Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފްލެޓު ލިސްޓަށް ހުށަހެޅި ޝަކުވާތައް މިމަހުގެ ނިޔަލަށް ބަލައި ނިންމަނީ

ފްލެޓު ލިސްޓަށް ހުށަހެޅި ޝަކުވާތައް މިމަހުގެ ނިޔަލަށް ބަލައި ނިންމަނީ

އައިޝަތު ރުވާ ރިފްޢަތު
424 ދުވަސް ކުރިން - 23 މެއި 2025 22:43
ހުޅުމާލޭގެ ފޭސް 2 ގައި ހަދާފައިވާ ފްލެޓްތަކެއް/ ފޮޓޯ: ޙުލާސާ
ހުޅުމާލޭގެ ފޭސް 2 ގައި ހަދާފައިވާ ފްލެޓްތަކެއް/ ފޮޓޯ: ޙުލާސާ
ޚުލާސާ

ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅުނު 4000 މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވެފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށްކަމަށް ވުޒާރާއިން ފާހަގަކުރި

ގެދޮރުވެރިކަމުގެ ސްކީމްގެ ދަށުން 4000 ޔުނިޓް ލިބޭ މީހުންގެ ލިސްޓާއި ގުޅިގެން ހުށަހެޅި ޝަކުވާތައް މި މަހުގެ ނިޔަލަށް ބަލައި ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށްޓާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ވުޒާރާއިން ބުނީ، މި ސްކީމްގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅުނު 4000 މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވެފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގައި ޖުމްލަ 8602 ޝަކުވާ ހުށަހެޅިފައިވާ ކަމަށް ވުޒާރާއިން ބުންޏެވެ.

ފްލެޓް ލިބޭ މީހުންގެ ލިސްޓް އަލުން ބަލަން ނިންމާފައިވަނީ، އާންމުންގެ ގިނަ ޝަކުވާތަކެއް ހުރި މައްސަލައަކަށް ވުމާއި، އަދި ފްލެޓް ލިބުނު މީހުންގެ ތެރޭގައި ޝަރުތު ހަމަނުވާ ގިނަ ބަޔަކު ހިމެނޭ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ތަޙުޤީޤުން ހާމަވުމާ ގުޅިގެންނެވެ. މި މައްސަލަ ބެލުމަށް ޚާއްޞަ ކޮމިޓީއެއް އެކުލަވާލައި، އެ ކޮމިޓީގެ ނިންމުންތަކަށް ބެލުމަށްފަހު، 4000 މީހުންގެ ތެރެއިން 2180 މީހުން ޝަރުތު ހަމަނުވާ ކަމަށް ވުޒާރާއިން ކުރިން ހާމަކޮށްފައިވެއެވެ.

Advertisement

Advertisement 1

ވުޒާރާއިން އިތުރަށް ބުނީ، ޝަކުވާތައް ހުށަހަޅާފައިވަނީ ތިން ގޮތަކަށެވެ. އެގޮތުން، ޕޯޓަލް މެދުވެރިކޮށް 5236 ޝަކުވާ، އީމެއިލް މެދުވެރިކޮށް 2840 ޝަކުވާ، އަދި ސިޓީ މެދުވެރިކޮށް 526 ޝަކުވާ ހުށަހަޅާފައިވެއެވެ.

މި ފަހަރު ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލިއިރު، އިތުރު ލިޔެކިޔުންތައް ހިމެނުމުގެ ފުރުޞަތު ދީފައެއް ނުވެއެވެ. ނަމަވެސް، ކޮންމެ ފަރާތަކަށްވެސް އެ ފަރާތަކުން ހިމަނަން ބޭނުންވާ މަޢުލޫމާތުތައް ލިޔެ ހުށަހެޅުމުގެ ފުރުޞަތު ދެވުނެވެ. ވުޒާރާއިން އިތުރަށް ބުނީ، ލިސްޓުގެ މައްސަލަ ބެލުމުގައި ބަލާފައިވަނީ 4000 ފްލެޓް ލިބޭނެ ކަމަށް ކުރީގެ ސަރުކާރުން 2023 ވަނަ އަހަރުގެ ނޮވެންބަރު 15 ވަނަ ދުވަހު ގެޒެޓުކުރި ލިސްޓަށް ކަމަށެވެ.

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓްގެދޮރުވެރިޔާ ސްކީމްފްލެޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހުޅުމާލޭގައި 1،000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ދިވެހި 5 ކުންފުންޏަކާއެކު ސޮއިކޮށްފި

ހުޅުމާލޭގައި 1،000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް ދިވެހި 5 ކުންފުންޏަކާއެކު ސޮއިކޮށްފި

5 ދުވަސް ކުރިން - 23:50

މިހާތަނަށް ނަރުދަމާގެ 43 މަޝްރޫއެއް ނިންމައިފި

މިހާތަނަށް ނަރުދަމާގެ 43 މަޝްރޫއެއް ނިންމައިފި

9 ދުވަސް ކުރިން - 14:14

ބޯހިޔާވަހިކަމަށް ލައިފިންތަ؟ ބާކީ ދެދުވަސް؛ މުއްދަތު އިތުރެއް ނުކުރާނެ

ބޯހިޔާވަހިކަމަށް ލައިފިންތަ؟ ބާކީ ދެދުވަސް؛ މުއްދަތު އިތުރެއް ނުކުރާނެ

39 ދުވަސް ކުރިން - 14:50

ފްލެޓާއި ގޯތި، މުއްދަތު އިތުރުކުރުމުން ވާނީ ފައިދާ: ޝަޒީމް

ފްލެޓާއި ގޯތި، މުއްދަތު އިތުރުކުރުމުން ވާނީ ފައިދާ

60 ދުވަސް ކުރިން - 13:45

ބޮޑު ބަންދާ ދިމާވުމުން ބޯހިޔާވަހިކަމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ބޯހިޔާވަހިކަމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

60 ދުވަސް ކުރިން - 12:55

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި ބެލެނިވެރިންނަށް ފުލެޓަށް އެދި ހުށަހެޅޭ ގޮތަށް އުސޫލު އިސްލާހުކޮށްފި

ނުކުޅެދުންތެރި ކުދިންގެ ބެލެނެވެރިންނަށް މިހާރު ފުލެޓަށް ލެވޭނެ

73 ދުވަސް ކުރިން - 13:54