އައިޖީއެމްއެޗްގެ މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގު ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވައިފި

އުސްތާޛް މުޙައްމަދު ޢަލީ | 1 ދުވަސް ކުރިން - 28 މޭ 2025 09:32
އައިޖީއެމްއެޗުގައި ޒަމާނީ ވަސީލަތްތަކާއެކު ޤާއިމުކުރި 75 އެނދުގެ މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު  ހުޅުއްވައިދެއްވަނީ.
އައިޖީއެމްއެޗުގައި ޒަމާނީ ވަސީލަތްތަކާއެކު ޤާއިމުކުރި 75 އެނދުގެ މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވަނީ.
ޚުލާސާ

އައިޖީއެމްއެޗްގެ އައު މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގުގައި 75 އެނދު ހުރޭ. މިތަން ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު.

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗުގައި ޒަމާނީ ވަސީލަތްތަކާއެކު ޤާއިމުކުރި 75 އެނދުގެ މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުވައިދެއްވައިފިއެވެ.

އައިޖީއެމްއެޗުގައި ޒަމާނީ ވަސީލަތްތަކާއެކު ޤާއިމުކުރި 75 އެނދުގެ މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގު ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެތަން ބައްލަވައިލެއްވުން.


އައިޖީއެމްއެޗްގެ ލެބޯރެޓަރީގެ ކުރިމަތީގައި ޤާއިމުކޮށްފައިވާ މި އައު ވިންގުގައި ހިމެނެނީ ޖެނެރަލް ސާޖަރީ، ނިޔުރޯސާޖަރީ، ޕްލާސްޓިކް ސާޖަރީ، ޔޫރޯ ސާޖަރީ އަދި އޯތޯޕިޑިކްސް ސްޕެޝަލިޓީގެ ދަށުން އެނދުމަތި ކުރެވޭ ފަރާތްތަކަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޚާއްޞަ ކުރެވިފައިވާ ވަސީލަތްތަކެވެ.

އައިޖީއެމްއެޗުގައި ޒަމާނީ ވަސީލަތްތަކާއެކު ޤާއިމުކުރި 75 އެނދުގެ މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގު ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެތަން ބައްލަވައިލެއްވުން.

މި ވިންގުގައި ހިމެނެނީ 44 އެނދުގެ ޖެނެރަލް ވޯޑަކާއި، 15 އެނދުގެ ހައި ޑިޕެންޑެންސީ ޔުނިޓަކާއި، 14 ކޮޓަރީގެ ޚާއްޞަ ޕްރައިވެޓް ވޯޑެއް، އަދި ފިހިގެން ފަރުވާ ދިނުމަށް ޚާއްޞަ ކުރެވިފައިވާ 2 އެނދުގެ ވަކި ޔުނިޓެކެވެ. މީގެ އިތުރުން 28 ފާހާނާއާއި 6 ނަރސިންގ ސްޓޭޝަނެއްވެސް ވަނީ ޤާއިމުކޮށްފައެވެ.

މި އައު ވިންގު ހުޅުވުމާއެކު، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބި، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެކަމަށް އައިޖީއެމްއެޗްއިން ފާހަގަ ކުރެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%