިވެހިން ކަމަށް ވެސް ބުންޏެވެ.

ރާއްޖޭގެ ހަތް ރަށަކުން ދިވެހި ދަނޑުވެރިން ހައްދާ ތަކެތި ލިބޭ އިރު، މިރަށްތަކުގެ ތެރޭގައި މީހުން ދިރިއުޅޭ ރަށްތަކާއި ފަޅުރަށްތައް ވެސް ހިމެނެ އެވެ. އެގޮތުން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި، މީހުން ދިރިއުޅޭ ރަށްރަށުގެ ތެރޭއިން ބައިވެރިވި ބައެއް ރަށްތަކަކީ ތ. ކަނޑޫދޫ، ގއ. ނިލަންދޫ އަދި ށ. ގޮއިދޫ އެވެ. އޭގެ ތެރެއިން ށ. ގޮއިދޫގެ 10 ދަނޑެއްގައި ހައްދާ ތަކެތި އެ މާރުކޭޓުގައި ވިއްކާން ހުންނާނެ އެވެ.

ރަމަޟާން މަހަށް ހުޅުވާ ވަގުތީ މަރުކޭޓާ ބެހޭ ގޮތުން މައޫލޫމާތު ހިއްސާކުރައްވަވަމުން މިނިސްޓްރީގެ ބޭފުޅަކު ވިދާޅުވީ "މި މާރުކޭޓު ހުޅުވަން ނިންމީ ގިނަ ރަށްރަށުގެ ދަނޑުވެރިންގެ ޝަކުވާތައް ލިބެމުން އަންނާތީ، ދަނޑުވެރިން ވިއްކާ އަގަށް ވުރެ ބޮޑުކޮށް ތަކެތި ބާޒާރުގައި ވިއްކަނީ، ދަނޑުވެރިންނަށް އެކަމުގެ ސަބަބުން ބޮޑު ގެއްލުމެއް ލިބޭ، އެހެންކަމުން ދަނޑުވެރިން އަމިއްލައަށް އައިސް މިފަހަރު ތަކެތި ވިއްކުމުގެ ފުރުސަތު ހޯދާމިދިނީ"

އޭގެ އިތުރަށް އެގްރިކަލްޗާ މިނިސްޓްރީން ބުނެފައި ވަނީ އެމާރުކޭޓުގައި ތަކެތި ވިއްކަން ތިބެނީ ދިވެހިންކަން، ޔަގީންކުރުމުގެ ގޮތުން އެމިނިސްޓްރީން ވަނީ ތަކެތި ވިއްކަން ތިބޭ ފަރާތްތަކުގެ މައުލޫމާތު މިނިސްޓްރީއާ ހިއްސާކުރަން، ރަށްރަށުގެ ކައުސިލްތަކަށާއި ކުންފުނިތަކަށް އަންގާފަ ކަމަށެވެ.

މި މަހު 17 ގައި ހުޅުވާ ދަނޑުވެރިންގެ މާރުކޭޓުގެ ހިދުމަތް ނޯތު ހާބަރު ކެފޭ ހުރި ތަނުން، ރޯދަމަހުގެ ނިޔަލަށް ލިބޭނެ ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުންޏެވެ.

ރޯދަރޯދަމަސް 2026ދަނޑުވެރިކަންވިޔަފާރިއެގްރިކަލްޗާ މިނިސްޓްރީ (އުވާލެވިފައި)

ގުޅޭ ޚަބަރުތައް

ށ. މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް

17 މިނެޓު ކުރިން - 09:50

އިބޯލާ ފެތުރިދާނެ ކަމުގެ ބިރު ބޮޑުވެ، ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

އިބޯލާ އަށް ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

10 ގަޑިއިރު ކުރިން - 23:07

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ 75 އިންސައްތަ މަސައްކަތް ނިމިއްޖެ

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ %75 މަސައްކަތް ނިމިއްޖެ

13 ގަޑިއިރު ކުރިން - 20:41

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

20 ގަޑިއިރު ކުރިން - 13:39

ސައިބާ ބުލީއިން ކުދިން ރައްކާތެރިކުރުމަށް 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

21 ގަޑިއިރު ކުރިން - 12:41

ސިގިރެޓާ ގުޅިގެން ސަރުކާރުން ޔޫޓާނެއް ނުނަގާ

ސަރުކާރުން ޔޫޓާނެއް ނުނަގާ

22 ގަޑިއިރު ކުރިން - 11:51

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%