Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރޭ ފަތިހު ޔަހޫދީން ޣައްޒާގައި ހިންގި ޖަރީމާތަކުގައި 90 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި

ރޭ ފަތިހު ޔަހޫދީން ޣައްޒާގައި ހިންގި ޖަރީމާތަކުގައި 90 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި

ޖަވާދު
466 ދުވަސް ކުރިން - 21 މެއި 2025 12:05
ޣައްޒާގައި ޝަހީދު ކޮށްލާފައިވާ ބައެއް ހަށިތައް ބޮޑީބޭގުގައި ތިބިއިރު، ކައިރިގައި އިނދެގެން އަންހެނަކު ރޮނީ: ޣައްޒާގައި ޔަހޫދީން ހިންގާ ޖަރީމާތައް ދަނީ އިތުރުވަމުން.
ޣައްޒާގައި ޝަހީދު ކޮށްލާފައިވާ ބައެއް ހަށިތައް ބޮޑީބޭގުގައި ތިބިއިރު، ކައިރިގައި އިނދެގެން އަންހެނަކު ރޮނީ: ޣައްޒާގައި ޔަހޫދީން ހިންގާ ޖަރީމާތައް ދަނީ އިތުރުވަމުން.
ޚުލާސާ

އިއްޔެއާއި ރޭ ފަތިހު ވައިގެ މަގުން ޔަހޫދީން ދިނީ ވަރަށް ނުރައްކާތެރި ޙަމަލާތަކެއް. 90 އަށްވުރެ ގިނަ މީހުން ޝަހީދުވެ 300 އެއްހާ މީހުން ޒަޚަމްވި.

ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ އިތުރަށް ވަރުގަދަވެ އިސްރާއީލުގެ ވައިގެ ހަމަލާތަކުން މިއަދުވެސް 90 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލައިފިއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ޝަހީދުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނެއެވެ.

ރޭ ފަތިހު އިސްރާއީލުގެ މަތިންދާބޯޓުތަކުން ޣައްޒާގެ އެކި ސަރަޙައްދުތަކުގައި ހުރި އަވަށްތަކަށް ހަމަލާދީފައިވެއެވެ. އުތުރު ޣައްޒާގެ ޖަބާލިއާ އަލް-ބަލަދުގައި ހުންނަ ގެއަކަށް އަމާޒުކޮށް އެތަން ފުނޑުފުނޑުކޮށްލަން ދިން ހަމަލާއެއްގައި 11 މީހުން ޝަހީދުވެ 13 މީހުން ޒަޚަމްވިއެވެ. މީގެ އިތުރުން ޣައްޒާގެ ދައިރު އަލް-ބަލަޙްގައި ހުންނަ ގެއަކަށް ދިން ބޮމު ހަމަލާއެއްގައި އެތަނުން ވެސް ފަސް މީހުން ޝަހީދުވިއެވެ. މީގެ ތެރޭގައި 4 ކުޑަކުދިން ހިމެނެއެވެ. އަދި ދެކުނު ޣައްޒާގެ ޚާން ޔޫނިސްގެ އަބަސާން އަލް-ކަބީރާ އާއި މަޢާން ސަރަޙައްދުގެ ގޭގެއަށް ދިން ހަމަލާތަކުގައި ވެސް އިތުރު ހަތް މީހުން ޝަހީދުވިއިރު އިތުރު އެހެން ތަންތަނުން ގިނަ ބަޔަކު ޝަހީދު ކޮށްލި ކަމަށް މަސްދަރުތަކުން ބުނެއެވެ.

ޣައްޒާގެ ސިއްޙީ މިނިސްޓްރީން ބުނާ ގޮތުގައި 24 ގަޑިއިރުގެ ތެރޭގައި 90 މީހުން ޝަހީދުވެ 290 މީހުން ޒަޚަމްވެފައިވެއެވެ.

Advertisement

Advertisement 1

މި ހަމަލާތަކުން ޣައްޒާގެ އިންސާނީ ހާލަތު އިތުރަށް ގޯސްވެފައިވެއެވެ. އދ. އިން އިންޒާރުދީފައިވާ ގޮތުގައި ކުރިޔަށް އޮތް ދެތިންދުވަހު 14،000 އަށްވުރެ ގިނަ ކުޑަކުދިން ބަނޑުހައިވުމުގެ ނުރައްކަލާ ކުރިމަތިލާން ޖެހި މަރުވެދާނެ ކަމުގެ ބިރު އެބަ އޮތެވެ.

ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުން ގޮވާލަމުންދިޔަ ނަމަވެސް، އިސްރާއީލުން ވަނީ ޣައްޒާގައި އެ ޤައުމުގެ އެއްގަމު ހަމަލާތައް އިތުރުކުރުމަށް ނިންމާފައެވެ.

މި ހަނގުރާމަ ފެށުނުތާ 20 މަސް ވެފައިވާއިރު، ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 60،000 އަށްވުރެ މައްޗަށް އަރާ ކަމަށް ބައެއް މަސްދަރުތަކުން ރިޕޯޓް ކުރެއެވެ. މީގެ ތެރެއިން ގިނަ އަދަދެއްގެ މީހުންނަކީ އަންހެނުންނާއި ކުޑަކުދިންނެވެ.

ޣައްޒާއިސްރާއީލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

23 ގަޑިއިރު ކުރިން - 11:13

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

2 ދުވަސް ކުރިން - 22:41

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

8 ދުވަސް ކުރިން - 15:57

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

8 ދުވަސް ކުރިން - 14:34

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

11 ދުވަސް ކުރިން - 19:36

ހަނގުރާމަ ހުއްޓުނަސް ކަފުންކުރުން ނުހުއްޓޭ - ޣައްޒާ ފަސްގަނޑުން އަދިވެސް ފެންނަނީ ހަށިގަނޑުތައް

ހަނގުރާމަ ހުއްޓުނަސް ކަފުންކުރުން ނުހުއްޓޭ - ޣައްޒާއިން އަދިވެސް ފެންނަނީ ހަށިގަނޑުތައް

18 ދުވަސް ކުރިން - 14:25