Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު އިންޑިއާއަށް

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު އިންޑިއާއަށް

އަހްމަދު އީޒާން
423 ދުވަސް ކުރިން - 25 މެއި 2025 16:54
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް / ފޮޓޯ: ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް / ފޮޓޯ: ފޮރިން މިނިސްޓްރީ
ޚުލާސާ

މިނިސްޓްރީން ބުނީ ހަލީލްގެ މި ދަތުރުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރާ ބައްދަލުކުރައްވާނެ ކަމަށް.

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާ އަށް މިއަދު ފުރާވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިނިސްޓަރު ހަލީލްގެ މި ދަތުރުފުކީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ހައި-ލެވެލް ކޯ ގުރޫޕްގެ ދެވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އެ ބައްދަލުވުން ބާއްވަނީ މާދަމާ ނިއު ދިއްލީގައި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ހަލީލްގެ މި ދަތުރުފުޅުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރާއި ބައްދަލުކުރައްވައި ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.

Advertisement

Advertisement 1

މި ބައްދަލުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވުނު ބައްދަލުވުމަށްފަހު އެކުލަވާލެވުނު ތަސައްވަރު "އަ ވިޝަން ފޯ ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނަޝިޕް"ގައި ހިމެނޭ ކަންތައްތައް ތަންފީޒުކުރުމާއި ބެހޭގޮތުން ދެގައުމުގެ މެދުގައި މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުންތަކެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

"މިގޮތުން އިގުތިސާދީ، ސިއްހީ، ޑިޖިޓަލް ފައިނޭންސިން އަދި މެރިޓައިމް ސެކިއުރިޓީ ފަދަ ދާއިރާތައް ހިމެނެ އެވެ" މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

މި ކޯ ގުރޫޕްގެ ފުރަތަމަ ބައްދަލުވުން ބާއްވާފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު އެވެ.

މިނިސްޓަރު ހަލީލްގެ މި ދަތުރުފުޅުގައި އޭނާގެ އަރިހުގައި ރައީސްގެ އޮފީސް، ހާރިޖީ ވުޒާރާ، ދިފާއީ ވުޒާރާ، މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާއި ބެހޭ ވުޒާރާ، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ، އިގުތިސާދީ ތަރައްގީ އާއި ވިޔަފާރީއާ ބެހޭ ވުޒާރާ، ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ އިސްވެރިން ވެސް ހިމެނިވަޑައިގަންނަވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

(ކުރީގެ މިނިސްޓަރު) ޑރ. އަބްދުﷲ ހަލީލްމިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިންޑިއާ - ރާއްޖެއިންޑިއާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދިއްލީގައި ކިޔަވާކުދިންނާއި ފުލުހުންގެ މެދުގައި ވަރުގަދަ ކުރިމަތިލުމެއް ހިނގައި، 120 މީހުން ޒަޚަމްވެއްޖެ

އިންޑިއާގައި ކިޔަވާކުދިންނާއި ފުލުހުންގެ މެދުގައި މާރާމާރީ! 120 މީހުން ޒަހަމްވެއްޖެ

4 ގަޑިއިރު ކުރިން - 13:43

ސައުދީ އަރަބިއްޔާއަށް ދިން މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

ސައުދީ އަރަބިއްޔާއަށް ދިން މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

7 ދުވަސް ކުރިން - 20:25

ބޯޓެއް ބަންޑުންޖަހާލައި އިންޑިއާގެ 15 ފަތުރުވެރިން މަރުވެއްޖެ

ބޯޓެއް ބަންޑުންޖަހާލައި އިންޑިއާގެ 15 ފަތުރުވެރިން މަރުވެއްޖެ

10 ދުވަސް ކުރިން - 23:36

އުންމީދަކީ ދެ ގައުމުގެ ރައްޔިތުންނަށް އިގްތިސާދީ ގޮތުން ފާގަތި ފުރުސަތުތަކެއް ފަހިވެގެންދިއުން: ސައީދު

"އުންމީދަކީ ދެ ގައުމުގެ ރައްޔިތުންނަށް އިގްތިސާދީ ގޮތުން ފާގަތި ފުރުސަތުތަކެއް ފަހިވެގެންދިއުން"

12 ދުވަސް ކުރިން - 16:25

ޤަތަރަށާއި އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާ ސަފީރުން ޢައްޔަން ކުރައްވައިފި

ޤަތަރަށާއި އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާ ސަފީރުން ޢައްޔަން ކުރައްވައިފި

27 ދުވަސް ކުރިން - 13:00

އިންޑިއާއިން ޓެލެގްރާމް މަނާކުރި ކުރުން ދަމަހައްޓަން އެ ގައުމުގެ ކޯޓުން ނިންމައިފި

އިންޑިއާއިން ޓެލެގްރާމް މަނާކުރި ކުރުން ދަމަހައްޓަން އެ ގައުމުގެ ކޯޓުން ނިންމައިފި

32 ދުވަސް ކުރިން - 19:04