މ. އަތޮޅުގެ ރަށްތަކުގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ފަށައިފި

އަހްމަދު އީޒާން | 7 ގަޑިއިރު ކުރިން - 22 މޭ 2025 13:44
މ. ކޮޅުފުށީގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު / ފޮޓޯ: ލޯކަލް ގަވަނެންސް މިނިސްޓްރީ
މ. ކޮޅުފުށީގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު / ފޮޓޯ: ލޯކަލް ގަވަނެންސް މިނިސްޓްރީ
ޚުލާސާ

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެއް.

މ. އަތޮޅުގެ ގިނަ ރަށްތަކުގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ފަށައިފި އެވެ.

އިއްޔެ އާއި މިއަދު މި ހިދުމަތް ފެށި އެ އަތޮޅުގެ ރަށްތަކުގެ ތެރޭގައި ކޮޅުފުށި, ނާލާފުށި, ވޭވަށް, މުލަކު, ރަތްމަންދޫ އަދި ދިއްގަރު ހިމެނެ އެވެ.

އެ ރަށްރަށުގައި ބޭއްވި ރަސްމިއްޔާތުތަކުގައި އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވީ ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރެވެ. އަދި އެ ރަސްމީއްޔާތުތަކުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި ބޭންކުގެ އިސްވެރިންނާއި ރަށު ކައުންސިލްތަކުގެ މެމްބަރުންނާއި އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ދިނުމަށް ބީއެމްއެލް އާއި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން މިހާތަނަށް ވަނީ ހއ. އަތޮޅާއި ދ. އަތޮޅު އަދި ނ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ދޭން ފަށައިފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%