ލަގެޖު ނަގަން މަޑުކުރަން ނުޖެހި، ޙައްޖުވެެރިންގެ ލަގެޖު 2 ގަޑިއިރު ތެރޭ ހޮޓަލަށް

އަައިޝަތު ޒީނާ | 20 ދުވަސް ކުރިން - 27 މޭ 2025 09:37
ދިވެހި ޙައްޖުވެރިން ޖިއްދާ އެއަޕޯޓުގައި. އެ އެއަރޕޯޓުން ޙައްޖުވެރިންނަށް ހޫނު މަރުޙަބާއެއް ވަނީ ކިޔާފައި. / ފޮޓޯ: އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ
ދިވެހި ޙައްޖުވެރިން ޖިއްދާ އެއަޕޯޓުގައި. އެ އެއަރޕޯޓުން ޙައްޖުވެރިންނަށް ހޫނު މަރުޙަބާއެއް ވަނީ ކިޔާފައި. / ފޮޓޯ: އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ
ޚުލާސާ

މިއަހަރަކީ ދިވެހި ހައްޖުވެރިންގެ އިންތިޒާމްތަކަށް ރައީސް ޑރ. މުޢިއްޒުގެ އިރުޝާދާއެކު ބޮޑެތި ބަދަލުތަކެއް ގެނެވި، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވިގެންދާ އަހަރެއް.

ދިވެހި ޙައްޖުވެރިންނަށް މިއަހަރު ހަމަޖައްސައިދީފައިވާ އިންތިޒާމްތަކުގެ ސަބަބުން ލަޖެޖު ނެގުމަށް އެއަރޕޯޓުގައި މަޑުކުރަން ނުޖެހުނު ނަމަވެސް، 2 ގަޑިއިރު ތެރޭ ހޮޓަލަށް ލަގެޖު ވާސިލްވި ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ އިއްޔެ ފުރި ދިވެހި ޙައްޖެވެރިންގެ ހާލު ބަޔާންކުރައްވާ ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ހުރިހާ ޙައްޖުވެރިންގެ ހާލުވެސް ރަނގަޅު ކަމަށް ވަޒީރު ވިދާޅުވިއެވެ.

އިމިގްރޭޝަންގައި މަޑުކުރަން ނުޖެހޭކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެއަރޕޯޓުން ކުޑަ ވަގުތުކޮޅެއްގެ ތެރޭ ނިކުމެވިއްޖެ ކަމަށެވެ. އަދި ލަގެޖްތައް ވެސް 2 ގަޑިއިރު ތެރޭ މައްކާ ހޮޓަލަށް ވާޞިލްވި ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ޕޯސްޓުގައި ވަނީ ދިވެހި ޙައްޖުވެރިންނަށް ޖިއްދާ އެއަރޕޯޓުން ކީ ހޫނު މަރުހަބާވެސް ފާހަގަކުރައްވާފައެވެ.

ހައްޖުވެރިންނަށް ޖިއްދާ އެއާޕޯޓުން މަރުހަބާ ކިޔުމަށް މައްކާ ރޫޓު އިނީޝިއޭޓިވްގެ ބޭފުޅުންނާއި ދިވެހި ޙައްޖު މިޝަން، ސަޢުދީގައި ހުންނަ ދިވެހި އެމްބަސީ އަދި ޙައްޖު ކޯޕަރޭޝަންގެ ބޭފުޅުން އެއާޕޯޓުގައި ހަރަކާތްތެރިވެލައްވާފައިވެއެވެ. މިއީ ދިވެހި ޙައްޖުވެރިންނަށް މިފަދަ ގޮތަކަށް ޖިއްދާ އެއާޕޯޓުން މަރުޙަބާކީ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

މިއަހަރަކީ ދިވެހި ހައްޖުވެރިންގެ އިންތިޒާމްތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު ބޮޑެތި ބަދަލުތަކެއް ގެނެވި، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވިގެންދާ އަހަރެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%