Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލު ރައީސް ތަސްދީޤުކުރައްވައިފި

ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލު ރައީސް ތަސްދީޤުކުރައްވައިފި

އައިޝަތު ރުވާ ރިފްޢަތު
464 ދުވަސް ކުރިން - 25 މެއި 2025 12:15
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ޚުލާސާ

މި ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ ގޭންގު ކުށްތައް ހިމެނޭހެން އިންތިޒާމްވެގެން ހިންގާ ބޮޑެތި ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް އެފަދަ ކުށްތަކަށް އަދަބު ކަނޑައެޅުން.

ބޮޑެތި އަދަބުތަކާއެކު ގޭންގު ކުށްތައް ހުއްޓުވުމަށް އެކުލަވާލާފައިވާ "ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަރުމަވަންތަ މާލަމުގައި ބޭއްވުމި ޚާއްސަ ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާނާއި، ސަލާމަތީ ޚިދުމަތްތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

Advertisement 1

ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިމަހުގެ 15 ވަނަ ދުވަހު ބޭއްވި މި އަހަރުގެ ފުރަތަމަ ދައުރުގެ 32 ވަނަ ޖަލްސާގައެވެ.

މި ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ ގޭންގު ކުށްތައް ހިމެނޭހެން އިންތިޒާމްވެގެން ހިންގާ ބޮޑެތި ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް އެފަދަ ކުށްތަކަށް އަދަބު ކަނޑައެޅުމާއި، ތަންފީޒީ އިދާރާތަކަށް ޚާއްސަ ބާރުތަކެއް ދިނުމެވެ. އަދި މިފަދަ ކުށްތަކުގައި އުޅޭ މީހުން ކުށުގެ ވެށިން ދުރުކޮށް، މުޖުތަމައަށް ރުޖޫޢަވުމަށް ފިޔަވަޅުތައް އެޅުމާއި އެފަދަ ފަރާތްތައް މޮނިޓަރކުރުމަށް ޚާއްސަ އުސޫލުތަކެއް ކަނޑައެޅުމެވެ.

މި ޤާނޫނުގެ ދަށުން، އިންތިޒާމުވެފައިވާ ކުށެއް ކުރާ ގްރޫޕެއް އުފެއްދުމާއި ހިންގުމަކީ ކުށެކެވެ. މިފަދަ ކުށެއް ކުރާ ފަރާތްތަކަށް 25 އަހަރުގެ ޖަލު ހުކުމަކާއެކު 200،000 ރުފިޔާއިން 10 މިލިޔަން ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި މިފަދަ ކުށެއް ކުރަން އުޅުމާއި އެހީތެރިވުމަށް ވެސް ބޮޑެތި އަދަބުތަކެއް ކަނޑައަޅާފައިވެއެވެ.

މީގެ އިތުރުން، އިންތިޒާމުވެފައިވާ ކުށް ކުރާ ގްރޫޕަކަށް މީހުން ހޯދުމާއި، ގްރޫޕުތަކަށް އެހީވުމާއި، ކުށް ކުރުމަށް އަމިއްލަ ތަންތަން ބޭނުންކުރުމާއި، ހެކިބަސްދޭ ފަރާތްތަކަށް ބިރުދެއްކުން ފަދަ ކަންކަމަށް ވެސް ބޮޑެތި އަދަބުތަކެއް ކަނޑައަޅާފައިވެއެވެ.

ޤާނޫނުގައި ހިމެނޭ މުހިންމު ކަންތައްތަކުގެ ތެރޭގައި:

ގޭންގު ގްރޫޕެއް އުފެއްދުމާއި ހިންގުމަށް 25 އަހަރުގެ ޖަލު ހުކުމާއި 10 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ.

ކުޑަކުދިން ގޭންގު ގްރޫޕްތަކަށް ރެކްރޫޓްކުރުމަށް 25 އަހަރުގެ ޖަލު ހުކުމާއި 10 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ.

ތަންފީޒީ އިދާރާތަކަށް ކޯޓު އަމުރަކާ ނުލައި ޝައްކުކުރެވޭ ފަރާތްތައް ހުއްޓުވައި، ފާސްކޮށް، ހައްޔަރުކުރުމުގެ ބާރު ލިބިދޭ.

ގޭންގު ކުށްތަކާ ގުޅުންހުރި މުދަލާއި ފައިސާ ދައުލަތަށް ނެގުމުގެ ބާރު ލިބިދޭ.

މި ޤާނޫނުގެ ދަށުން ތަންފީޛީ އިދާރާތަކަށް މުހިންމު ބާރުތަކެއް ލިބިގެންދާނެއެވެ. އެގޮތުން، އިންތިޒާމުވެފައިވާ ކުށެއް ކުރާ ގްރޫޕަކާއި ގުޅިފައިވާ މީހެއްގެ މުއްސަނދިކަމަކީ ނުޙައްގުން ހޯދާފައިވާ މުއްސަނދިކަމެއްކަން ކަނޑައަޅައިދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލަށް ކޯޓަށް ހުށަހެޅުއްވޭނެއެވެ. އަދި އެފަދަ މުދަލާއި ފައިސާ ދައުލަތަށް ނެގުމުގެ ބާރުވެސް ލިބިގެންދާނެއެވެ.

ހަމައެހެންމެ، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މީހުން މެރުމާއި، މާރާމާރީ ހިންގުމާއި ރަހީނު ކުރުމާއި ބިރުދެއްކުމާއި ބޮޑު ޖިސްމާނީ އަނިޔާއެއް ދިނުން ފަދަ ކުށްތަކަށް ވެސް ބޮޑެތި އަދަބުތަކެއް ކަނޑައަޅާފައިވެއެވެ. މީހަކު މަރާލައިފިނަމަ މަރުގެ އަދަބު ދިނުމަށް ހިމަނާފައިވާއިރު އެހެނިހެން ކުށްތަކަށް ޖަލު ހުކުމާއެކު ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެއެވެ.

މި ޤާނޫނުގެ ދަށުން، އިންތިޒާމްވެގެން ކުރާ ބޮޑެތި ކުށްތަކާއި ހަތިޔާރު ބޭނުންކޮށްގެން ކުރާ ނުރައްކާތެރި ކުށްތަކާއި ގުޅިގެން ކޯޓު އަމުރަކާނުލައި މީހުން ހުއްޓުވައި ފާސްކުރުމާއި ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންދާނެއެވެ.

ރައީސް ވިދާޅުވީ މި ޤާނޫނަކީ ރާއްޖޭގައި ގޭންގު ކުށްތައް ހުއްޓުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި ޤާނޫނުގެ ސަބަބުން މުޖުތަމަޢުގެ ރައްކާތެރިކަން އިތުރުވެ، ކުށްކުރުން މަދުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

މި ޤާނޫނަށް އަމަލުކުރަން ފަށާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން 3 މަސް ދުވަސް ހަމަވާ ދުވަހުން ފެށިގެންނެވެ. އަދި މި ޤާނޫނަށް އަމަލުކުރަން ފެށުމާއެކު ކުރިން އަމަލުކުރަމުންދިޔަ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނާއި ގޭންގު ކުށްތައް މަނާކުރުމާބެހޭ ޤާނޫނު އުވޭނެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

8 ގަޑިއިރު ކުރިން - 16:54

ނިޔާވި ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ނިޔާވި ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

9 ގަޑިއިރު ކުރިން - 16:10

ރާއްޖޭގެ ކަނޑުއަޑިން ތެލާއި މައުދަން ހޯދައި ނެގުމަށް ހާއްސަ ގާނޫނެއް ހަދަނީ

ރާއްޖޭގެ ކަނޑުއަޑިން ތެލާއި މައުދަން ހޯދައި ނެގުމަށް ހާއްސަ ގާނޫނެއް ހަދަނީ

12 ގަޑިއިރު ކުރިން - 13:13

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރައްވައިފި

1 ދުވަސް ކުރިން - 18:54

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުރުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުުރުމުގެ ބިލު ތަސްދީގުކުރައްވައިފި

1 ދުވަސް ކުރިން - 18:37

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގޭ ގޮތަށް ޓެކްސް ގާނޫނަށް ގެނެވުނު އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިފި

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

1 ދުވަސް ކުރިން - 18:26