Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިސްރާއީލަށް ހަރުކަށި ފިޔަވަޅު އެޅުމަށް ސްޕެއިނުން ގޮވާލައިފި

އިސްރާއީލަށް ހަރުކަށި ފިޔަވަޅު އެޅުމަށް ސްޕެއިނުން ގޮވާލައިފި

ޖަވާދު
425 ދުވަސް ކުރިން - 26 މެއި 2025 12:04
ސްޕެއިންގެ ޚާރިޖީ ވަޒީރު ހޯސޭ މަނުއެލް އަލްބަރޭސް; އޭނާ ވަނީ ޔަހޫދީންގެ ލާއިންސާނީ ޢަމަލުތައް ކުށްވެރިކޮށް، ޣައްޒާ ހަނގުރާމަ ހުއްޓުވުމަށް ޤައުމުތަކަށް ގޮވައިލައްވާފަ.
ސްޕެއިންގެ ޚާރިޖީ ވަޒީރު ހޯސޭ މަނުއެލް އަލްބަރޭސް; އޭނާ ވަނީ ޔަހޫދީންގެ ލާއިންސާނީ ޢަމަލުތައް ކުށްވެރިކޮށް، ޣައްޒާ ހަނގުރާމަ ހުއްޓުވުމަށް ޤައުމުތަކަށް ގޮވައިލައްވާފަ.
ޚުލާސާ

ސްޕެއިނުގެ ބޮޑުވަޒިރު އަލްބަރޭސް ވިދާޅުވީ އޭނާގެ އަމާޒަކީ ހަނގުރާމަ ހުއްޓުމަކަށް ގެނައުމާއި ޣައްޒާގެ ފުރަބަންދު ނިމުމަކަށް ގެނައުން ކަމަށް.

ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް ހައްދުފަހަނައެޅި އިސްރާއީލުގެ ޒަޔަނިސްޓުން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓައިލުމަށް ބާރު އެޅުމުގެ ގޮތުން ޔަހޫދީންނާއި ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް ސްޕެއިންގެ ޚާރިޖީ ވަޒީރު ހޯސޭ މަނުއެލް އަލްބަރޭސް ގޮވައިލައްވައިފިއެވެ.

އަލްބަރޭސް މިފަދައިން ގޮވައިލެއްވީ އިއްޔެ ސްޕެއިންގެ ވެރިރަށް މެޑްރިޑުގައި ބޭއްވި 'ދަ މެޑްރިޑް ގްރޫޕު'ގެ ފަސްވަނަ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ޢަރަބި ޤައުމުތަކުގެ މަތީ-ފަންތީގެ މަންދޫބުން ބައިވެރިވިއެވެ.

ބައްދަލުވުމުގައި ތަޤުރީރު ކުރައްވަމުން އަލްބަރޭސް ވަނީ، ފަލަސްޠީނުގެ ރައްޔިތުން ޝަހީދު ކުރުމަށާއި، އެ މީހުން ބަނޑަށްޖެއްސުމަށް ހިންގަމުންދާ ޖަރީމާތައް ވަގުތުން ހުއްޓައިލުމަށް ވެސް ޒަޔަނިސްޓުންނަށް ގޮވައިލައްވާފައެވެ.

Advertisement

Advertisement 1

މި ބައްދަލުވުމުގައި އީޔޫއާއި ޢަރަބި ޤައުމުތައް ހިމެނޭ ގޮތުން 20 ޤައުމެއްގެ މަންދޫބުންނާއި ގިނަ އަދަދެއްގެ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަޔާތަކުން ބައިވެރިވިއެވެ. ފަލަސްޠީނުގެ ބޮޑުވަޒީރު މުޙައްމަދު މުޞްޠަފާ ވެސް މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

އަލްބަރޭސް ވިދާޅުވިއެވެ. "މި ހިތާމަވެރި ވަގުތުގައި، ޣައްޒާއަށް ކުރިމަތިވެފައިވާ އިންސާނިއްޔަތު ކަމުގެ މުސީބާތުގައި، އަޅުގަނޑުމެންގެ އަމާޒަކީ ހަނގުރާމަ ހުއްޓުމަކަށް ގެނައުން، އަދި (ޣައްޒާގެ) ފުރަބަންދު ނިމުމަކަށް ގެނެސް އިންސާނީ އެހީގެ ސާމާނު އެއްވެސް ހުރަހަކާ ނުލައި އެތެރެ ކުރުމަށް ބާރުއެޅުން".

މި ބައްދަލުވުމުގައި ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެވުނެވެ. މި ގޮތުން، ޖޫން 17 ވަނަ ދުވަހު އދ އިން ބޭއްވުމަށް ހަމަޖެހިފައިވާ މަތީ-ފަންތީގެ ބައްދަލުވުމުގެ ތައްޔާރީތައް ވެސް މި ބައްދަލުވުމުގައި ކުރިއަށް ގެންދެވުނެވެ. އެ ބައްދަލުވުން އިންތިޒާމު ކުރަނީ ފަރަންސޭސިވިލާތާއި ސަޢޫދީ ޢަރަބިއްޔާ ގުޅިގެންނެވެ.

މިމަހުގެ 2 ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ވަނީ ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ހުރަސް އަޅާފައެވެ. އަދި ޞިއްޙީ ފަރުވާއަށް ބޭނުންވާ ސާމާނާއި، އިންޖީނުގެތަކާއި ޖަނަރޭޓަރުތައް ހިންގުމަށް ބޭނުންވާ ތެލުގެ އިތުރުން އެއްގަމު އުޅަނދުފަހަރަށް ބޭނުންވާ ތެޔޮ އެތެރެ ކުރުން ވެސް ހުއްޓުވާފައެވެ.

ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފިއްތުންތަކާއި ގުޅިގެން ހުސްވި ހަފުތާގައި ޔަހޫދީން ވަނީ މަދު އަދަދެއްގެ ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ޣައްޒާއަށް އެތެރެ ކުރުމުގެ ފުރުޞަތު ދީފައެވެ. ނަމަވެސް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވިދާޅުވި ގޮތުގައި، އެއީ ބަނޑަށްޖެހިފައިވާ ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތީގެ "ސައިސަމުސަލެއްހާ" ކުޑަކުޑަ މިންވަރެކެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ލީޑަރުން ވަނީ ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އިންސާނީ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް، ވަގުތުން ހަނގުރާމަ ހުއްޓާލުމަށާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ގޮވާލާފައެވެ.

ސްޕެއިންޣައްޒާއިސްރާއީލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޔަހޫދީ ސިފައިން ބުލްޑޯޒަރު ތަކުގައި ފަލަސްތީނުގެ ގެތައް ތަޅަނީ

ޔަހޫދީ ސިފައިން ފަލަސްތީނުގެ ގެތައް ތަޅަނީ

4 ދުވަސް ކުރިން - 13:45

ރިޕޯޓު: ފަސް އަހަރު ތެރޭގައި 16 ތަށި - ސްޕެއިން ފުޓުބޯޅައިގެ ރަސްކަން ކުރަނީ

ފަސް އަހަރު ތެރޭގައި 16 ތަށި: ސްޕެއިން ފުޓުބޯޅައިގެ ރަސްކަން ކުރަނީ

5 ދުވަސް ކުރިން - 14:06

ފީފާގެ މަދަދުވެރިކަމާއެކު ނަހަލާލު ތައްޓެއް ނަގަން އުޅުނު ނަތަންޏާހޫ ސަޕޯޓުކުރާ އާޖެންޓީނާ ސްޕެއިނުން ނިކުމެ ހަވަރަށް ދީފި

ނަތަންޏާހޫ ސަޕޯޓުކުރާ އާޖެންޓީނާ ސްޕެއިނުން ނިކުމެ ހަވަރަށް ދީފި

6 ދުވަސް ކުރިން - 03:01

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

6 ދުވަސް ކުރިން - 13:36

އަރްޖެންޓީނާއަށް އިސްރާއީލުގެ ތާއީދު: "މައިލީއަކީ ގާތް ރަހުމަތްތެރިއެއް": ނަތަންޔާހޫ

އަރްޖެންޓީނާއަށް އިސްރާއީލުގެ ތާއީދު: "މައިލީއަކީ ގާތް ރަހުމަތްތެރިއެއް": ނަތަންޔާހޫ

6 ދުވަސް ކުރިން - 13:12

2-0 އިން ބަލިކޮށް ސްޕެއިނުން ފުރާންސުގެ ހާލުގެ ފިޔަ ކޮށާލައިފި

2-0 އިން ބަލިކޮށް ސްޕެއިނުން ފުރާންސުގެ ހާލުގެ ފިޔަ ކޮށާލައިފި

11 ދުވަސް ކުރިން - 01:58