Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރަން ބޭނުންވާ ރަށްރަށަށް އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރަން ބޭނުންވާ ރަށްރަށަށް އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

އަހްމަދު އީޒާން
425 ދުވަސް ކުރިން - 27 މެއި 2025 13:35
ދިވެހި މަސްވެރިން ދޮށީގެ މަސްވެރިކަން ކުރަނީ.
ދިވެހި މަސްވެރިން ދޮށީގެ މަސްވެރިކަން ކުރަނީ.
ޚުލާސާ

މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ރާއްޖޭގެ މަސްވެރިންގެ އަގުވަޒަންކޮށް، މަސްވެރިންގެ މަސައްކަތްތަކަށް ތަރުހީބު ދިނުމުގެ މަގުސަދުގައި.

މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރަން ބޭނުންވާ ރަށްރަށުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މަސްވެރިކަމާއި ބެހޭ މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

މަސްވެރިކަމާއި ބެހޭ މިނިސްޓްރީން ބުނީ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ ހަފުލާތައް ބޭއްވުމަށް ބޭނުންވާ ރަށްރަށުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ރާއްޖޭގެ މަސްވެރިންގެ އަގުވަޒަންކޮށް، މަސްވެރިންގެ މަސައްކަތްތަކަށް ތަރުހީބުދިނުމުގެ މަގުސަދުގަ އެވެ.

Advertisement

Advertisement 1

މަސްވެރިންގެ ދުވަހުގެ ހަފުލާތައް ބާއްވާނެ ރަށެއް ކަނޑައަޅާއިރު ބަލާނެ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ؛

  1. ގައުމީ ފެންވަރުގައި ފާހަގަކުރާ ދުވަހެއް ހަމަ އެ އަހަރު އެ ރަށުގައި ފާހަގަކުރާ ރަށަކަށް ނުވުން
  2. މަސްވެރިންގެ ދުވަސް މީގެ ކުރިން ބާއްވާފައިވާ ރަށެއްގައި ދެވަނަ، ފަހަރަށް މަސްވެރިންގެ ދުވަސް ބޭއްވުމަށް އެދިފައިވާ ނަމަ، އެ ރަށެއްގައި މަސްވެރިންގެ ދުވަސް ބޭއްވިތާ 5 އަހަރު ވެފައިވުން.
  3. މުނާސަބަތުތައް ބޭއްވުމަށް އެ ރަށެއްގެ ރައްޔިތުން ޝައުގުވެރިވާ މިންވަރު ބެލުން.
  4. އުމްރާނީ ގޮތުން ރަށަށް އައިސްފައިވާ ކުރިއެރުންތަކުގެ ތަފްސީލް އަދި މީގެ އިތުރުން އަތޮޅުގެ އެހެން ރަށްރަށުގެ ބައިވެރިވުން ހޯދުމަށް ހުށަހަޅާފައިވާ މިންވަރާއި ދުވަހާއި ގުޅިގެން ރަށަށް ޒިޔާރަތްކުރާ މެހުމާނުންނަށް މެހުމާންދާރީ އަދާކުރުމުގެ އިންތިޒާމްތައް ރޭވިފައިވާ ގޮތާއި އެކަން ކުރުމުގެ ގާބިލްކަން ހުރި ނެތް މިންވަރު.
  5. ރަށަށް ޒިޔާރަތްކުރައްވާ މެހެމާނުން ތިއްބެވުމަށް ހަމަޖައްސަވާފައިވާ އިންތިޒާމުތަކުގެ އިތުރުން މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް އެ ރަށަކުން ކުރުމަށް ހުށަހަޅާ ކަންކަން.

މިނިސްޓްރީން ބުނީ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރަށެއް ކަނޑައެޅުމުގައި އެ ރަށަކީ މަސްވެރި ރަށެއް ކަމުގައި ބަލާނެ ކަމަށެވެ. އަދި މަސްވެރި ރަށެއް ކަމުގައި ބެލުމުގައި އެ ރަށެއްގައި ރަޖިސްޓްރީ ކޮށްފައިވާ މަސްވެރިންގެ އަދަދާއި މަސްވެރި އުޅަނދުފަހަރުގެ އަދަދަށް ވެސް ބަލާނެ ކަމަށެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭނުންވާ ރަށްރަށުން އެކަމަށް އެދޭ ފޯމު އަންނަ މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ޖެމްސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.

މަސްވެރިކަންމަސްވެރިންގެ ދުވަސްމިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިފްކޯ އިން 25 އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

މިފްކޯ އިން 25އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

12 ދުވަސް ކުރިން - 16:41

ކަނޑުމަސްވެރިކަމުގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރަހައްދީ ޕްލެޓްފޯމެއް ގާއިމުކުރަނީ

ކަނޑުމަސްވެރިކަމުގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރަހައްދީ ޕްލެޓްފޯމެއް ގާއިމުކުރަނީ

15 ދުވަސް ކުރިން - 21:14

މަސްވެރިކަން ދަށް، ހުސްވި މަހު 568 ޓަނުގެ ކަޅުބިލަމަސް!

މަސްވެރިކަން ދަށް، ހުސްވި މަހު 568 ޓަނުގެ ކަޅުބިލަމަސް!

21 ދުވަސް ކުރިން - 14:39

ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސްއެޅުމަކުން އެއްވެސް ފަރާތަކަށް ފައިދާއެއް ނުވާނެ: ރައީސް

"ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސްއެޅުމަކުން އެއްވެސް ފަރާތަކަށް ފައިދާއެއް ނުވާނެ"

37 ދުވަސް ކުރިން - 16:24

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު މާދަމާ ހަމަވަނީ

ފިޝަރީސް މިނިސްޓްރީން އިންތިޒާމްކޮށްގެން ބާއްވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު މާދަމާ ހަމަވަނީ

39 ދުވަސް ކުރިން - 22:08

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

40 ދުވަސް ކުރިން - 12:32