Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވަނީ

ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވަނީ

އަހްމަދު އީޒާން
380 ދުވަސް ކުރިން - 27 މެއި 2025 14:24
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް / ފޮޓޯ: ރައީސް އޮފީސް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އެމްއޭސީއެލްގެ ޗީފް ޓެކްނޮޮލޮޖީ އޮފިސަރު ޝަފީގު އަހުމަދު ވިދާޅުވީ ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލްގެ ބައެއް އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހު ހުޅުވާނެ ކަމަށް.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހު ހުޅުވަން ތައްޔާރުވަން ފަށައިފި އެވެ.

ހުޅުލޭ އައިލެންޑް ހޮޓެލުގައި މިއަދު ކުރިއަށް ގެންދާ "އޭވިއޭޝަން ފޯރަމް 2025"ގައި އެމްއޭސީއެލްގެ ޗީފް ޓެކްނޮޮލޮޖީ އޮފިސަރު ޝަފީގު އަހުމަދު ވިދާޅުވީ ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލްގެ ބައެއް އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހު ހުޅުވަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޖުލައި 26 އަކީ ރާއްޖޭގެ މިނިވަން ދުވަހެވެ.

Advertisement

Advertisement 1

ޝަފީގު ވިދާޅުވީ ވެލާނާ އެއާޕޯޓުގެ ހިދުމަތް މިހާރަށް ވުރެ ރަނގަޅު ކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އޭގެން އެންމެ މުހިންމު އެއް މަސައްކަތަކީ އާ ޓާމިނަލް ހުޅުވައި ހިދުމަތް ދޭން ފެށުން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޖުލައި 26 ގައި އާ ޓާމިނަލްގެ އެއްބައި ހުޅުވުމާއި އެކު ހިދުމަތްތަކަށް ވެސް ބަދަލުތައް އަންނާނެ އެވެ. ސެލްފް ޗެކިން ކައުންޓަރުތަކާއި ބެގޭޖު ޑްރޮޕް އިން ކައުންޓަރުތަކާއި އަދި އޮޓަމޭޓެޑް ބެގޭޖު ހެންޑްލިން ވެސް ފަށާނެ އެވެ.

އާ ޓާމިނަލް ހުޅުވުމަށް ފަހު، ތިންމަސްދުވަހުގެ ތެރޭގައި ކުރީގެ ޓާމިނަލުން ދެމުން އައި ހުރިހާ ހިދުމަތެއް އާ ޓާމިނަލަށް ބަދަލުކޮށް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ މައި އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތުގެ ޖުމްލަ އަގު ހަތް ބިލިއަން ރުފިޔާ އަށް އަރަ އެވެ. އެ ޓާމިނަލަކީ އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) ލޯނު އެހީގައި ހަދަމުން އަންނަ ތަނެކެވެ.

އާ ޓާމިނަލް އެއްކޮށް ބޭނުން ކުރަން ފެށުމުން އަހަރަކު ގާތްގަނޑަކަށް 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް
Ad
Ad

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހައްޖުވެރިން އެނބުރި އަންނާތީ، އެއަރޕޯޓަށް ދާ ފަރާތްތަކުން ސަމާލުވުމަށް އެމްއޭސީއެލުން އިލްތިމާސްކޮށްފި

ހައްޖުވެރިން އެނބުރި އަންނާތީ، އެއަރޕޯޓަށް ދާ ފަރާތްތަކުން ސަމާލުވުމަށް އެމްއޭސީއެލުން އިލްތިމާސްކޮށްފި

7 ދުވަސް ކުރިން - 17:15

އޮޕަރޭޝަނަލް ދާއިރާއިން ބޮޑެތި ކުރިއެރުންތައް ވީއައިއޭ އިން ހޯދައިފި

އޮޕަރޭޝަނަލް ދާއިރާއިން ބޮޑެތި ކުރިއެރުންތައް ވީއައިއޭއިން ހޯދައިފި

28 ދުވަސް ކުރިން - 08:32

އެއާޕޯޓަށް އާމްދަނީ ވަންނާނެ އިތުރު މަގުތައް ހޯދަނީ: އެމްޑީ ޝަރީފް

އެއާޕޯޓަށް އާމްދަނީ ވަންނާނެ އިތުރު މަގުތައް ހޯދަނީ

28 ދުވަސް ކުރިން - 08:30

ވީ.އައި.އޭގެ ފެހިކަމާއި ހިތްފަސޭހަކަން ދެމެހެއްޓުމުގައި އެމްއޭސީއެލްގެ ހޯޓިކަލްޗާ ޓީމުގެ ދައުރު ބޮޑު

"ވީ.އައި.އޭގެ ހިތްފަސޭހަކަން ދެމެހެއްޓުމަށް ހޯޓިކަލްޗާ ޓީމުގެ ދައުރު"

34 ދުވަސް ކުރިން - 20:53

ޓާމިނަލް މަރާމާތަށް ވީއައިއޭގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފި

ވީއައިއޭގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފި

49 ދުވަސް ކުރިން - 17:36

ވީއައިއޭގެ 60 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

ވީއައިއޭގެ 60 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

59 ދުވަސް ކުރިން - 18:54