ވިލުން ވެށި ޕްރޮގްރާމް އިފްތިތާހު ކޮށްފި

ހައްވާ މިރުފާ | 13 ދުވަސް ކުރިން - 16 ފެބްރުއަރީ 2026 10:17
ވިލުން ވެށި ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެެރެއިން--- ފޮޓޯ:ރާއްޖެ ޓައިމްސް
ވިލުން ވެށި ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެެރެއިން--- ފޮޓޯ:ރާއްޖެ ޓައިމްސް
ޚުލާސާ

ވިލުން ވެށި ޕްރޮގްރާމްއާއެކު، މޫސުމަށް އަންނަ ބަދަލުތަކާއި، އާބަން އެގްރިކަލްޗާ ގުޅޭ ކަންކަން އުނގެނި، ނިއުޓްރިޝަން އާއި ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރުމަށް ދަރިވަރުން ހޭލުންތެރިވާނެ

ސްކޫލް ދަރިވަރުންނަށް ހާއްސަކޮށްގެން ސްކޫލުތަކުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ވިލުން ވެށި ޕްރޮގްރާމް އިފްތިތާހު ކޮށްފި އެވެ.

ވިލުނު ވެށި ޕްރޮގްރާމަކީ ޓޫރިޒަމް މިނިސްޓްރީ އާއި އެންވާރަމެންޓް މިނިސްޓްރީންގެ އިސްނެގުމުގެ ދަށުން ކުރިއަށް ގެންދާނެ ޕްރޮގްރާމެކެވެ. އޭގެ އިތުރުން މި ޕްރޮގްރާމް ރާވާއި ހިންގުމުގައި އެގްރިކަލްޗާ މިނިސްޓްރީގެ ބައިވެރިވުން ވެސް ހިމެނެ އެވެ.

ވިލުން ވެށި ޕްރޮގްރާމް އިފްތިތާހު ކުރީ މީރުމާގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެވެ. އެގޮތުން އިފްތިތާހީ ރަސްމިއްޔާތުގެ އިތުރުން ޕްރޮގްރާމް ފެށުމުގެ ގޮތުން ވޯކްޝޮޕެއް ވެސް ވަނީ އިއްޔެ ކުރިއަށް ގެންގޮސްފަ އެވެ. އެ ޕޮރޮގްރާމްގައި އެކި ސްކޫލްތަކާއި ޖަމިއްޔާތަކުން ޖުމްލަ 50 ދަރިވަރަކު ވަނީ ބައިވެރިވެފަ އެވެ.

އެ ޕްރޮގްރާމް އެންމެ ފުރަތަމަ ތައާރަފް ކުރުމަށް ހަމަޖެހިފައިވަނީ މާލެ ސަރަހައްދުގެ ތިން ސްކޫލެއްގަ އެވެ. އެއީ ގާޒީ ސްކޫލް، ހިރިޔާ ސްކޫލް އަދި މުހްޔިއްދީން ސްކޫލެވެ. ކޮންމެ ސްކޫލެއްގެ ޝައުގުވެރިކަމާއި ބޭނުންތަކަށް ބަލައިގެން ބަގީޗާތައް ޑިޒައިންކޮށް ބެހެއްޓުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މި އިނީޝިއޭޓިވް ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ސްކޫލްތަކަށް ފުޅާ ވާނެ ކަމަށް ބެލެވެ އެވެ.

"ސްކޫލް ގާޑަން" ޕްރޮގްރާމްގެ މަގްސަދަކީ ތިމާވެށްޓާއި، މޫސުމަށް އަންނަ ބަދަލުތަކާއި، އާބަން އެގްރިކަލްޗާ ގުޅޭ ކަންކަން އުނގެނުމުގެ އިތުރުން ނިއުޓްރިޝަން އާއި ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރުމަށް ހޭލުންތެރިކަން އިތުރުކުރުމެވެ. މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް ކުޑަކުރުމަށް ހިންގާ އެންހޭންސިން ކްލައިމެޓް ރެސިލިއަންސް އެންޑް ފުޑް ސެކިއުރިޓީ ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. ކްލައިމެޓް ސްމާޓް ޓެކްނޮލޮޖީ އާއި އެގްރި ފުޑް ސެކްޓާގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ސްކޫލް ގާޑަން ޕްރޮގްރާމަކީ ވަރަށް މުހިންމު ހަރަކާތެކެވެ.

މި ޕްރޮޖެކްޓަށް ހިލޭ އެހީ ފޯރުކޮށްދެނީ އޭޝިއަން ޑިވެލޮޕްމަންޓް ފަންޑާއި، ޖަޕާން ފަންޑް ފޯ ޕްރޮސްޕެރަސް އެންޑް ރެސިލިއަންޓް އޭޝިއާ އެންޑް ދަ ޕެސިފިކްއާއި، އޯޝަން ރެސިލިއަންސް ކޯސްޓަލް އެޑެޕްޓޭޝަން ޓްރަސްޓް ފަންޑް އަދި ދިވެހި ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%