މާބަނޑުމީހާގެ މަރު: ސައިކަލް ދުއްވި އާލިމް މައްޗަށް ކުށް ސާބިތުވެއްޖެ

އުސްތާޛް މުޙައްމަދު ޢަލީ | 146 ދުވަސް ކުރިން - 26 މޭ 2025 08:32
އިން ސ. ހިތަދޫ، އިރާސްމެކުގެ، އަލީ އާލިމް, ޝަރީޢަތުގެ މަޖިލީހުގައި.
އިން ސ. ހިތަދޫ، އިރާސްމެކުގެ، އަލީ އާލިމް, ޝަރީޢަތުގެ މަޖިލީހުގައި.
ޚުލާސާ

މީގެ 10 އަހަރު ކުރިން މަގު ހުރަސް ކުރަނިކޮށް ސައިކަލުން ޖެހި މާބަނޑު އަންހެނަކު މަރުވި މައްސަލައިގައި އެސައިކަލު ދުއްވި އާލިމްގެ މައްޗަށް ކުށް ސާބިތުވެއްޖެ.

މީގެ 10 އަހަރު ކުރިން މާލޭގައި ހިނގި އެކްސިޑެންޓެއްގައި މާބަނޑު އަންހެނަކު މަރުވި މައްސަލައިގައި، ސައިކަލު ދުއްވި ސ. ހިތަދޫ، އިރާސްމެކުގެ، އަލީ އާލިމްގެ މައްޗަށް ކުށް ސާބިތުވެއްޖެއެވެ.

މި މައްސަލައިގައި މަރުވެފައިވަނީ ހއ. ހޯރަފުށީ ގާތުގިރި އަޒްލީލާ އަލީއެވެ. މަރުވިއިރު އޭނާގެ ބަނޑަށް ދޮޅު މަހެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ 25 ފެބްރުއަރީ 2015 ވަނަ ދުވަހުގެ ހެނދުނު 7:10 ހާއިރު މާފަންނު ކެނެރީ މަގުގައެވެ. އަޒްލީލާ އަލީ ނިޔާވެފައިވަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައެވެ.

ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުން ނިންމާފައިވަނީ، އަލީ އާލިމް ލައިސަންސް ނެތި ސައިކަލު ދުއްވުމުގެ ސަބަބުން މި އެކްސިޑެންޓް ހިނގާފައިވާ ކަމަށެވެ. ފަނޑިޔާރު ފާތިމަތު ފަރްހީޒާގެ ރަޢުޔުގައި، އާލިމްގެ އަމަލަކީ ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ބަލާއިރު އެ ބާވަތުގެ ހާދިސާތައް ހިނގުމަށް މެދުވެރިވާން އެކަށީގެންވާ ސަބަބެކެވެ.

"އެހެންކަމުން ކޯޒޭޝަންގެ ރުކުން މި ދައުވާގައި ދައުލަތަށް ސާބިތުކޮށްދެވިފައިވާ ކަމުގައި ދެކެން،" ފަނޑިޔާރު ފަރްހީޒާ ވިދާޅުވިއެވެ.

ނަމަވެސް، އާލިމްގެ އަމަލުތަކުގައި މީހަކު މެރުމުގެ ގަސްތެއް ނުވަތަ ގަސްތުގައި އަނިޔާއެއް ދިނުމުގެ ނިޔަތެއް އޮތްކަމަކަށް ފަނޑިޔާރުން ނުދެކެއެވެ.

އާލިމްގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް، އަދި އަދަބެއް ކަނޑައަޅާފައެއް ނުވެއެވެ. ދައުލަތުގެ ފަރާތުން ވަކީލު ވަނީ އަދަބު ކަނޑައެޅުމުގެ ކުރިން އެއް ދުވަސް އިތުރަށް ދިނުމަށް އެދިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އަލީ އާލިމްއަކީ ކުށުގެ ރެކޯޑު އޮތް މީހެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު، ކާރެއްގެ ތެރެއިން ފެނުނު 106 ބަނގުރާ ފުޅިއާއެކު އޭނާ ހައްޔަރުކޮށް، ހަތް ދުވަހަށް ބަންދުކޮށްފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%