މަސްތުވާތަކެއްޗާއެކު ވެލިދޫން ދެ މީހަކު ހައްޔަރުކޮށްފި

އަހްމަދު އީޒާން | 53 ދުވަސް ކުރިން - 27 މޭ 2025 11:17
މަސްތުވާތަކެއްޗާއެކު ވެލިދޫން ހައްޔަރުކުރި ދެ މީހުން / ފޮޓޯ: ޕޮލިސް
މަސްތުވާތަކެއްޗާއެކު ވެލިދޫން ހައްޔަރުކުރި ދެ މީހުން / ފޮޓޯ: ޕޮލިސް
ޚުލާސާ

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އެ ދެމީހުންގެ ބަންދާއި މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް.

މަސްތުވާތަކެއްޗާއެކު ނ. ވެލިދޫން ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ. 

ފުލުހުން ބުނީ ވެލިދޫގައި މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިދިޔަ ހުކުރު ދުވަހު ހިންގި އޮޕަރޭޝަނެއްގައި ދެ ގެއެއް ބަލައި ފާސްކޮށް، ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ވެލިދޫ ޕޮލިސް ސްޓޭޝަނުން ހިންގިއެ އޮޕަރޭޝަނުގައި، އެ ދެ ގެ ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 7.7 ގުރާމް ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ އެ ރަށު ފެނޭބާ، އިބްރާހީމް ހަސަން، 31 އާއި އެ ރަށު ސަނީސައިޑް، އަހްމަދު ފަޟީލް، 39 އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާއި މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ވެލިދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%