ފަތުރުވެރިކަން ކުރިއަރުވައި ތިމާވެށި ރައްކާތެރި ކުރުމަށް ލިވަޕޫލާއެކު މަޝްވަރާ ކޮށްފި

އަައިޝަތު ޒީނާ | 28 ދުވަސް ކުރިން - 22 މޭ 2025 10:00
ލިވަޕޫލް އެފްސީއާއެކު ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް މަޝްވަރާކުރުން. / ފޮޓޯ: މިނިސްޓްރީ
ލިވަޕޫލް އެފްސީއާއެކު ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް މަޝްވަރާކުރުން. / ފޮޓޯ: މިނިސްޓްރީ
ޚުލާސާ

ލިވަޕޫލް އެފްސީއާއި ރާއްޖެއާ ދެމެދު ގުޅުން ބަދަހިކޮށް، އެ ކްލަބު މެދުވެރިކޮށް ރާއްޖޭގެ ފަތުރުވެރިކަމާއި ރާއްޖޭގައި ތިމާވެށި ރައްކާތެރިކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކޮށްފި.

ޔޫރަޕްގެ ފުޓްބޯލައިގެ ގަދަ ބާރު ކަމަށްވާ ލިވަޕޫލް އެފްސީ މެދުވެރިކޮށް ރާއްޖޭގެ ފަތުރުވެރިކަމާއި ރާއްޖޭގައި ތިމާވެށި ރައްކާތެރިކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތަކުގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް (އެމް.އެމް.ޕީ.އާރް.ސީ)ގެ އިތުރުން މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤް އިބްރާހިމް ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްވަރާގައި ކުރިއަށް އޮތް ސީޒަނުގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ލިވަޕޫލާއި ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ބެހޭގޮތުން ވަރަށް ފުޅާކޮށް މަޝްވަރާކުރިއެވެ.

ލިވަޕޫލް އެފްސީގެ 'ދަ ރެޑް ވޭ' އިނިޝިއޭޓިވްގެ ދަށުން ރާއްޖޭގައި ތިމާވެށި ރައްކާތެރިކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުންވެސް މަޝްވަރާކުރިއިރު، ދެފަރާތުން ގުޅިގެން ކުރާނެ ކަންކަމާ ބެހޭގޮތުން މިކަމުގައި މަޝްވަރާ ކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.

"ލިވަޕޫލް އެފްސީގެ ވަފުދާއެކު ވަރަށް ރަނގަޅު މަޝްވަރާތަކެއް ކުރެވުނު. ކުރިއަށް އޮތް ސީޒަނުގައި އަޅުގަނޑުމެން ގުޅިގެން ކުރާނެ މަސައްކަތްތަކާ ބެހޭގޮތުން ވަރަށް ފުޅާކޮށް މަޝްވަރާކުރެވުނު އަދި އެކަމާ ވަރަށް ބޮޑަށް ހިތްހަމަޖެހުނު." ބައްދަލުވުމަށްފަހު މިނިސްޓަރ ވިދާޅުވިއެވެ.

'ދަ ރެޑް ވޭ' އިނިޝިއޭޓިވްގެ ދަށުން ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ލިވަޕޫލް އެފްސީއާއެކު މަސައްކަތްކުރުމަށް ވަރަށް ބޮޑަށް އުފާވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމަކީ ރާއްޖޭގެ ފަތުރުވެރިކަން ބައިނަލްއަޤްވާމީ ފެންވަރުގައި އިތުރަށް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެއްކަމަށް މިނިސްޓްރީން ފާހަގަކުރިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%