ރާއްޖޭގައި ފުރަތަމަ ފަހަރަށް އޮނާއި ބެހޭ ދިރާސާއެއް ހަދަނީ

އަހްމަދު އީޒާން | 17 ގަޑިއިރު ކުރިން - 21 މޭ 2025 22:11
އޮނާ ބެހޭ ދިރާސާކުރުމަށް އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު / ފޮޓޯ: އެމްއެންޔޫ
އޮނާ ބެހޭ ދިރާސާކުރުމަށް އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު / ފޮޓޯ: އެމްއެންޔޫ
ޚުލާސާ

އެޓްމޮސްފިއާ ފައުންޑޭޝަންގެ ފަރާތުން ރާއްޖޭގެ އުތުރުގެ ދެ ރަށް ކަމަށްވާ ވައިކަރަދު އާއި ގޮއިދޫގައި އަންނަނީ އޮނު އާލާކުރުމުގެ ބޮޑު މަޝްރޫއެއް ހިންގަމުން.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އޮނާއި ބެހޭ ދިރާސާއެއް ހެދުމަށް ގައުމީ ޔުނިވާސިޓީ، އެމްއެންޔޫ އާއި އެޓްމޯސްފިއާ ފައުންޑޭޝަނާއެކު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެމްއޯޔޫގައި އެ ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އާދަމެވެ. އަދި އެޓްމޯސްފިއާ ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ ނައިބު ރައީސް އަބްދުލް އަޒީޒް އަބްދުލް ހަކީމެވެ.

ރާއްޖޭގައި އޮނާއި ބެހޭ ދިރާސާއެއް ހަދަނީ.

އޮނަކީ ތިމާވެއްޓާ ރައްޓެހި، ޖައްވުގައި އޮކްސިޖެން ލެވެލް މަތިކޮށްދިނުމަށް އެހީވެދޭ ބާވަތެކެވެ. މިއީ ޖައްވަށް ބޭރުކުރާ ވިހަ މާއްދާއިން ލިބޭ ގެއްލުން ކުޑަކޮށްދިނުމަށް ވެސް ވަރަށް ބޮޑަށް އެހީވެދޭ ބާވަތެކެވެ.

އެޓްމޮސްފިއާ ފައުންޑޭޝަންގެ ފަރާތުން ރާއްޖޭގެ އުތުރުގެ ދެ ރަށް ކަމަށްވާ ވައިކަރަދު އާއި ގޮއިދޫގައި އަންނަނީ އޮނު އާލާކުރުމުގެ ބޮޑު މަޝްރޫއެއް ހިންގަމުންނެވެ. އެ ރަށްރަށުގެ ތަޖުރިބާ އާއި އެ ރަށްރަށުން ނަގާ މައުލޫމާތުތައް މި ދިރާސާގައި ބޭނުންކުރުމަށް ވަނީ ނިންމައިފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%