ޖޮބް ފެސްޓިވަލްގައި 500 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު

ހުސައިން އިސްމާއިލް | 149 ދުވަސް ކުރިން - 23 މޭ 2025 11:26
އެމްއެންޔޫ ޖޮބް ފެސްޓިވަލްގައި އެމްއެންޑީއެފް. / ފޮޓޯ: އެމްއެންޑީއެފް
އެމްއެންޔޫ ޖޮބް ފެސްޓިވަލްގައި އެމްއެންޑީއެފް. / ފޮޓޯ: އެމްއެންޑީއެފް
ޚުލާސާ

މި ފެސްޓިވަލްގައި 70 އަށްވުރެ ގިނަ މުއައްސަސާއިން ބައިވެރިވެފައިވޭ. މީގެ ތެރޭގައި ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ކުންފުނިތައް ހިމެނޭ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމްކޮށްގެން ބާއްވާ އަހަރީ ޖޮބް ފެސްޓިވަލް މިއަދު ފަށައިފިއެވެ. މި ފެސްޓިވަލްގައި 500 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު ހުޅުވާލާފައިވާކަމަށް އެމްއެންޔޫއިން މަޢުލޫމާތު ދީފައިވެއެވެ.

އިއްޔެ ފެށުނު މި ފެސްޓިވަލް ކުރިއަށްދާނީ މިރޭގެ 10 ޖަހަންދެނެވެ. ފެސްޓިވަލްގެ ވަގުތުތަކަކީ ހަވީރު 4 ޖަހާއިރުން 6 ޖަހާއިރަށް އަދި ރޭގަނޑު 8 ޖަހާއިރުން 10 ޖަހާއިރަށެވެ. ފެސްޓިވަލް ކުރިޔަށްދަނީ އެމްއެންޔޫގެ އިދާރީ މަރުކަޒާއި ކެމްޕަސްތަކުގައެވެ.

އެމްއެންޔޫގެ ތަރުޖަމާނެއް ވިދާޅުވި ގޮތުގައި މި ފެސްޓިވަލްގައި 70 އަށްވުރެ ގިނަ މުއައްސަސާއިން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ކުންފުނިތައް ހިމެނެއެވެ. އަދި އެމްއެންޔޫގެ އަމިއްލަ ސްޓޯލްތަކެއްވެސް ހިމެނިފައިވާކަމަށް އެ ފަރާތުން ހާމަކުރިއެވެ.

"މި ފެސްޓިވަލްގެ މަޤްޞަދަކީ ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ ހޯދަން އުޅޭ ފަރާތްތައް ގުޅުވައިދިނުން. ޚާއްޞަކޮށް އަލަށް ދަސްވެނިވާ ދަރިވަރުންނަށް މިއީ ވަރަށް މުހިންމު ފުރުޞަތެއް،" އެމްއެންޔޫން ވިދާޅުވިއެވެ.

މިއީ އާންމުންނަށް ހިލޭ ވަދެވޭގޮތަށް ހުޅުވާލެވިފައިވާ ފެސްޓިވަލެކެވެ.

ޖޮބް ފެސްޓިވަލްގައި ބައިވެރިވާ ފަރާތްތަކަށް ސީދާ ވަޒީފާ ދޭ ފަރާތްތަކާ ބައްދަލުކޮށް، އެ ފަރާތްތަކުން ހުށަހަޅާ ވަޒީފާގެ ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު ސާފުކުރެވޭނެއެވެ. އަދި ބައެއް ހާލަތްތަކުގައި ވަގުތުން އިންޓަވިއުތައް ކުރިއަށް ގެންދިއުމުގެ ފުރުޞަތުވެސް އޮންނާނެ ކަމަށް އެމްއެންޔޫއިން ބުނެފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

މޯޑު

147 ދުވަސް ކުރިން - 09:44

ތީހަމަ ބުނެލާ އަދަދެއް. ތިތަނުން މިހާވެސް ފެންނަންތިތިބީ ސިފައިން. އެމީހުންވެސް ބުނާނެ ބެޗެއްގައި 100 އަށްވުރެ ޣިނަ މީހުން ނަގަމޭ އެއަދަދުވެސް ލައިގެން ތހިކިޔަނީ އެކަމު މިހާރުވެސް އެތިބީ އެތަނުން ވެސް ވަޒީފާގެ ހުރިހާއިންޓަވިއުއާ މެޑިކަލް ވެސް ނިމިފައި އެކަމު ބަޖެޓް ނެތިގެން ވަޒީފާއަށް ނުނެރެ އެތައް ބައެއް ބައިތިއްބާފައި. ދެން އެތަނުންވެސް ނަގާނީ ހަމަ ބޮޑެތިމީހުންގެ ދަރިންކޮޅު އެކަނި މުޅިންވެސް ބޮޑެތިމީހުންގެ ދަރިންނަށް ދޭ ވަޒީފާ ހުންނާނީ