ގޭންގުތަކުން ހިންގާ ކުށްތައް ހުއްޓުވާ ބިލް މިއަދު ތަޞްދީޤު ކުރައްވަނީ

ހުސައިން އިސްމާއިލް | 8 ގަޑިއިރު ކުރިން - 25 މޭ 2025 08:58
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު: މިއަދު ގޭންގުކުށްތައް ހުއްޓުވުމާބެހޭ ބިލް ތަޞްދީޤުކުރައްވާނެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު: މިއަދު ގޭންގުކުށްތައް ހުއްޓުވުމާބެހޭ ބިލް ތަޞްދީޤުކުރައްވާނެ.
ޚުލާސާ

11 ޖަހާއިރު ފެށޭ މި ރަސްމިއްޔާތު އޮންނާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި.

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް އަމާޒުކޮށްގެން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ "ގޭންގް ބިލް"، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވަން ނިންމަވައިފިއެވެ.

އެނގިފައިވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ދަރުމަވަންތަ މާލަމުގައި އޮންނަ މި ރަސްމިއްޔާތުގައި ނޫސްވެރިންނަށް ރައީސްއާއި ސުވާލުކުރުމުގެ ފުރުޞަތު ވެސް އޮންނާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އެ ސުވާލް ތަކަށް ޖަވާބު ދެއްވާނެއެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މި މަހުގެ 15 ވަނަ ދުވަހުގައެވެ. އެ ދުވަހު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވި 66 މެންބަރުންގެ ތެރެއިން 55 މެންބަރުން ވޯޓުޓު ދެއްވާފައިވަނީ ބިލު ފާސްކުރުމަށެވެ. 11 މެންބަރުން ވަނީ ވަކި ގޮތަކަށް ވޯޓުޯޓު ނުދެއްވައެވެ.

މި ބިލުގެ ދަށުން ފުލުހުންނަށް ކޯޓު އަމުރަކާއި ނުލައި މީހުން ބަލައި ފާސްކޮށް ހައްޔަރުކުރުމާއި، އަމިއްލަ ތަންތަން ބަލައި ފާސްކުރުމުގެ ޚާއްޞަ ބާރުތަކެއް ލިބެއެވެ. އަދި އެއްގަމާއި ކަނޑުގެ އުޅަނދުފަހަރު ބަލައި ފާސްކުރުމާއި، އުޅަނދުގައި ތިބޭ މީހުންގެ ސާމްޕަލް ނެގުމުގެ ބާރު ވެސް ފުލުހުންނަށް ލިބެއެވެ.

މީގެ އިތުރުން، މި ބިލުގެ ދަށުން ވަކި ޖަމާޢަތެއް ގޭންގެއްގެ ގޮތުގައި ކަނޑައެޅުމުގެ ބާރު ހައިކޯޓަށް ލިބިގެންދާނެއެވެ. މިގޮތުން، ޕްރޮސެކިއުޓަރ ޖެނެރަލްއަށް ހައިކޯޓަށް ހުށަހެޅޭނީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި އެހެނިހެން ހެކިތަކާއެކު ކޮމިޝަނަރ އޮފް ޕޮލިސް ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށެވެ.

ރައީސް މުޢިއްޒު ވިދާޅުވީ މި ބިލަކީ ގޭންގު ކުށްތައް މަދުކޮށް، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%