އިމިގްރޭޝަންގެ އޮފިސަރުން ފުރަތަމަ ފަހަރަށް ބޮޑީ ކެމެރާ ބޭނުންކުރަން ފަށައިފި

އަހްމަދު އީޒާން | 8 ގަޑިއިރު ކުރިން - 25 މޭ 2025 11:30
އިމިގްރޭޝަން އޮފިސަރުން ފުރަތަމަ ފަހަރަށް ބޮޑީ ކެމެރާ ބޭނުންކުރަނީ / ފޮޓޯ: އިމިގްރޭޝަން
އިމިގްރޭޝަން އޮފިސަރުން ފުރަތަމަ ފަހަރަށް ބޮޑީ ކެމެރާ ބޭނުންކުރަނީ / ފޮޓޯ: އިމިގްރޭޝަން
ޚުލާސާ

އިމިގްރޭޝަން އޮފިސަރުން ވަނީ ފުރަތަމަ ފަހަރަށް އެ އިދާރާގެ އޮޕަރޭޝަންތަކުގައި ބޮޑީ ކެމެރާ ބޭނުންކުރަން ވެސް ފަށައިފައި.

މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރުން ފުރަތަމަ ފަހަރަށް ބޮޑީ ކެމެރާ ބޭނުންކުރަން ފަށައިފި އެވެ. 

ހޯމް މިނިސްޓްރީން ބުނީ ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، އިއްޔެ ހުޅުމާލެ ފޭސް 1ގެ ސަރަހައްދެއް ބަލައި ފާސްކޮށް، ގަވާއިދާއި ހިލާފަށް އުޅެމުންދިޔަ ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ އޮޕަރޭޝަންގައި އޮފިސަރުން ވަނީ ފުރަތަމަ ފަހަރަށް ބޮޑީ ކެމެރާ ބޭނުންކުރަން ވެސް ފަށައިފައި ކަމަށް މިނިސްޓްރީން ބުންޏެވެ.

ބިދޭސީން ދިރިއުޅޭ ތަންތަން ބަލައި ފާސްކުރުމަށް އިމިގްރޭޝަނުން މާލެ ސަރަހައްދުގައި ހިންގާ ހާއްސަ އޮޕަރޭޝަން ފުޅާކޮށް, ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ހޯދަމުގެ މަސައްކަތް ވަރުގަދަކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ރާއްޖޭގައި ޤަވާޢިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ރައީސް ޑރ. މުޙައްމަދު ޢިއިއްޒުގެ އިރުޝާދުގެ ދަށުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ނުޤަވާޢިދުން އުޅޭ ބިދޭސީން ދިރިއުޅޭ ތަންތަނާ ޢާއާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް މާލެ ސަރަޙައްދުގައި ޚާއްޞަ އޮޕަރޭޝަނެއް ކަމާއިގުޅުންހުރި އިދާރާތަކުން އަންނަނީ ހިންގަމުން ކަމަށެވެ.

މިނިސްޓްރީން ބުނީ ބިދޭސީން ދިރިއުޅޭ ގެތައް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް އިމިގްރޭޝަނުން ފަށާފައިވާއިރު، ޤަވާޢިދާއި ޚިލާފަށް ވިޔަފާރިކޮށް، ޞައްޚަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ދެނެގަތުމަށް ޚާއްޞަ އޮޕަރޭޝަނެއް ވެސް ހިންގަމުން އަންނަ ކަމަށެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް ބިދޭސީންގެ މައްސަލަތައް 3 އަހަރު ދުވަހުގެ ތެރޭ ޖުމްލަ ޙައްލެއް ގެނައުމެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%