އެކި ޤައުމުތަކުގެ 700 އެތުލީޓުންގެ ތެރެއިން ރާއްޖޭގެ އާމިރު ރިހި މެޑަލް ހޯދައިފި

އުސްތާޛް މުޙައްމަދު ޢަލީ | 252 ދުވަސް ކުރިން - 27 މޭ 2025 10:00
ލަންކާގައި ބޭއްވި 11 ވަނަ މާސްޓަރސް ޗެމްޕިއަންޝިޕްގައި ދިވެހި އެތުލީޓު މުޙައްމަދު އާމިރު މެޑައްޔާއި ސެޓްފިކެޓާއިއެކު.
ލަންކާގައި ބޭއްވި 11 ވަނަ މާސްޓަރސް ޗެމްޕިއަންޝިޕްގައި ދިވެހި އެތުލީޓު މުޙައްމަދު އާމިރު މެޑައްޔާއި ސެޓްފިކެޓާއިއެކު.
ޚުލާސާ

55 އަހަރުން މަތީގެ ފިރިހެނުންގެ ކެޓަގަރީގައި ބައިވެރިވި އާމިރު، 200 މީޓަރު ރޭސް ނިންމީ 27.40 ސިކުންތުން.

ސްރީލަންކާގައި ބޭއްވި 11 ވަނަ މާސްޓަރސް ޗެމްޕިއަންޝިޕްގައި ދިވެހި އެތުލީޓު މުޙައްމަދު އާމިރު ރިހި މެޑަލާއެކު ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދައިފިއެވެ. 55 އަހަރުން މަތީގެ ފިރިހެނުންގެ ކެޓަގަރީގައި ބައިވެރިވި އާމިރު، 200 މީޓަރު ރޭސް ނިންމައިލީ 27.40 ސިކުންތުންނެވެ.

މި މުބާރާތަކީ މާސްޓަރސް އެތުލެޓިކްސް ސްރީލަންކާ، ވޯލްޑް މާސްޓަރސް އެތުލެޓިކްސް، އޭޝިއަން މާސްޓަރސް އެތުލެޓިކްސް އަދި ސްރީލަންކަން އެތުލެޓިކްސް ގުޅިގެން އިންތިޒާމުކުރި މުބާރާތެކެވެ. މުބާރާތް ކުރިއަށް ގެންދިޔައީ މިމަހުގެ 24 އާއި 25 އާ ދެމެދު، ކޮލަމްބޯގެ ސުގަތަދަސާ ސްޓޭޑިއަމްގައެވެ.

ކޮންމެ އަހަރަކު ބާއްވާ މި މުބާރާތަށް އޭޝިއާ ސަރަހައްދުގެ އެކި ޤައުމުތަކުން އެތުލެޓިކްސް ދާއިރާގެ ތަޖުރިބާކާރު ކުޅުންތެރިން ބައިވެރިވެއެވެ. މިއަހަރުގެ މުބާރާތުގައި ޖުމްލަ ފަސް ޤައުމަކުން 700 އެތުލީޓުން ވާދަކުރިއެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%