Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ކުރިޔަށް އޮތް 48 ގަޑިއިރުތެރޭ ޢައްޒާގެ 14000 ކުޑަކުދިން މަރުވެދާނެ ކަމުގެ ބިރު އެބައޮތް: އދ

ކުރިޔަށް އޮތް 48 ގަޑިއިރުތެރޭ ޢައްޒާގެ 14000 ކުޑަކުދިން މަރުވެދާނެ ކަމުގެ ބިރު އެބައޮތް: އދ

ޖަވާދު
387 ދުވަސް ކުރިން - 20 މެއި 2025 23:57
ކުއްލި ޚަބަރު: ކުރިޔަށް އޮތް 48 ގަޑިއިރުތެރޭ ޢައްޒާގެ 14000 ކުޑަކުދިން މަރުވެދާނެ ކަމުގެ ބިރު އެބައޮތް: އދ
ކުއްލި ޚަބަރު: ކުރިޔަށް އޮތް 48 ގަޑިއިރުތެރޭ ޢައްޒާގެ 14000 ކުޑަކުދިން މަރުވެދާނެ ކަމުގެ ބިރު އެބައޮތް: އދ
ޚުލާސާ

48 ގަޑިއިރުތެރޭ 14000 ކުޑަކުދިން މަރުވުމުގެ ނުރައްކާ އޮތްއިރު، 11 މަސްތެރޭ 71000 ކުދިން ނުރައްކާތެރި ޙާލަތަކަށް ވެއްޓޭނެ ކަމަށް އދ. އިން ބުނޭ.

ޣައްޒާގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެ ސަރަޙައްދުގައި ދިރިއުޅޭ 14،000 ކުޑަކުދިން ކުރިޔަށް އޮތް 48 ގަޑިއިރުގެ ތެރޭގައި މަރުވުމުގެ ނުރައްކާ ކުރިމަތިވެފައިވާ ކަމަށް އދ. އިން ހާމަކޮށްފިއެވެ.

އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ ކޮމިޝަންގެ ތަރުޖަމާނު ޖެންސް ލާކެ ވިދާޅުވި ގޮތުގައި، މި 14،000 ކުދިންނަކީ ކާބޯތަކެތި ނުލިބުމުގެ ސަބަބުން ނުރައްކާތެރި ހާލަތެއްގައި ތިބި ކުދިންނެވެ. އަދި މި ކުދިންނަށް ވަގުތުންވަގުތަށް އެހީ ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އދ. ގެ އިންސާނީ އެހީތެރިކަމާބެހޭ ވެރިޔާ ޓޮމް ފްލެޗަރ ވިދާޅުވި ގޮތުގައި، މި 14،000 ކުދިން މަރުވެދާނެ ކަމުގެ މަޢުލޫމާތު ލިބިފައިވަނީ އައި.ޕީ.ސީ. (އިންޓެގްރޭޓެޑް ފުޑް ސެކިއުރިޓީ ފޭސް ކްލެސިފިކޭޝަން) އިން ކުރި ދިރާސާއަކުންނެވެ. މި ދިރާސާގައި ވަނީ އަންނަ 11 މަސްދުވަހުގެ ތެރޭގައި 5 އަހަރުން ދަށުގެ 71،000 ކުދިން ކާބޯތަކެތި ނުލިބުމުގެ ސަބަބުން ނުރައްކާތެރި ހާލަތަކަށް ވެއްޓިދާނެ ކަމަށް ލަފާކޮށްފައެވެ. އޭގެ ތެރެއިން 14،100 ކުދިން ތިބޭނީ އެންމެ ނުރައްކާތެރި ހާލަތުގައި ކަމަށްވެސް މި ދިރާސާއިން ދައްކައެވެ.

Advertisement

Advertisement 1

ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެ ސަރަޙައްދަށް އެހީ ފޯރުކޮށްދިނުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އދ. އިން ބުނެއެވެ. އަދި މިކަމުގެ ސަބަބުން އާބާދީގެ ބޮޑު ބައެއް ކާބޯތަކެއްޗާއި ބޭސްފަރުވާ ނުލިބި ދަތި ހާލުގައި ޖެހިފައިވާ ކަމަށްވެސް އދ. އިން ވަނީ ހާމަކޮށްފައެވެ.

ފްރާންސާއި ކެނެޑާ އަދި އިނގިރޭސި ވިލާތުން ވަނީ އިޒްރާއީލާއެކު ވިޔަފާރީގެ ގުޅުން ކަނޑާލާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.

ޣައްޒާއދ
Ad
Ad

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޣައްޒާގެ އެތައް ތަނަކަށް ޔަހޫދީން އެބަ ޙަމަލާދޭ

ޣައްޒާގެ އެތައް ތަނަކަށް ޔަހޫދީން އެބަ ޙަމަލާދޭ

17 ގަޑިއިރު ކުރިން - 13:37

ބޭސް ހުސްވެ ޣައްޒާގެ 4000 އަށްވުރެ ގިނަ މީހުންގެ ފުރާނަ ނުރައްކަލުގަ

ބޭސް ހުސްވެ ޣައްޒާގެ 4000 އަށްވުރެ ގިނަ މީހުންގެ ފުރާނަ ނުރައްކަލުގަ

7 ދުވަސް ކުރިން - 12:37

ޣައްޒާއިން އަނެއްކާވެސް އިތުރު 8 މީހުން ޝަހީދުކޮށްލައިފި

ޣައްޒާއިން އަނެއްކާވެސް އިތުރު 8 މީހުން ޝަހީދުކޮށްލައިފި

7 ދުވަސް ކުރިން - 07:38

ހަނގުރާމަ ނިމިއްޖެއޭ ބުނެ ޝަހީދުކޮށްލި މީހުންގެ ޢަދަދު 930 އަށް

ހަނގުރާމަ ނިމިއްޖެއޭ ބުނެ ޝަހީދުކޮށްލި މީހުންގެ ޢަދަދު 930 އަށް

11 ދުވަސް ކުރިން - 20:23

ފައިސާ ނުލިބުމުން ޓްރަމްޕްގެ ގާޒާ “ބޯޑް އޮފް ޕީސް" ފެއިލްވަނީ

ޓްރަމްޕްގެ ގާޒާ “ބޯޑް އޮފް ޕީސް" އަށް ފަންޑު ނުލިބި ފެއިލްވަނީ

14 ދުވަސް ކުރިން - 00:39

ހަމާސްގެ ލީޑަރު  އޭނާގެ އާއިލާއާއި އެކު ޝަހީދުކޮށްލައިފި

ހަމާސްގެ ލީޑަރާއި އޭނާގެ އާއިލާ ޝަހީދުކޮށްލައިފި

15 ދުވަސް ކުރިން - 00:41