Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފޭކު ލިޔުން ހުށަހެޅި މައްސަލައިގައި ޖިނާޢީ ތަޙްޤީޤެއް ހިންގަނީ

ފޭކު ލިޔުން ހުށަހެޅި މައްސަލައިގައި ޖިނާޢީ ތަޙްޤީޤެއް ހިންގަނީ

ހުސައިން އިސްމާއިލް
429 ދުވަސް ކުރިން - 23 މެއި 2025 14:24
ބަންޑާރަނައިބު އަޙްމަދު އުޝާމް: އަމިއްލަ ކުންފުންޏަކުން ދައުލަތަށް ފޭކު ޑޮކިއުމަންޓް ހުށަހެޅި މައްސަލަ ޕޮލިހަށް ހުށަހަޅައިފި.
ބަންޑާރަނައިބު އަޙްމަދު އުޝާމް: އަމިއްލަ ކުންފުންޏަކުން ދައުލަތަށް ފޭކު ޑޮކިއުމަންޓް ހުށަހެޅި މައްސަލަ ޕޮލިހަށް ހުށަހަޅައިފި.
ޚުލާސާ

ސެންޓަރ އެންޓަޕްރައިސަސްއިން ދައުލަތަށް ހުށަހެޅި ދަޢުވާތަކުގައި ސައްޙަނޫން ލިޔުންތައް ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭތީ ޖިނާޢީ ތަހްގީގެއް ހިންގަނީ.

އަމިއްލަ ކުންފުންޏެއް ކަމަށްވާ ސެންޓަރ އެންޓަޕްރައިސަސްއިން ދައުލަތުގެ މައްޗަށް ހުށަހެޅި ދަޢުވާތަކެއްގައި ސައްޙަނޫން ލިޔުންތަކެއް ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭތީ، އެ މައްސަލައިގެ ޖިނާއީ ތަޙްޤީޤެއް ހިންގުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ބަންޑާރަނައިބުގެ އޮފީހުން ހާމަކުރައްވައިފިއެވެ.

ސެންޓަރ އެންޓަޕްރައިސަސްއިން 2006 އާއި 2008 ގައި ދައުލަތަށް ފޯރުކޮށްދިން ކަމަށް ބުނާ ޚިދުމަތްތަކަށް ފައިސާ ހޯދުމަށް ސިވިލް ކޯޓަށް ހުށަހެޅި 3 މައްސަލައިގެ ތެރެއިން 2 މައްސަލައެއްގައި ސައްޙަނޫން ލިޔެކިޔުންތަކެއް ހުށަހަޅާފައިވާ ކަމަށް ޤަބޫލުކުރެވޭ ކަމަށް ބަންޑާރަނައިބުގެ އޮފީހުން ބުނެފައިވެއެވެ.

މި މައްސަލަތަކުގެ ތެރޭގައި ތިމާވެށްޓާބެހޭ ވުޒާރާއަށް ސަޕްލައިކޮށްދިން ކަމަށް ބުނާ ކަޅުހަންތަކަކާއި ގުޅޭ މައްސަލައަކާއި، ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސްއަށް ސަޕްލައިކުރި ކަމަށް ބުނާ މެޑިކަލް އިކުއިޕްމަންޓްތަކަކާއި ގުޅޭ 2 މައްސަލަ ހިމެނެއެވެ.

Advertisement

Advertisement 1

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުރި ޚާއްސަ އޮޑިޓެއްގައި، ސެންޓަރ އެންޓަޕްރައިސަސްއިން ސިވިލް ކޯޓަށް ސައްޙަނޫން އިންވޮއިސްއެއް ހުށަހަޅާފައިވާ ކަމާއި، ދިވެހިރާއްޖެއަށް އެތެރެކޮށްފައިނުވާ ބައެއް މެޑިކަލް އިކުއިޕްމަންޓްތައް ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސްއަށް ސަޕްލައިކޮށްދީފައިވާ ކަމަށް ހުށަހަޅާފައިވާ ލިޔުންތަކުގައި ބަޔާންކޮށްފައިވާކަން ފާހަގަކުރެވިފައިވެއެވެ.

މި މައްސަލަތަކާ ގުޅިގެން ސިވިލް ކޯޓުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުންތައް ދައުލަތުން ވަނީ އިސްތިއުނާފުކޮށްފައެވެ. އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ލަފާގެ މަތިން، މި މައްސަލަތަކާއި ގުޅިގެން ޖިނާއީ ތަޙްޤީޤެއް ކުރިއަށް ގެންދިއުމަށް ބަންޑާރަނައިބުގެ އޮފީހުން ވަނީ ނިންމާފައެވެ.

ބަންޑާރަނައިބުބަންޑާރަ ނައިބުގެ އޮފީސްމޯލްޑިވްސް ޕޮލިސް ސަރވިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގައުމީ ޚިދުމަތުގައި ނިޔާވި ފުލުހުންގެ ހަނދާން އައުކުރުމުގެ ދުވަސް

ގައުމީ ޚިދުމަތުގައި ނިޔާވި ފުލުހުންގެ ހަނދާން އައުކުރުމުގެ ދުވަސް

3 ދުވަސް ކުރިން - 09:28

1.5 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ ތުހުމަތުގައި ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

8 ދުވަސް ކުރިން - 18:42

ފައްޔާޒް އިސްމާއީލާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

ފައްޔާޒާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

8 ދުވަސް ކުރިން - 05:40

ހުޅުމާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެ

ހުޅުމާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެ

9 ދުވަސް ކުރިން - 15:54

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ފުލުހުން ސެޝަނެއް ބާއްވައިފި

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ސެޝަނެއް ބާއްވައިފި

11 ދުވަސް ކުރިން - 10:28

ހޯރަފުށީ ޖޭޖޭ ޔުނިޓްގެ ކުދިންތަކެއް މީހަކު ރަހީނުކޮށް އަނިޔާކުރުމުން ރަށުތެރެ ނުތަނަވަސްވެ އިހުތިޖާޖު ކުރަން ފަށައިފި

ހޯރަފުށި މީހަކު ރަހީނުކޮށް އަނިޔާކުރުމުން ރަށުތެރެ ނުތަނަވަސްވެ އިހުތިޖާޖު ކުރަން ފަށައިފި

11 ދުވަސް ކުރިން - 00:36