ބ. ކެންދޫގައި ޤާއިމްކުރެވުނު ފެނާއި ނަރުދަމާ ނިޒާމް ކޮމިޝަން ކުރުމުގެ މަސައްކަތް ނިމިއްޖެއެވެ.
މި މަޝްރޫޢުގެ ދަށުން ކެންދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުމަށްޓަކައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރެވުނު ފެސިލިޓީ ބިލްޑިންގ ޤާއިމްކޮށް، ފެނުގެ މައި ނެޓްވޯކް އަޅައި، ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދެވިފައިވާ ކަމަށް އެމްޑަބްލިޔުއެސްސީ އިން ބުންޏެވެ.
މީގެ އިތުރުން، ފެން އުފެއްދުމަށްޓަކައި ފެންޕްލާންޓް ބަހައްޓައި، ބޯހޯލް ތޮރުފައި، ރިޖެކްޓް ލައިން އަޅައި އަދި ފެން ރައްކާކުރުމަށްޓަކައި ފެންތާނގީ ވެސް ބެހެއްޓިފައިވެއެވެ.
ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން، ނަރުދަމާގެ މައި ނެޓްވޯކްއާއި ޕަމްޕިންގ ލައިން އެޅި، ޕަންޕިންގ ސްޓޭޝަން ޤާއިމްކުރެވި، ސީ އައުޓްފޯލް އެޅި އަދި ގޭގެއަށް ނަރުދަމާގެ ކަނެކްޝަން ގުޅައިދެވިފައިވެއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދެވުނު މި މަޝްރޫޢުގެ ޖުމްލަ އަގަކީ 56.26 މިލިއަން ދިވެހި ރުފިޔާއެވެ.