Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އަމާނާތްތެރިކަމެއް ނުވާ މީހެއްގެ ކިބާގައި އީމާންތެރިކަމެއް ނުވެއެވެ!

އަމާނާތްތެރިކަމެއް ނުވާ މީހެއްގެ ކިބާގައި އީމާންތެރިކަމެއް ނުވެއެވެ!

ހުސައިން އިސްމާއިލް
463 ދުވަސް ކުރިން - 23 މެއި 2025 11:46
މާޔޫސްވެފައިވާ މީހަކު އެކަނި އިށީނދެލައިގެން: ކުށްފާފަތަކުން ތަޢުބާވުމުގެ ދޮރު ދީނުގައި ވަނީ ހުޅުވިފަ.
މާޔޫސްވެފައިވާ މީހަކު އެކަނި އިށީނދެލައިގެން: ކުށްފާފަތަކުން ތަޢުބާވުމުގެ ދޮރު ދީނުގައި ވަނީ ހުޅުވިފަ.
ޚުލާސާ

އީމާންވާ ކަމުގައި ވަނީނަމަ ތިޔަބައިމީހުން اللَّه އަށާއި، رسول އާއަށް ފުރިހަމަޔަށް އީމާންވޭ!

لا إيمان لمن لا أمانة له، އަމާނާތްތެރިކަމެއް ނުވާ މީހެއްގެ ކިބާގައި އީމާންތެރިކަމެއް ނުވެއެވެ.

قال أنس: ما خطبنا رسول الله صلى الله عليه وسلم إلا قال: "لا إيمان لمن لا أمانة له، ولا دين لمن لا عهد له" حديث صحيح رواه أحمد في مسنده.

رسول اللّه صلّى اللّه عليه وسلّم ގެ ޙަދީޘްފުޅެއްގައިވެއެވެ. އީމާންތެރިކަމެއް ނެތްނަމަ އެމީހެއްގެ ކިބާގައި އަމާނާތްތެރިކަމެއް ނުވެއެވެ. އަދި އަހުދަށް ރައްކާތެރި ނުވާ މީހެއްގެ ދީނެއްނުވެއެވެ.

Advertisement

Advertisement 1

މިކަން ބަޔާންކުރައްވައި ކީރިތި ޤުރުއާނުގެ މޫރިތި އާޔަތުގައި ވަނީ؛

يا أيها الذين آمنوا لا تخونوا الله والرسول وتخونوا أماناتكم وأنتم تعلمون) [الأنفال:27].

آية ގެ މާނަ

އޭ إيمان ވެއްޖެ މީސްތަކުންނޭވެ! اللَّه އަށާއި، رسول އާއަށް ތިޔަބައިމީހުން خيانة ތެރި ނުވާށެވެ! އަދި ތިޔަބައިމީހުންގެ أمانة ތަކަށް، އެނގިއެނގިތިބެ ތިޔަބައިމީހުން خيانة ތެރި ނުވާށެވެ! (27)

آية ގެ ތަފްސީރު :

ކާފިރުންނަށް މުއުމިނުންގެ ސިއްރުތައް ބުނެދީގެން ތިޔަބައިމީހުންގެ رسول اللّه صلّى اللّه عليه وسلّم އަށާއި ދީނަށް ޚިޔާނާތްތެރި ނުވާށެވެ. އަދި މީސްތަކުން ތިޔަބައިމީހުންނާ ޙަވާލުކޮށްފައިވާ މުދަލަށް ތިޔަބައިމީހުން ޚިޔާނާތްތެރި ނުވާށެވެ. ޚިޔާނާތްތެރިވުމުގެ ޢުޤޫބާތް ތިޔަބައިމީހުންނަށް އެނގޭ ޙާލުގައެވެ. މިއާޔަތް ބާވައިލެއްވީ އަބޫލުބާބާގެ ވާހަކައާއި ގުޅިގެންނެވެ. އެވާހަކައަކީ رسول اللّه صلّى اللّه عليه وسلّم ބަނޫ ޤުރައިޡާގެ ޔަހޫދީން ޙިޞާރުކުރެއްވުމުން އެބައިމީހުން އެކަލޭގެފާނުގެ ކިބައިން ޞުލްޙައަށް އެދުނެވެ.

ދެން، ސަޢުދު ބްނު މުޢާޛުގެ ޙުކުމް ޤަބޫލުކުރުމަށް އެބައިމީހުންނަށް އެކަލޭގެފާނު އަމުރުކުރެއްވިއެވެ. އެހިނދު އެބައިމީހުން ދެންނެވިއެވެ. އަހަރުމެންގެ ގާތަށް އަބޫލުބާބާ ފޮނުއްވައި ދެއްވާށެވެ. ދެން، رسول اللّه صلى اللّه عليه وسلّم އެކަލޭގެފާނު ފޮނުއްވިއެވެ. އެބައިމީހުން ދެންނެވިއެވެ. އަބޫލުބާބާއެވެ. ކަލޭގެފާނަށް ފެނިވަޑައިގަންނަވަނީ ކިހިނެއް ހެއްޔެވެ؟ އަހަރުމެން ސަޢުދުގެ ޙުކުމް ޤަބޫލުކުރަންވީ ހެއްޔެވެ؟ އެހިނދު އެކަލޭގެފާނު ކަރަށް އިޝާރާތްކުރެއްވިއެވެ.

މާނައަކީ ޤަތުލުކުރުމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނަށް މާތް ﷲއަށާއި އެކަލާނގެ رسول اللّه صلّى اللّه عليه وسلّم އަށް ޚިޔާނާތްތެރި ވެވިއްޖެކަން އެހިސާބުން ތިމަންކަލޭގެފާނަށް އެނގިވަޑައިގެންފިއެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ﷲ ގަންދީ ވިދާޅުވަމެވެ. ތިމަންކަލޭގެފާނު އަވަހާރަވަންދެން ނުވަތަ ތިމަންކަލޭގެފާނަށް މާތް ﷲ ތައުބާ ލައްވަންދެން ތިމަންކަލޭގެފާނު އެއްވެސް އެއްޗެއް ފަރިއްނުކުޅުއްވާނަމެވެ.

އަދި އެއްވެސް އެއްޗެއް ނުހިއްޕަވާނަމެވެ. ދެން އެކަލޭގެފާނުގެ ތައުބާ ބާވައިލެއްވިއެވެ. އެކަލޭގެފާނު ހުންނެވީ މިސްކިތުގެ ތަނބެއްގައި އަމިއްލަފުޅަށް ބަނދެވިގެންނެވެ. ދެން رسول اللّه صلّى اللّه عليه وسلّم އެކަލޭގެފާނު މޮހެލެއްވީއެވެ. (ޖާމިޢުލްބަޔާން ޢަން ތަފްސީރި އާޔިލްޤުރްއާން، އިބްނު ޖަރީރް އައްޠަބަރީ، ޙަދީޘު: 15923)

ނޯޓު : ކުށްފާފަތަކުން ތަޢުބާވުމުގެ ދޮރު ދީނުގައި ވަނީ ހުޅުވިފައެވެ. އެހެން ނަމަވެސް ފާފަވެރިވާނެ ކަން އެނގި ހުރެ ﷲ ނަހީ ކުރެއްވި ކަމަކަށް އަރައި ގަތުމަކީ ހުއްދަ ވެގެންވާ ކަމެއް ނޫނެވެ.

، قال تعالى: (فمن تاب من بعد ظلمه وأصلح فإن الله يتوب عليه إن الله غفور رحيم) [المائدة:39].

آيةގެ މާނަ

ފަހެ އަނިޔާވެރިވުމަށްފަހު، (އެބަހީ: ވައްކަންކުރުމަށްފަހު) توبة ވެ (އޭނާގެ عمل) إصلاح ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه އެމީހާގެ މައްޗަށް توبة ލައްވާނެތެވެ. ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ. (39)

އާޔަތުގެ ތަފްސީރު :

ވަގުންގެ ތެރެއިން ތައުބާވެ، އޭނާގެ ޢަމަލުތައް އިޞްލާޙުކުރި މީހާގެ ތައުބާ މާތް ﷲ ޤަބޫލުކުރައްވާނެއެވެ. ފަހެ، މާތް ﷲއީ ގިނަގިނައިން ފާފަ ފުއްސަވާ، އަދި އެމީހެއްގެ ކުށުން ރުޖޫޢަވެ ތައުބާ ވާ މީހާއަށް ނުހަނު އޯގާވަންތަ ރަސްކަލާނގެއެވެ. ވައްކަންކުރާ މީހާގެ އަތް ކެނޑުމަކީ އެ ނުބައި ޖަރީމާ ތަކުރާރުވުން ހުއްޓުވަން އެންމެ ރަނގަޅު ޢުޤޫބާތް ކަމުގައި ޤުރްއާނުގައި މިވަނީ ކަނޑައަޅުއްވާފައެވެ. އެހެނީ، ވައްކަން ކުރާ އަތަކީ ޚިޔާނާތްތެރި، ފާފަވެރި އަތެކެވެ.

މީސްތަކުން މުދަލާއި ފުރާނައާ މެދު ބިރުވެރިކަމެއް ނެތި، އަމާންކަމާއެކު ތިބުމަށްޓަކައި ވައްކަންކުރާ އަތް ކަނޑަން ޖެހެއެވެ. ވައްކަން ކުރާ މީހާގެ މައްޗަށް ވިހި އަހަރު ދުވަހުގެ ޖަލު ހުކުމެއް ކުރުމަށް ވުރެ، އޭނާ ވައްކަންކުރުން ހުއްޓުވަން އޭނާގެ އެއް އަތް ކެނޑުމުން ކުރާ އަސަރު މާ ބޮޑެވެ. މާތް ﷲ އީ އިންސާނުންނަށް މަޞްލަޙަތު ހުރި ގޮތަށް ކަންކަން ޝަރުޢުކުރެއްވުމާއި، މުދަލާއި ފުރާނައިގެ އަމާންކަމާއި ހަމަޖެހުން ޤާއިމްކުރެއްވުމުގައި އެންމެ ޙިކްމަތްވަންތަ ރަސްކަލާނގެއެވެ.

އެކަމަކު، ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ ޝަރުޠުތައް ފުރިހަމަވެގެން ނޫނީ ވައްކަން ކުރާ މީހާގެ އަތް ނުކެނޑޭނެއެވެ. އެޝަރުޠުތަކުގެ ތެރޭގައި ވަގަށް ނެގުނު އެއްޗަކީ އެފަދަ އެއްޗެތި ރައްކާކުރާ ތަނެއްގައި ރައްކާކުރެވިފައި އޮތް އެއްޗަކަށްވުމާއި، ސިއްރުން ނެގުމާއި، އޭގައި ޙާޖަތެއް އަދި ޝުބުހާ އެއް ނެތުމާ މިނޫންވެސް ޝަރުޠު ހިމެނެއެވެ.

(ނޯޓް: ލިޔުއްވީ އަލްއުސްތާޛް ޢަލީ އާދަމް)

ދީން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކޯޓަށް މައްސަލަ ނުދަންޏާ ޤާނޫނުތަކުގެ އިސްލާމްވަންތަކަން ކަށަވަރުކުރެވޭނެ ގޮތެއް ނެތް: ރައީސް

ކޯޓަށް މައްސަލަ ނުދަންޏާ ޤާނޫނުތަކުގެ އިސްލާމްވަންތަކަން ކަށަވަރުކުރެވޭނެ ގޮތެއް ނެތް: ރައީސް

14 ދުވަސް ކުރިން - 13:46

އިސްލާމްދީނާ ޚިލާފު ޤާނޫނުތައް އުފަންވުން ހުއްޓުވަން މަޖިލީހުގެ 3 ވަނަ ދައުރަށް ބޮޑު އިސްލާހެއް!

އިސްލާމްދީނާ ޚިލާފު ޤާނޫނުތައް އުފަންވުން ހުއްޓުވަން މަޖިލީހަށް ބޮޑު އިސްލާހެއް!

14 ދުވަސް ކުރިން - 13:22

ސާފުތާހިރުވުމުގެ ނަމުގައި ހުއްދަ ނޫން މީހުންގެ ކުރިމަތީގައި އައުރަ ކަޝްފުކުރުމަކީ ހަރާމްކަމެއް: ހުތުބާ

ސާފުތާހިރުވުމުގެނަމުގައި ހުއްދަނޫން މީހުންގެ ކުރިމަތީގައި އައުރަ ކަޝްފުނުކުރޭ!

127 ދުވަސް ކުރިން - 13:04

އީރާނު މީހުންނަކީ ކާފަރުންނޭ ބުނެ ފިތުނަ ނުކުރާށެވެ!

އީރާނު މީހުންނަކީ ކާފަރުންނޭ ބުނެ ފިތުނަ ނުކުރާށެވެ!

163 ދުވަސް ކުރިން - 16:28

މާލެސިޓީގައި ފަހު ދިހައިގައި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ މިސްކިތްތައް އިއުލާނުކޮށްފި

މާލެސިޓީގައި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ މިސްކިތްތައް އިއުލާނުކޮށްފި

174 ދުވަސް ކުރިން - 14:05

މިދުނިޔެމަތިން ވެސް ހިތި ނަތީޖާ ފެންނާނެއެވެ!

މިދުނިޔެމަތިން ވެސް ހިތި ނަތީޖާ ފެންނާނެއެވެ!

240 ދުވަސް ކުރިން - 05:56