މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަ ތަރައްގީއާއެކު ރާއްޖޭގެ ޓޫރިޒަމްގެ ސިނާއަތް ކުރިއަރައި, ދިވެހިންނަށް އިގުތިސާދީ އިތުރު ފުރުސަތުތައް ފަހިވަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ,
ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަތަމަ ފަހަރަށް ބޮއިން 777 މަރުކާގެ ވައިޑް ބޮޑީ މަތިންދާބޯޓެއް ޖެއްސުމުން އެ ތާރީހީ ކާމިޔާބީ ފާހަގަކުރައްވައިފަ އެވެ. އެ އެއާޕޯޓަށް ޖެއްސީ އެމިރޭޓްސް އެއާލައިންގެ ބޯޓެކެވެ.
ސައީދު ވިދާޅުވީ މި ކާމިޔާބީއަކީ ރާއްޖޭގެ އޭވިއޭޝަންގެ ދާއިރާ ލިބުނު ކުރިއެރުމާ އެކު މަތީ ފަންތީގެ ޓޫރިސްޓުންނަށް ރާއްޖެއަށް އައުމުގައި ފަސޭހަވާނެ ކަމެއް ކަމަށެވެ. އަދި އެ އެއާޕޯޓަށް ގެންނަ ތަރައްގީއާ އެކު, ރާއްޖޭގެ ޓޫރިޒަމްގެ ސިނާއަތް ކުރިއަރައި ދިވެހިންނަށް އިގުތިސާދީ އިތުރު ފުރުސަތުތައް ފަހިވާނެ ކަމަށް ވިދާޅުވި އެވެ.
މާފަރު އެއަޕޯޓަށް އެންމެ ބޮޑެތި ބޯޓުތައް ޖެއްސުމަށް ސެޓިފިކޭޝަން މަރުހަލާ ކުރިއަށް ގެންދާއިރު, އެ މަރުހަލާ ނިމުމުން ރިކުއެސްޓް އަންނަ ވަރަކުން ފްލައިޓްތަކަށް ޖެއްސޭނެ ކަމަށް އެ އެއާޕޯޓް ހިންގާ މޯލްޑިިވިއަނުން ބުންޏެވެ.