ކޮވިޑް-19ގެ ކޭސްތައް އަނެއްކާވެސް އިތުރުވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

އަައިޝަތު ޒީނާ | 13 ގަޑިއިރު ކުރިން - 23 މޭ 2025 11:00
ކޮވިޑް-19 ވެކްސިން.
ކޮވިޑް-19 ވެކްސިން.
ޚުލާސާ

އެޗްޕީއޭއިން ބުނީ މިދުވަސްވަރު ޑެންގޫއާއި، ހުމާއި، އިންފްލުއެންޒާ ފަދަ އާންމު ބަލިތައްވެސް ފެެތުރެމުން އަންނަ ކަމަށް.

މިފަހަކަށް އައިސް ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުން އަންނާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ ފާއިތުވި ހަފްތާތަކުގައި ކޮވިޑް-19ގެ ކޭސްތައް ރިޕޯޓުކުރާ ވަރު އިތުރުވެފައިވާ ކަމަށާއި ބަލިން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރާ ކަމަށެވެ. ނަމަވެސް ކޮވިޑް-19 ގެ ރިޕޯޓުކޮށްފައިވަނީ ކިތައް ކޭސްކަމެއް އެޗްޕީއޭއިން ހާމަކޮށްފައެއް ނުވެއެވެ.

އެޗްޕީއޭއިން ބުނީ މިދުވަސްވަރު ޑެންގޫއާއި، ހުމާއި، އިންފްލުއެންޒާ ފަދަ އާންމު ބަލިތައްވެސް ފެެތުރެމުން އަންނަ ކަމަށެވެ. އަދި މި ބަލިތަކަކީ އާންމުކޮށް މި ދުވަސްވަރާ ދިމާކޮށް އިތުރުވާ ބަލިތައް ކަމަށް އެޗްޕީއޭއިން ފާހަގަކުރިއެވެ.

އެޗްޕީއޭއިން ބުނީ މި ބަލިތަކުގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި އެއާ ގުޅޭ މަޢުލޫމާތުތައް ހިއްސާކުރަމުން ގެންދާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%