Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް ގެ މަޤާމަށް ރައީސް ޑރ. ވަޙީދު ޢައްޔަނުކުރައްވައިފި

ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް ގެ މަޤާމަށް ރައީސް ޑރ. ވަޙީދު ޢައްޔަނުކުރައްވައިފި

އުސްތާޛް މުޙައްމަދު ޢަލީ
471 ދުވަސް ކުރިން - 26 މެއި 2025 10:37
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަޤާމަށް، ރައީސް ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން ޢައްޔަނުކުރެއްވުން.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަޤާމަށް، ރައީސް ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން ޢައްޔަނުކުރެއްވުން.
ޚުލާސާ

ރައީސް ޑރ. މުޢިއްޒު، ޑރ. ވަޙީދާއި ބައްދަލު ކުރައްވައި އިޤްތިޞާދީ ގޮތުން ނަފާ ލިބޭނެ ކަންކަން މަގުފަހިކުރުމަށް ޤައުމުތަކާއެކު މަޝްވަރާކުރައްވައި އެރޮގުން ކާމިޔާބީ ޙާޞިލުކުރުމަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންމެވި.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަޤާމަށް، މއ. ޔުރީކާ، ރައީސް ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން ޢައްޔަނުކުރައްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން ވަނީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ކަމުގެ މަޤާމުވެސް އަދާކުރައްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަމުގެ އިތުރުން ތަޢުލީމީ ދާއިރާގެ އިސް މަޤާމުތަކެއްވެސް ފުރުއްވައިފައެވެ. އެމަނިކުފާނަކީ ޔުނިސެފުގައިވެސް އިސް މަޤާމުތަކެއްގައި ޚިދުމަތް ކުރެއްވި ބޭފުޅެކެވެ.

ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަޤާމަށް ޢައްޔަނު ކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ ރައީސް ޑޮކްޓަރ މުޙައްމަދު ވަހީދު ޙަސަންއާއި ބައްދަލު ކުރައްވައިފައެވެ.

Advertisement

Advertisement 1

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ޑޮކްޓަރ މުހައްމަދު ވަޙީދު ޙަސަންއަކީ ވަރަށް ޤާބިލު ބޭފުޅެއްކަމުގައި ފާހަގަކުރައްވައި ރާއްޖޭގެ ޚާރިޖީ ގުޅުން ވަރުގަދަ ކުރުމަށް ސަރުކާރާއެކު މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި އިޤްތިޞާދީ ގޮތުން ނަފާ ލިބޭނެ ކަންކަން މަގުފަހިކުރުމަށް ޤައުމުތަކާއެކު މަޝްވަރާކުރައްވައި އެރޮގުން ކާމިޔާބީ ޙާޞިލުކުރުމަށް މަސައްކަތްކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. ހަމައެއާއެކު މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެކަމުގައި ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑޮކްޓަރ މުހައްމަދު ވަޙީދު ޙަސަން ވަނީ ސަރުކާރަށް ޚިދުމަތްކުރެއްވުމުގެ ފުރުޞަތު ދެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި އެމަނިކުފާނުގެ ޒިންމާ ފުރިހަމައަށް އަދާކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.

ރައީސް ޑޮކްޓަރ މުހައްމަދު ވަޙީދު ޙަސަން މި މަޤާމަށް ޢައްޔަނު ކުރައްވާފައިވަނީ މުސާރަ ލިބިވަޑައި ނުގަންނަވާ ގޮތަށެވެ.

ރައީސް ޑރ. ވަހީދުރައީސް ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ދެމެހެއްޓެނިވި އަދި ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

1 ދުވަސް ކުރިން - 08:45

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

2 ދުވަސް ކުރިން - 20:20

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

2 ދުވަސް ކުރިން - 19:54

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

2 ދުވަސް ކުރިން - 16:33

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2 ދުވަސް ކުރިން - 16:20

ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދެއްކުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ރައީސްގެ އިލްތިމާސް: ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދައްކާ!

2 ދުވަސް ކުރިން - 16:05