Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން އެތައް މިލިއަން ބަޔަކު ފަޤީރުވެދާނެ ކަމުގެ ބިރު!

ޢަބްދުﷲ ޖުނައިދު
515 ދުވަސް ކުރިން - 22 މެއި 2025 12:41
އޭއައިގެ ސަބަބުން ދުނިޔޭގެ 4 ބައިކުޅަ އެއްބައި މީހުންގެ ވަޒީފާ ގެއްލުން އެކަށީގެންވާ ކަމަށް ދިރާސާއިން ދައްކާ.
އޭއައިގެ ސަބަބުން ދުނިޔޭގެ 4 ބައިކުޅަ އެއްބައި މީހުންގެ ވަޒީފާ ގެއްލުން އެކަށީގެންވާ ކަމަށް ދިރާސާއިން ދައްކާ.
ޚުލާސާ

ޖެނެރޭޓިވް އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން ދުނިޔޭގެ 4 ބައިކުޅަ އެއްބައި މީހުންގެ ވަޒީފާ ގެއްލުން އެކަށީގެންވޭ.

ޓެކްނޮލޮޖީ ކުރިއަރައި ދިރިއުޅުމުގައި ވަގުތު ސަލާމްކުރެވޭނެ ގޮތް ފެނިއްޖެއެވެ. ރާއްޖޭގައި މިހާރު ދުވަހު ނޫސްތަކުން ފެށިގެން އަމިއްލަ ކުންފުނިތަކާއި ކޮލެޖުތަކާއި ސްކޫލްތަކުގެ އިތުރުން މިނިސްޓްރީ ތަކާއި ވުޒާރާތަކުގައި ވެސް ޖެނެރޭޓިވް އާޓިފިޝަލް އިންޓެލިޖެންސް މަޤްބޫލުވެއްޖެއެވެ. މިއީ އެއްގޮތަކުން ބަލާކަމުގައި ވަނީނަމަ ކުރިއެރުމެކެވެ. އަނެއް ނަޒަރުން ބަލާނަމަ ގިނަ ބަޔަކު ފަޤީރުކޮށްލާނެ ބިރެކެވެ.

އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައިއެލްއޯ) އާއި ޕޮލެންޑްގެ ނެޝަނަލް ރިސާރޗް އިންސްޓިޓިއުޓް (އެންއޭއެސްކޭ) އިން އާންމުކޮށްފައިވާ ރިޕޯޓެއް އަޅުގަނޑު ކިޔައިލީމެވެ. އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަޒީފާ އަދާކުރާ މީހުންގެ ތެރެއިން 25 ޕަސަންޓު މީހުންގެ ވަޒީފާއަކީ އޭއައިގެ ސަބަބުން ހަމަ ޔަޤީން ކަށަވަރުކަމާއެކު ނުރައްކަލުގައި ޖެހިދާނެ ވަޒީފާތަކެކެވެ. މީގެ ތެރޭގައި އެންމެ ބޮޑު ބިރަކާއި ކުރިމަތިލާން ޖެހޭނީ އޮފީސް ތަކުގައި އުޅޭ މީހުންނާއި ޑިޖިޓަލް ދާއިރާގައި ޙަރަކާތްތެރިވާ މީހުން ކަމުގައި އެ ރިޕޯޓުގައި ބުނެފައިވެއެވެ.

"ޖެނެރޭޓިވް އޭއައި އެންޑް ޖޮބްސް: އަ ރިފައިންޑް ގްލޯބަލް އިންޑެކްސް އޮފް އޮކިއުޕޭޝަނަލް އެކްސްޕޯޝަރ" މި ނަމުގައި ނެރެފައިވާ މި ރިޕޯޓަކީ ޖެންއޭއައިގެ ސަބަބުން ވަޒީފާތަކަށް އަންނާނެ ބަދަލުތަކާއި ގުޅޭގޮތުން މިހާތަނަށް ދުނިޔޭގައި ނެރެފައިވާ އެންމެ ތަފްސީލީ ދިރާސާ ކަމަށް ބެލެވެއެވެ.

Advertisement

Advertisement 1

ނަމަވެސް މި ދިރާސާއިން ދައްކާގޮތުގައި ޖެންއޭއައިގެ ސަބަބުން ވަޒީފާތައް ގެއްލުމަށްވުރެ ބޮޑަށް ވަޒީފާތަކަށް ބަދަލު އަންނާނެ ކަމަށް ލަފާ ކޮށްފައި ވެއެވެ.

އެންމެ ބޮޑު ނުރައްކަލެއް އޮތީ ކުރިއަރާފައިވާ ޤައުމުތަކަށް

މި ދިރާސާއިން ދައްކާގޮތުގައި ޖެންއޭއައިގެ ސަބަބުން ނުރައްކަލުގައި ޖެހޭ މިންވަރު 25 އިންސައްތައިގައި ހުރި ނަމަވެސް، ދުނިޔޭގައި އެންމެ ބޮޑަށް ތަރައްޤީ ވެފައިވާ އަދި މުވައްޒަފުންނަށް ބޮޑު މުސާރަ ލިބޭ ގައުމުތަކުގައި ވަޒީފާގެ އާބާދީ ގެއްލޭ މިންވަރު 34 ޕަސަންޓަށް އަރާނެ ކަމަށް ލަފާ ކޮށްފައި ވެއެވެ. ސަބަބަކީ އެ ގައުމުތަކުގައި ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރާ މިންވަރު މަތިވުމުގެ ސަބަބުންނެވެ.

ކަށަވަރު ކަމާއިއެކު ފާހަގަ ކުރެވޭ ކަމަކީ އެފަދަ ޤައުމުތަކުގައި އޮފީސް ތަކާއި ފެކްޓަރީ ތަކުގެ އިދާރީ އަދި ޑޭޓާ އެންޓްރީ ކުރުން ފަދަ ގިނަ މަސައްކަތްތައް ކުރާނީ އޭއައި ޓެކްނޮލޮޖީގެ އެހީގައެވެ. އެހެންކަމުން އެ ވަޒީފާތަކަށް އިންސާނުންގެ ބޭނުމެއް ނެތެވެ. މީގެ އިތުރުން މީޑިއާ، ސޮފްޓްވެއަރ ޑިވެލޮޕްމަންޓް އަދި ފައިސާއާއި ގުޅޭ ދާއިރާގެ ވަޒީފާތަކަށް ވެސް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް އެ ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.

ފާހަގަ ކޮށްލަން ޖެހޭ ކަމަކީ، މި ދިރާސާއަކީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން މިދިޔަ އަހަރު ކުރި އެސެސްމަންޓާއި އެއްގޮތް ދިރާސާއެކެވެ. އައިއެމްއެފްގެ އެސެސްމަންޓުގައި ބުނެފައިވަނީ އޭއައިގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަޒީފާ އަދާކުރާ 40 ޕަސަންޓް މީހުންނަށް އަސަރުކުރާނެ ކަމަށެވެ. އެ ރިޕޯޓުގައި ވެސް އެންމެ ބޮޑު އަސަރެއް ކުރާނީ ތަރައްޤީވެފައިވާ އިޤްތިޞާދުތަކަށް ކަމަށް ބުނެފައި ވެއެވެ. އެހެންކަމުން އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން އެތައް މިލިޔަން މީހުން ފަޤީރު ވެދާނެ ކަމުގެ ބިރު އެބައޮތެވެ.

ޓެކްނޮލޮޖީރިޕޯޓްރިޕޯޯޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ޔަމަނުގެ ހާލަތު އިންތިހާއަށް ގޯސްވެ، ބޮޑު ކާރިސާއަކާ ދިމާއަށް!

ޔަމަނުގެ ހާލަތު އިންތިހާއަށް ގޯސްވެ، ބޮޑު ކާރިސާއަކާ ދިމާއަށް!

3 ދުވަސް ކުރިން - 15:00

ރަސްމާލެއިން ބިން ދިނަސް ޕްރޮޕަޓީ އޮންނާނީ ދައުލަތުގެ މިލްކެއްގެ ގޮތުގައި

ރަސްމާލެއިން ބިން ދިނަސް ޕްރޮޕަޓީ އޮންނާނީ ދައުލަތުގެ މިލްކެއްގެ ގޮތުގައި

22 ދުވަސް ކުރިން - 14:25

ސިޔާސީ ހަސަދައާއި ބަދަލުހިފުމުގެ ނޭދެވޭ ސަގާފަތް މިސަރުކާރުން ނިމުމަކަށް ގެންނަވައިފި

ސިޔާސީ ހަސަދައާއި ބަދަލުހިފުމުގެ ނޭދެވޭ ސަގާފަތް މިސަރުކާރުން ނިމުމަކަށް ގެންނަވައިފި

32 ދުވަސް ކުރިން - 10:56

ހިޒްބުﷲއަކީ އީރާނުގެ ޕަޕެޓެއް ނޫން ކަން އެނގި އިޒުރޭލް ކުޑަކަކޫ މައްޗަށް!

ހިޒްބުﷲއަކީ އީރާނުގެ ޕަޕެޓެއް ނޫން ކަން އެނގި އިޒުރޭލް ކުޑަކަކޫ މައްޗަށް!

73 ދުވަސް ކުރިން - 16:45

ޣައްޒާ ހަނގުރާމަ އަށް 1000 ދުވަސް، އިޒުރޭލުގެ މަޤްޞަދު ޙާޞިލެއް ނުވި

ޣައްޒާ ހަނގުރާމަ އަށް 1000 ދުވަސް، އިޒުރޭލުގެ މަޤްޞަދު ޙާޞިލެއް ނުވި

107 ދުވަސް ކުރިން - 11:40

ރާއްޖެއަށް އެހީތެރިވި ޕްރޮފެސަރާއި އޭނާގެ ދަރިވެސް މަރު!

ރާއްޖެއަށް އެހީތެރިވި ޕްރޮފެސަރާއި އޭނާގެ ދަރިވެސް މަރު!

157 ދުވަސް ކުރިން - 19:43