މިރޭ ހުޅުމާލޭގައި ހަވާ އަރުވަނީ

އުސްތާޛް މުޙައްމަދު ޢަލީ | 8 ގަޑިއިރު ކުރިން - 24 މޭ 2025 15:40
އާ އަހަރު ފާހަގަކުރުމަށް ބޭއްވި އިވެންޓުގެ ތެރެއިން / ފޮޓޯ: ޚުލާޞާ
އާ އަހަރު ފާހަގަކުރުމަށް ބޭއްވި އިވެންޓުގެ ތެރެއިން / ފޮޓޯ: ޚުލާޞާ
ޚުލާސާ

ހަވާ އަރުވަނީ 3 މިނެޓަށް ފަރުކޮޅުފުށި ސަރަހައްދުގައި.

މިރޭ ހުޅުމާލެ ފޭސް 2ގެ ފަރުކޮޅުފުށި ސަރަހައްދުގައި ހަވާ އަރުވަން ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެގޮތުން، ހަވާ އަރުވަން ހަމަޖެހިފައިވަނީ މިރޭ 21:45 ގައި ކަމަށް އެމްއެންޑީއެފްއިން ދީފައިވާ މައުލޫމާތުގައި ބުނެފައިވެއެވެ.

ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ވިޔަފާރި އުސޫލުން ކުރިއަށްގެންދާ ޕްރައިވެޓް އިވެންޓެއްގެ ގޮތުގައި މިރޭ ބާއްވާ ހަވާ އަރުވުން ކުރިއަށްދާނީ 3 މިނެޓަށެވެ. ހާއްސަ ހަރަކާތްތަކާ ގުޅިގެން ސިފްކޯއިން ދަނީ ވިޔަފާރި އުސޫލުން ހަވާ އަރުވުމުގެ ހަރަކާތްތައް ބާއްވަމުންނެވެ.

މީގެ ކުރިންވެސް ސިފްކޯއިން ވަނީ މިފަދަ ހާއްސަ ހަރަކާތްތަކާ ގުޅިގެން ހަވާ އަރުވުމުގެ ހަރަކާތްތައް ބާއްވާފައެވެ. މި ފަހަރު ހަވާ އަރުވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް 2ގެ ފަރުކޮޅުފުށި ސަރަހައްދުގައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%