މުލި-ނާލާފުށި ކޯޒްވޭގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

އާނާ ފަހީމް | 8 ގަޑިއިރު ކުރިން - 20 މޭ 2025 19:34
މުލަކަތޮޅު މުލި އަދި ނާލާފުށި ގުޅުވާލުމަށްޓަކައި ޢިމާރާތްކުރެވޭ ކޯޒްވޭގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ރަސްމީކޮށް ފައްޓަވައިދެއްވުން/ ފޮޓޯ: ޕީއެސްއެމް
މުލަކަތޮޅު މުލި އަދި ނާލާފުށި ގުޅުވާލުމަށްޓަކައި ޢިމާރާތްކުރެވޭ ކޯޒްވޭގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ރަސްމީކޮށް ފައްޓަވައިދެއްވުން/ ފޮޓޯ: ޕީއެސްއެމް
ޚުލާސާ

މުއްޔާއި ނާލާފުށި ގުޅުވާލުމަށްޓަކައި ޢިމާރާތްކުރެވޭ ކޯޒްވޭގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ރަސްމީކޮށް ފައްޓަވައިދެއްވައިފި. 125 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅިފައިވާ މި މަޝްރޫޢު ނިންމުމަށް 600 ދުވަސް.

މުލަކަތޮޅު މުލި އާއި ނާލާފުށި ގުޅާލުމަށް ހަދާ ކޯޒްވޭގެ ޢަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފައްޓަވައިދެއްވައިފިއެވެ.

މި މަޝްރޫޢުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މި މަސައްކަތް ކުރުމަށް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 125.58 މިލިއަން ރުފިޔާއަށް، 600 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މުލީ އެއަރޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި މި މަޝްރޫޢުއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ދެރަށް ގުޅުވާލުމަކީ އިޤްތިޞާދީ މަސައްކަތެއްކަމަށާއި، ދެރަށް ގުޅުވާލުމުން ދެރަށުގެ ރައްޔިތުންނަށްވެސް ފައިދާވާނެ ކަމަށެވެ.

"ނާލަފުށީގެ ރައްޔިތުންނަށް ނުލިބޭ ޚިދުމަތްތަކެއް ލިބޭނެ. ދެރަށުގެ ރައްޔިތުންނަށްވެސް ފައިދާ އެބަވޭ. އެމްޓީސީސީއާއެކު ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ އީއައިއޭވެސް ވަނީ ނިންމާފައި. އެހެންވީމަ މަސައްކަތް ފެށިގެން ނުހުއްޓި ބާރަށް ކުރިއަށްދާނެކަމަށް ޔަޤީންކުރަން. ދީފައި އޮތް މުއްދަތަށްވުރެ އަވަހަށް ނިންމާނެކަމަށް ޔަޤީންކުރަން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން 655 މީޓަރުގެ ދިގު ކޯޒްވޭއެއް އެޅުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން 112 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 15 މީޓަރުގެ ގްރޮއިން ޖެހުމަށް ހަމަޖެހިފައިވާއިރު މަގު ހެދުމާއި، ތާރު އެޅުމާއި، މަގު ބައްތި ޖެހުން މި މަޝްރޫޢުގައި ހިމެނެއެވެ.

ކޯޒްވޭގެ މަސައްކަތް ފެށުމަށްފަހު ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގެ ތެރެއިން ވަނީ އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ، 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އެރަށުގައި ގަސް އިންދަވާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%